
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކުލަބަށް ކުރިޔަށް އޮތީ މުހިންމު މެޗެއް ކަމަށާއި، އެއީ ފައިނަލް މެޗެއް ކަހަލަ ކާމިޔާބުކުރަން ޖެހޭ މެޗެއް ކަމަށް ޓީސީ ސްޕޯޓްސް ކުލަބުގެ ކޯޗު މުޙައްމަދު އާތިފް (އާތީ) ބުނެފިއެވެ. އެ މެޗުގައި ޓީސީ ނިކުންނަން ޖެހޭނީ ޔުނައިޑެޓް ވިކްޓްރީ (ޔޫވީ) އާއި ދެކޮޅަށް އަންނަ ބުރާސްފަތި ދުވަހުގެ ހަވީރެވެ. ލީގުގެ ދެވަނަ ބުރުގައި 18 ޑިސެމްބަރުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން ޓީސީ އެއްވަރުވި މެޗަށްފަހު ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ކޯޗު އާތިފު ބުނީ، އެ މެޗަކީ ހުރިހާ ކުޅުންތެރިން ކުރި ބުރަ މަސައްކަތުގެ ނަތީޖާކަމަށެވެ. އަދި ކުރިޔަށް ހުރި މެޗުތަކުގައިވެސް ޓީސީގެ ކުޅުން ރަނގަޅުވަމުން އަންނާނެ ކަމަށް އުންމީދުކުރެވޭ ކަމަށެވެ.
ލީގުގެ ދެވަނަ ބުރުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން 1-1 ގެ ނަތީޖާއަކުން އެއްވަރު އިޝާރާތް ކުރަމުން، އާތިފް ބުނީ އެ މެޗުގައި ވަރަށް ގިނަ ކަންތައްތައް ދިމާވި ކަމަށެވެ. އެގޮތުން މާޒިޔާގެ ބައެއް ކުޅުންތެރިންނަށް ނުކުޅެވުން ފަދަ ކަންކަން ފާހަގަކުރިއެވެ. އަދި މާޒިޔާގެ މިޑްފީލްޑަރަށް ރަތް ކާޑު ދެއްކުމާއި، އެކި ކަހަލަ ހާލަތްތައް މާޒިޔާއަށް އެ މެޗުގައި ދިމާވިކަން ޓީސީގެ ކޯޗު ފާހަގަކުރިއެވެ. އެ މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އިބްރާހިމް އައިސް ކުރި ނުރައްކާތެރި ފައުލަކަށް ރެފްރީ ރަތްކާޑު ދައްކާ އޭނާ ދަނޑުން ފޮވާލިއެވެ. ޓީމުތަކަށް ކުރިއެރުންތައް އަންނައިރު، ޓީސީގެ ކުރިއަށް ކުރި މެޗުތަކަށް އިޝާރާތް ކުރަމުން އާތިފް ބުނީ ޓީމު ވަރުގަދަވަނީ ހަމައެކަނި ކޯޗާއި ކުޅުންތެރިން ކުރާ މަސައްކަތުން ނޫން ކަމަށެވެ. އޭގެ ބޭރުންވެސް ވަރަށް ގިނަ އެފަޓްތަކެއް ލާންޖެހޭ ކަމަށެވެ.
‘ހަމަ އެކަނި ކޯޗަކު ލާފަހުއްޓަަކަސް އަދި ނުވޭ. ބޭރުން ވަރަށް ގިނަ ސަޕޯޓްތަކެއް ލައިގެން ޓީމުތައް ވަރުގަދަ ވަނީ. ރާއްޖޭގެ ލީގުގައި އޮތް 10 ޓީމަށް ބަލާލާއިރުގަ މިދިޔަ ބުރުގައި އޮތް ޓީމުތަކެއް ނޫން މިހާރު މީ. ވަރުގަދަ ބިދޭސީ ކުޅުންތެރިންނާ އެހެން ކުޅުންތެރިން ގެނެސްފި. އަހަރުމެންވެސް މި ބަލަނީ އަހަރުމެންނަށްވެސް އެ ސަޕޯޓުތައް ލިބޭތޯ’ އާތިފް ބުންޏެވެ. އެ މެޗުން ޓީސީއަށް ޕޮއިންޓެއް ކަށަވަރުވީ އިތުރު ވަގުތުގައި އެޓީމުގެ ނައިޖީރިއާ ފޯވާޑް އިބްރާހިމް ޖިމޯ ގޯލަށް ފޮނުވާލި ބޯޅައެއް ކީޕަރު އަތުގައި ޖެހިފަ ނުކުތުމުން އަހުމަދު މާއިޝް ރަޝީދު ގޯލަށް ވައްދާލައިގެން ކާމިޔާބު ކުރި ލަނޑުންނެވެ. މިއީ ޓީސީން މި ލީގުގައި އެއްވަރުކުރި ތިންވަނަ މެޗެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
