
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ވިމެންސް ކާވާ ކަޕް 2025 ގައި ދިވެހިރާއްޖެ ކުޅުނު 2ވަނަ މެޗުވެސް ފަސޭހަ ކަމާއެކު ކާމިޔާބުކޮށްފިއެވެ. އަފްގާނިސްތާނާއި ބައްދަލުކުރި މިމެޗުގައި ދިވެހި ޓީމުން ވަނީ މުޅި މެޗު ޑޮމިނޭޓްކޮށް ކުޅެ ވަގުތުކޮޅަކަށްވެސް ލީޑުގެއްލުނަނުދީ ސީދާ 3 ސެޓުން މެޗު ކާމިޔާބުކޮށްފައެވެ. މެޗުގެ ފުރަތަމަ ސެޓުގައި ދިވެހި ޓީމުން ފެނިގެންދިޔައީ ވަރަށް ފޯމުގައި މެޗު ފަށާ ބޮޑު ލީޑެއް ނެގި މަންޒަރެވެ. މި ސެޓުގައި ދިވެހި ޓީމުގެ އައިމިނަތު ޝަހާ ވަނީ ޓީމަށް ގިނަ ޕޮއިންޓްތަކެއް ހޯދައިދީފައެވެ. ފުރަތަމަ ސެޓު ދިވެހި ޓީމުން ގެންދިޔައީ 25 – 20 އިންނެވެ.
ދެވަނަ ސެޓަށްވެސް ދިވެހި ޓީމުން ނިކުތީ ޔަގީންކަމާއެކުއެވެ. މި ސެޓުގައި ދިވެހި ޓީމުގެ ސެންޓަރއަށް ކުޅެމުންދިޔަ ނަރީމާ އިދުރީސްގެ ކުޅުން ފާހަގަކޮށްލަން ޖެހެއެވެ. މިސެޓުގައި ދިވެހި ޓީމުން ނެގި ލީޑު މަޑު މަޑުން ފުޅާކުރަމުންގޮސް ސެޓު ކާމިޔާބުކުރީ 25 – 13 އިންނެވެ. ތިން ވަނަ ސެޓުގައި ދިވެހި ޓީމުން ބަދަލުތަކެއް ފެނިގެންދިޔަ ނަމަވެސް ޓީމުގެ ކުޅުމުން މާބޮޑު ބަދަލެއް ފެނިގެންނެއް ނުދެއެވެ. ދިވެހި ޓީމުގެ ކެޕްޓަން ހައްވާ ރާޝިދާ އާއި ވައިސް ކެޕްޓަން ޖޫޒާން މުޅި މެޗުގައިވެސް މޮޅު ކުޅުމެއް ވަނީ ދައްކާފައެވެ. ތިން ވަނަ ސެޓު ދިވެހި ޓީމުން ކާމިޔާބުކުރީ ކުރިން ދެ ސެޓަށްވުރެވެސް ތަފާތު ބޮޑުކޮށެވެ. އެއީ 25 – 12 އިންނެވެ.
ލީގު ބުރުގެ ފަހު މެޗުގައި މާދަމާ ރޭ ދިވެހިރާއްޖެ ނިކުންނާނީ ކިރްގިސްތާނާ ދެކޮޅަށެވެ. ކިރްގިސްތާންވެސް ވަނީ ކުޅުނު ފުރަތަމަ ދެ މެޗު ކާމިޔާބުކޮށްފައެވެ. ލީގުބުރުގެ މެޗުތަކަށްފަހު ސެމީފައިނަލްގައި ވާދަކުރާނީ ލީގު ބުރުގެ އެއްވަނަ ޓީމާ ހަތަރު ވަނަ ޓީމެވެ. އަދި ދެވަނަ ސެމީގައި 2 ވަނަ އަށްދާ ޓީމް ބައްދަލުކުރާނީ 3 ވަނަ ޓީމާއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
