
އޭޝިޔާގައި ވެސް ނޭޝަންސް ލީގު ފަށަން ތައްޔާރުވެއްޖެ އެވެ. އޭޝިއަން ފުޓްބޯޅަ ކޮންފެޑަރޭޝަނުން މި ގޮތަށް ނިންމީ އޭޝިޔާގެ ފުޓްބޯޅައިގެ ފެންވަރު ރަނގަޅު ކުރުމަށާއި ވިޔަފާރީގެ ފައިދާ އިތުރު ކުރުމަށެވެ. ނަމަވެސް މުބާރާތް ފަށާނެ ދުވަހެއް އަދި ނުނިންމަ އެވެ. “އޭއެފްސީ ނޭޝަން ލީގު ވާނީ އޭޝިޔާގެ 47 ގައުމުގެ ކުރިއެރުމަށް އަހަރުމެން ކުރިއަރަން ކުރާ މަސައްކަތުގެ އާ ހަރުފަތަކަށް. . ރޭވުންތެރިކާއެކު ފަށާ މި މުބާރާތުގެ ސަބަބުން އޭޝިޔާގެ ހުރިހާ ގައުމަކަށް ވެސް ކުރިއެރުން އަންނާނެ. އަހަރުމެން އަމާޒަކީ ގަވާއިދުން ބޭއްވޭނެ އަދި ފެންވަރު ރަނގަޅު މެޗުތަކެއް ހޯދައިދިނުން އަދި މިއީ ހަރަދު ކުޑަ، އިންތިޒާމްތަކުގެ މަސައްކަތް ކުޑަ މުބާރާތަކަށް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން،” އޭއެފްސީގެ ޖެނެރަލް ސެކްރެޓަރީ ވިންސާ ޖޯން ވިދާޅުވި އެވެ.
އޭޝިއަން ނޭޝަންސް ލީގު ބާއްވާނީ ފީފާ އިންޓަނޭޝަނަލް ކަލަންޑަރުގައި ކަނޑައަޅާފައިވާ ދުވަސްތަކުގައި މެޗުތައް ކުޅެން ކަމަށް ވެސް ވަނީ ވިސްނާފައި ކަމަށް ޖެނެރަލް ސެކްރެޓަރީ ވިދާޅުވި އެވެ. އޭޝިޔާގެ ގައުމުތައް މި މުބާރާތް ކުޅެން ބަހާލާފައިވަނީ ތިން ގްރޫޕަކަށެވެ. މީގެ ތެރެއިން ދިވެހިރާއްޖެ ހިމެނެނީ އެންމެ ބަލި ގައުމުތައް ހިމެނޭ ތިން ވަނަ ގްރޫޕުގެ އެވެ. ދެކުނު އޭޝިޔާ ނުވަތަ ސާކްގެ ގައުމުތަކުގެ ތެރެއިން އިންޑިޔާ ފިޔަވައި އަނެއް ހަ ގައުމު ވެސް ހިމެނެނީ މި ގްރޫޕުގަ އެވެ. ދެން ހިމެނެނީ ކެމްބޯޑިއާ އާއި ޗައިނީސް ޓައިފޭ ފަދަ ގައުމުތަކެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
