
އެފްއޭއެމް ވުމެންސް ލީގު 2025، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުން މޮޅަކާ އެކު ނިންމާލައިފިއެވެ. ނިއު މެޗު ކާމިޔާބު ކުރީ ޓީސީ ސްޕޯޓްސް ކުލަބާ ވާދަކޮށް 4-0 ލަނޑުންނެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގައި ނިއު އިން ވަނީ މުޅި މެޗު ޑޮމިނޭޓްކޮއްގެން ކުޅެފައެވެ. މެޗުގެ ޓީސީ އަށް ހަމަލާއެއް އުފެއްދިފަ ނުވާއިރު މާ އެދެވޭ ކުޅުމެއް ވެސް ދެއްކިފައެއް ނުވެއެވެ. މެޗުގެ ފުރަތަމަ ލަނޑުޖެހީ ނިއުގެ ކެޕްޓަން ފަދުވާ ޒާހިރު ނަގައިދިން ޖެހުމެއް އޭރިޔާ ތެރޭގައި ހުރެފަ މަރިޔަމް ނޫރާ ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ. ނޫރާ މި ލަނޑު ކާމިޔާބު ކުރީ މެޗުގެ 7 ވަނަ މިނިޓުގައެވެ.
ނިއުގެ ދެވަނަ ލަނޑު ސުމާ މުހައްމަދު ކާމިޔާބު ކުރީ 30 ވަނަ މިނިޓުގައިއެވެ. އޭގެ ފަސް މިނިޓު ފަހުން ސުމާ ވަނީ އޭރިއާތެރެއިން ލިބުނު ބޯޅަ ކީޕަރު ބޯމަތިން ގޯލުގެ ތެރެއަށް ފޮނުވާލާ ނިއުއަށް ތިންވަނަ ލަނޑު ކާމިޔާބުކޮއްދީފައެވެ. ނިއުގެ ހަތަރުވަނަ ލަނޑު ނޫރާ ކާމިބަކުރީ މެޗުގެ 52 ވަނަ މިނިޓުގައި އެވެ. މި މެޗާއެކު ނިއު ލީގު ނިންމާލީ 8 ޕޮއިންޓާއެކެވެ. ނިއު ލީގުގައި ކުޅުނު 5 މެޗުގެ ތެރެއިން 2 މެޗުން މޮޅުވެ 2 މެޗުން އެއްވަރުވި އިރު އެއް މެޗުން ވަނީ ބަލިވެފައެވެ.
About Post Author
މާދަމާ ނިއުސް
ހަމަލާ ދިނީ ސަރުކާރުންނޭ މޭޔަރު ވިދާޅުވި ވާހަކައަކީ ވަރަށް ދަށުދަރަޖައިގެ އިތުރުފުޅެއް: މުންދު
މާލޭގެ މޭޔަރު އާދަމް އާޒިމަށް މުޒާހަރާއެއްގެ ތެރެއިން ބަޔަކު ހަމަލާދިނީ ސަރުކާރުން ރާވައިގެން ކަމަށް އޭނާ ކުރެއްވި ތުހުމަތުތައް ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު...
މީހަކު އާޒިމް ކޮށްޕާލުން: ތަހުގީގަކާ ނުލައި އާޒިމް ނިންމީ އެއީ ސަރުކާރުން ރާވައިގެން ދިން ހަމަލާއެއް ކަމަށް!
މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ބައިވެރިވެވަޑައިގެންނެވި މުޒާހަރާއެއްގެ ތެރެއިން މީހަކު އޭނާއަށް ދިން ހަމަލާއަކީ ސަރުކާރުން ރާވައިގެން ކުރި ކަމެއް ކަމަށް އާޒިމް...
ފުރަތަމަ ކުއާޓަރުގައި ބީއެމްއެލްއިން ބޭރަށް 1.04 ބިލިޔަން ޑޮލަރު ފޮނުވި
މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ރާއްޖެއިން ބޭރަށް 1.04 ބިލިޔަން ޑޮލަރު ފޮނުވާފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ވަނީ ހާމަކޮށްފައެވެ. މި މުއްދަތުގައި ރާއްޖެއަށް...
ބަންކަރިން ޚިދުމަތާއެކު އެސްޓީއޯގެ ވިޔަފާރިއަށްވެސް ކުރިއެރުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އެސްޓީއޯގެ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓުން ދައްކާގޮތުގައި، އެކުންފުނީގެ އާމްދަނީއަށް ލިބުނު ބޮޑު ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ތެލުގެ...
ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީގެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ޕީއެންސީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން...
ދެކުނުގެ ކަނެކްޓިވިޓީ: 1800 ފަސިންޖަރުން ޚިދުމަތް ހޯދާފައިވޭ
މޯލްޑިވިއަނުން ފެށި "ދެކުނު ކަނެކްޓިވިޓީ" މަޝްރޫޢުގެ ދަށުން ފާއިތުވި ދެ މަސްދުވަހުގެ ތެރޭގައި 1،800 އަށްވުރެ ގިނަ ފަސިންޖަރުން ޚިދުމަތް ހޯދާފައިވާކަމަށް އެ އެއާލައިނުން...
