
(ފޮޓޯ ކްރެޑިޓްސް: އައިއޭއެސް)
މާފަރު އިންޓަރނޭޝަނަލް އެއާޕޯޓުގެ މާސްޓަރ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް އައިލެންޑް އެވިއޭޝަން ސަރވިސަސްއިން ވިދާޅުވެއްޖެއެވެ. އެކުންފުނިން މިމަސައްކަތް ކުރަމުންދަނީ ޖަރުމަނުގެ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ. ނ.އަތޮޅު އޮންނަ މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓަކީ ރާއްޖޭގައި ދެވަނައަށް އެންމެ ގިނަ އިންޓަރނޭޝަނަލް އެއަރލައިންތަކަށް ޚިދުމަތް ދެމުން އަންނަ އެއާޕޯޓެވެ. ޕްރައިވެޓް ޖެޓުތައް ޖައްސަމުންދާ އެއް އެއާޕޯޓަކަށް މާފަރު އެއާޕޯޓްވާއިރު، އެއާކްރާފްޓްތަކުގެ ޕާކިންގއަށް އޭޕްރަން ބޮޑުކޮށް މިހާރުވަނީ ހުޅުވާފައެވެ.
މާފަރު އިންޓަރނޭޝަނަލް އެއާޕޯޓު ވަށައިގެން ގިނަ ރިސޯޓުތަކެއް އަންނަނީ ހިންގަމުންނެވެ. އެގޮތުން ނ.އަތޮޅާއި، ރ.އަތޮޅު އަދި ބ.އަތޮޅުގައި 10000އަށްވުރެ ގިނަ އެނދު ފަތުރުވެރިކަމަށްވަނީ ނެރެފައެވެ. އެހެންކަމުން މިއީ އެއާޕޯޓު ތަރައްޤީކުރުމަށް ލިބިގެންދާ ބާރެކެވެ. ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި އައިލެންޑް އޭވިއޭޝަން ސަރވިސަސްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަލީ ސަލީމް ވިދާޅުވީ، މާފަރު އިންޓަރނޭޝަނަލް އެއާޕޯޓަކީ ކުރިމަގުގައި އުޖާލާ އެއާޕޯޓަކަށް ވެގެންދާނެކަމަށެވެ. ސަބަބަކީ އެއާޕޯޓު އޮތް ސަރަޙައްދުގެ ގޮތުން ލިބޭ އެޑްވާންޓޭޖްކަމަށް އޭނާ ވިދާޅުވިއެވެ.
“އެއާޕޯޓު ވަށައިގެން 10000އަށްވުރެ ގިނަ ބެޑްސް އެބަހުރި. އެހެންވީމަ މުސްތަޤުބަލުގައި އެ ރިސޯޓުތަކަށްދާ ފަތުރުވެރިން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ނުގޮސް ސީދާ މިކޮޅަށް ގެނެވޭނެ ގޮތަކަށް މިމަސައްކަތް ކުރަމުންދަނީ.” ސަލީމް ވިދާޅުވިއެވެ.

މާފަރު އިންޓަރނޭޝަނަލް އެއާޕޯޓަށް އެންމެ ބޮޑު ފައިދާއެއްކުރާނެ ފަދަ ގޮތަކަށް މަސައްކަތްތައް ކުރިއަށްގެންދިޔުމަށް މާސްޓަރ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތްވެސް މިހާރު ކުރަމުންދާކަމަށް ސަލީމް ވިދާޅުވިއެވެ. އެގޮތުން ޖަރުމަނުގެ ކުންފުންޏަކާއި ގުޅިގެން މާފަރު އެއާޕޯޓުގެ ތަރައްޤީގެ މާސްޓަރ ޕްލޭން އެކުލަވާލެވުމުން އެއާޕޯޓާއެކު މުޅި އަތޮޅަށާއި ރާއްޖެއަށް އަންނާނެ ކުރިއެރުންތައް އަންދާޒާކުރެވޭނެކަމަށް ސަލީމް ވިދާޅުވިއެވެ. މިހާރުވެސް އެއާޕޯޓުގެ މަސައްކަތްތައް ކުރަމުންދަނީ ތާވަލެއްގެ ދަށުންނެވެ. މިހާރު ބިންގާ އަޅާފައިވާ 2 ފަންގިފިލާގެ އައު ޓަރމިނަލް ޢިމާރާތުގެ މަސައްކަތް 10 މަސް ތެރޭ ނިންމާ އަންނަ އަހަރު ބޭނުންކުރުމަށްވަނީ ކަނޑައަޅާފައެވެ. މީގެއިތުރުން މާފަރަށް އަންނަ ފަތުރުވެރިންނާއި މުވައްޒަފުންނަށް ޚާއްސަ އެއާޕޯޓު ހޮޓަލެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރުމަށްވެސްވަނީ ހަމަޖެހިފައެވެ.
ހަމައެއާއެކު އިންޓަރނޭޝަނަލް އެއަރލައިންތަކާއި މަޝްވަރާކޮށް ސީދާ މާފަރަށް ފްލައިޓުތައް ޖެއްސޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. ހަމައެއާއެކު އައު ޕެސެންޖަރ ޓަރމިނަލަކާއެކު ސީޕްލޭންގެ ޚިދުމަތް ފުޅާކުރުމަށާއި ދާއިމީ ފިއުލް ފެސިލިޓީއެއް ޤާއިމުކުރުމަށްވެސްވަނީ ޕްލޭންކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
