
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މިއަހަރު މިހާތަނަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް 3،800 އަށްވުރެ ގިނަ އެނދު އިތުރުވެފައިވާއިރު، ޖުމްލަ އެނދުގެ އަދަދު މިވަނީ 67،053 އަށް އަރާފައެވެ. މިދިޔަ އަހަރު ނިމުނުއިރު ފަތުރުވެރިކަމަށް 63,248 އެނދު ހުއްޓެވެ.
މިގޮތުން އެންމެ ގިނައިން އެނދު އިތުރުވެފައިވަނީ ގެސްޓްހައުސް ވިޔަފާރިތަކަށެވެ. މިއަހަރުގެ މިހާތަނަށް ގެސްޓްހައުސްތަކުގެ އަދަދު 929 އިން 960 އަށް އިތުރުވެ، ޖުމްލަ 16،610 އެނދު މިހާރު ހިމެނެއެވެ. އަދި މިއަހަރު 6 ރިސޯޓު ހުޅުވިފައިވާއިރު، މިހާރު 178 ރިސޯޓު އަންނަނީ ހިންގަމުންނެވެ. މިކަމުގެ ސަބަބުން ރިސޯޓުތަކުގެ އެނދުގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. މީގެ ތެރޭގައި މެންޑަރިން އޮރިއެންޓަލް މޯލްޑިވްސް، ބަލްގަރީ ރިސޯޓް މޯލްޑިވްސް، ޒަމާނީ އައިލެންޑް، ކޮރިންތިއާ މޯލްޑިވްސް އަދި ނަލަ މޯލްޑިވްސް ހިމެނެއެވެ. މީގެ އިތުރުން 167 ސަފާރީއަކުން 3,322 އެނދާއި، 16 ހޮޓަލަކުން 2,598 އެނދު ވަނީ ފަތުރުވެރިކަމަށް އިތުރުކުރެވިފައެވެ.
ފަތުރުވެރިކަމަށް އެނދު އިތުރުވުމާއެކު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުވެސް ވަނީ ކުރިއަރާފައެވެ. މިއަހަރުގެ މިހާތަނަށް 2,127,705 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 10 އިންސައްތަ އިތުރު އަދަދެކެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރު 2.3 މިލިޔަން ފަތުރުވެރިން ރާއްޖެއަށް ގެނައުމެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
