
(ފޮޓޯ ކްރެޑިޓްސް: އެޗްޑީސީ)
މާލެ އަތޮޅު ތިލަފުށީގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ “ލޯކަލްް ހާބަރ ރިލީފް ޕްރޮޖެކްޓް”ގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ތިލަފުށީގައި ކީވޯލެއް ތަރައްޤީކުރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލައިފިއެވެ. މި މަޝްރޫޢަކީ އެމްޕީއެލްގެ މާސްޓަރޕްލޭންގެ ދަށުން މާލޭގެ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށާއި، ބޮޑެތި އުޅަނދުފަހަރަށްވެސް ބަނދަރުކުރެވޭނެފަދަ ޒަމާނީ ބަނދަރެއް ތަރައްޤީކުރުމުގެ މަޤްސަދުގައި ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. މާލޭގެ ވިޔަފާރި ބަނދަރުން މިހާރު ދަނީ ކެޕޭސިޓީއަށްވުރެ އިތުރަށް ޚިދުމަތް ދެމުންނެވެ. އެގޮތުން މި މައްސަލައަށް ދާއިމިީ ހައްލެއް ހޯދާދިނުމަށް އެމްޕީއެލުން ވަނީ ތިލަފުށީގައި ރާއްޖޭގެ މައި ވިޔަފާރި ބަނދަރެއް ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައެވެ. 250 މިލިޔަން ޑޮލަރުގެ މި މަޝްރޫޢު ކުރިއަށްގެންދަނީ އެކި ފިޔަވައްސަށް ބަހާލައިގެންނެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީީއެސްއެމް ނިއުސް)
މި މަސައްކަތުގެ ދަށުން ތިލަފުށީގައި ހުސް ކޮންޓެއިނަރު ބެހެއްޓުމަށް ހެދި 60 މީޓަރުގެ ކީވޯލްގެ މަސައްކަތް ނިމި، މިހާރު މިވަނީ ތިލަފުށީގައި ވިޔަފާރި ބަނދަރު ތަރައްޤީކުރުމުގެ ޕްރޮޖެކްޓްގައި ހިމެނޭ “ލޯކަލްް ހާބަރ ރިލީފް ޕްރޮޖެކްޓް”ގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ތިލަފުށީގައި 100 މީޓަރުގެ އިންޓަރނޭޝަނަލް ކީ އެއް ޑިޒައިންކޮށް ތަރައްޤީކުރުމާއި، 650 މީޓަރުގެ ޑޮމެސްޓިކް ކީވޯލް އާއި ބޭސިން ޗެނަލްގެ ސަރވޭކޮށް، ޑީޓެއިލްޑް ޑިޒައިން ތައްޔާރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފައެވެ.
ބޭރުގެ ބޯޓު ފަހަރުތަކަށް ހާއްސަ 100 މީޓަރުގެ ކީވޯލެއް
• ތިލަފުށީގައި ތަރައްޤީކުރުމަށް ރާވާފައިވާ 100 މީޓަރުގެ ކީވޯލް އަކީ ރާއްޖޭން ބޭރުން މުދާ ހިފައިގެން އަންނަ ބޮޑެތި ބޯޓު ފަހަރަށް ކައިރިކުރެވޭނެގޮތަށް، ފުންމިނުގައި 14.3 މީޓަރުގައި ހިމެނޭ ކީއެއް.
• އިީ.އޯ.އައި ހުޅުވާލާފައިވަނީ މި ކީގެ ކޮންސްޓްރަކްޝަން، އިންޖިނިއަރިންގ އަދި ޕްރޮކިއުމަންޓް ހިމެނޭ ގޮތަށް.
• މި ކީއަކީ މާލޭ ވިޔަފާރި ބަނދަރުގައި މިހާރު ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ލުއިތަކެއް ހޯދުމަށް ތަރައްޤީކުރާ ކީއެއް.
• މި ކީ ބޭނުންކުރެވެން ފެށުމުން، މާލޭ ވިޔަފާރި ބަނދަރުގެ ބައެއް އޮޕަރޭޝަންސްތައް މި ތަނަށް ބަދަލުކުރެވޭނެ.
• މި ކީ ތަރައްޤީކުރުމުގެ ޕްރޮޖެކްޓަކީ ތިލަފުށީގައި ތަރައްޤީކުރުމަށް ހުށަހަޅާފައިވާ މައި ވިޔަފާރި ބަނދަރުގެ ޕްރޮޖެކްޓްގެ ބައެއް.
650 މީޓަރުގެ ޑޮމެސްޓިކް ކީވޯލް
• މިހާރު ހުޅުވާލާފައިވަނީ ތިލަފުށީގައި 650 މީޓަރުގެ ޑޮމެސްޓިކް ކީއެއްގެ ސާރވޭކޮށް، ޑިޒައިންކުރާން.
• މިއީ މާލެ ކޮމާޝަލް ހާބަރަށް ބޭލޭ މުދާ ޑިސްޓްރިބިއުޓް ކުރުމަށް ހަދާ ކީއެއް.
• މިއީ “ލޯކަލް ހާބަރ ރިލީފް” ޕްރޮޖެކްޓްގެ ދަށުން މާލޭގައި މިހާރު އޮތް މާލޭ ނޯތު ހާބަރ އާއި މާލޭ ސައުތު ވެސްޓް ހާބަރގެ އޮޕަރޭޝަންސްތަކަށް ލުޔެއް ހޯދައިދިނުމަށް ކުރެވޭ މަސައްކަތެއް.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މި މަސައްކަތްތައް ހިންގުމަށް އެމްޕީއެލް އިން ބީލަމަށް ހުޅުވާލާފައިވަނީ ދިވެހި އަދި ބައިނަލްއަޤްވާމީ ކޮންޓްރެކްޓަރުންނަށާއި، ޖޮއިންޓް ވެންޗަރތަކަށެވެ. ލޯކަލް ހާބަރ ރިލީފް ޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ކުރުމަށް ޝައުގުވެރިވާ ފަރާތްތަަކަށް އީއޯއައި ފޯމު ހުށަހެޅުމަށް ހުޅުވާލާފައިވަނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 6ވަނަ ދުވަހުގެ މެންދުރު 14:00އަށެވެ. އަދި މި ސުންގަޑި ހަމަވުމަށް ފަހު ހުށަހަޅާ އެއްވެސް ފޯމެއް ބަލައިނުގަނެވޭނެ ކަމަށް އެމްޕީއެލްއިން ވަނީ ހާމަކޮށްފައެވެ.
ރާއްޖޭގެ މައި ވިޔަފާރި ބަނދަރު ތިލަފުށީގައި ޤާއިމްކުރުމުގެ މަސައްކަތައް ގާތްގަނޑަކަށް 2 އަހަރު ދުވަހުގެ މުއްދަތެއް ނަގާނެ ކަމަށާއި، ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމުގެ ފުރަތަމަ ފިޔަވަހީގެ ހުރިހާ މަސައްކަތްތަކަށް 150 މިލިޔަނެއްހާ ޑޮލަރު ހޭދަވާނެ ކަމަށް އެމްޕީއެލުން ވިދާޅުވެއެވެ. އަދި ވިޔަފާރި ބަނދަރު ތިލަފުށްޓަށް މުޅިން ބަދަލުކުރުމުގެ މަރުޙަލާތައް 10ވަރަކަށް އަހަރަށް ދެމިގެންދާ ކަމަށްވެސް އެމްޕީއެލުން ވިދާޅުވެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
