
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގައި ފިނިމޫސުން ފެށި، އާދަޔާ ޚިލާފަށް ފިިނިހޫނުމިން ދަށަށް ދިޔުމުގެ އިތުރުން، ކާބޯތަކެތި ނުލިބުމުގެ ސަބަބުން ގިނަ އަދަދެއްގެ ތުއްތު ކުދިން މަރުވަމުންދާ ކަން އެހީދޭ ބައިނަލްއަޤްވާމީ ޖަމުޢިއްޔާ، ޑޮކްޓަރސް ވިތުއައުޓް ބޯޑަރސް (އެމްއެސްއެފު)ން ހާމަކޮށްފިއެވެ. އެ ޖަމުޢިއްޔާއިން ބުނީ، އާދަޔާ ޚިލާފަށް ފިނި ގަދަވުމުގެ އިތުރުން ހައިހޫނުގައި ޖެހި ދާދިފަހުން ޣައްޒާއިން 13 މީހުން މަރުވެފައިވާ ކަމުގައެވެ. އޭގެ ތެރޭގައި ދެ ހަފުތާ ފުރިފައިވާ ތުއްތު ކުއްޖަކާއި އެއް މަހުގެ ކުއްޖަކު ހިމެނޭ ކަމުގައި އެ ޖަމުޢިއްޔާއިން ބުންޏެވެ.
ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުން ދިޔަ ޤަތުލުޢާންމު އޮކްޓޫބަރު 10ވަނަ ދުވަހު “ނަމެއްގައި” މެދުކަނޑައިލާފައި އޮތް ނަމަވެސް، ޔަހޫދީން އަދިވެސް ދަނީ ޣައްޒާއަށް ނިރުބަވެރި ޙަމަލާތައް އަމާޒު ކުރަމުންނެވެ. ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމާ ޚިލާފުވުމުގެ އިތުރުން، ޣައްޒާގައި ނިކަމެތި ކޮށްލާފައިވާ 2.2 މިލިޔަނެއްހާ މީހުންނަށް ބޭނުންވާނެ ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެ ސަހަރަށް އެތެރެ ކުރުމަށް ވެސް ޔަހޫދީން ދަނީ ހުރަސް އަޅަމުންނެވެ. އެމްއެސްއެފުން ވަނީ އެ ހުރަސްތައް ވަގުތުން ނައްތައިލުމަށް ޔަހޫދީންނަށް ގޮވައިލާފައެވެ. ޣައްޒާގައި ނޭވާލާ ނިޒާމުގެ ބަލިތައް އިތުރުވަމުންދާ ކަމުގައި ވެސް އެމްއެސްއެފުން އިންޒާރު ކުރިއެވެ.
ޔަހޫދީންގެ ޤަތުލުޢާންމުގައި ޣައްޒާގެ ރައްޔިތުންގެ ގެދޮރު ވަނީ ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައެވެ. އޭގެ ސަބަބުން، ޣައްޒާގެ ގިނަ ރައްޔިތުން މި ވަގުތު ދިރިއުޅެމުން ދަނީ ސަތަރިން ހަދާފައިވާ ފޭލިގެތަކާއި ވަގުތީ ހިޔާތަކުގައެވެ. ޣައްޒާގެ އަލް-ނާޞިރު ހަސްފަތާލުގައި މަސައްކަތް ކުރައްވާ ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރު އަޙްމަދު އަލް-ފަރާ ވިދާޅުވީ، ގަދަ ފިނިން ސަލާމަތްވެވޭނެ އެއްވެސް ގޮތެއް ޣައްޒާގެ ކުޑަކުދިންނާއި ތުއްތު ކުދިންނަށް ނެތް ކަމަށާއި، ‘ހައިޕޮތަރމިޔާ’ ނުވަތަ ހަށިގަނޑުގެ ފިނިހޫނުމިން 35 ޑިގްރީއަށްވުރެ ދަށަށް ވެއްޓުމަކީ ތުއްތު ކުދިންގެ ފުރާނައަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައެވެ. ޣައްޒާގައި ގަދަ ފިނީގެ ސަބަބުން ފުރާނައަށް ނުރައްކާވެފައިވާ ތުއްތު ކުދިންގެ ފުރާނަ ސަލާމަތް ކޮށްދިނުމަށް ވަގުތީ ހިޔަލާއި، ރަޖާ ފަދަ ތަކެތި ފޯރުކޮށްދިނުން އަވަސް ކުރުމަށް އޭނާ ވެސް ވަނީ ޔަހޫދީންނަށް ގޮވައިލައްވާފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
