
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަހޫދީންނަށް ޖާސޫސް ކޮށްދިން ކަމުގެ ކުށުގެ ދަޢުވާ ސާބިތުވި މީހަކަށް އީރާނުން މަރުގެ އަދަބު ދީފިއެވެ. މި ކަން ހާމަކޮށް އީރާނުގެ ޝަރުޢީ ދާއިރާގެ ޚަބަރުތައް ގެނެސްދޭ މީޛާން ނޫހުން ބުނީ، މަރުގެ އަދަބު ދީފައިވާ މީހަކީ ޔަހޫދީންނަށް ޖާސޫސް ކޮށްދިނުމުގެ އިތުރުން، އީރާނުގެ ސަރުކާރާ ދެކޮޅު ގުރޫޕުތަކާ ގުޅުން އޮތް މީހެއް ކަމުގައެވެ. އަދި، އޭނާގެ މައްޗަށް ކުށް ސާބިތުވެފައިވާ ކަމުގައެވެ. މިއީ، ޔަހޫދީންގެ ޖާސޫސީ އިދާރާ، މޮސާޑާ ގުޅުން އޮތް ކަމުގެ ކުށް ސާބިތުވެ، އީރާނުން މީހަކަށް މަރުގެ އަދަބު ދިން ފުރަތަމަ ފަހަރެއް ނޫނެވެ. އީރާނާ ދެކޮޅުވެރިކަމުގެ ކުށްތައް ހިންގުމާއި، އީރާނަށް އަމާޒުކޮށް ޔަހޫދީން ދެމުންދާ ޙަމަލާތަކުގައި އެ މީހުން ބައިވެރިވެ، އެއްބާރުލުން ދެމުންދާ ކަމުގައި އީރާނުން ތުހުމަތު ކުރެއެވެ. އެ ކުށުގެ ދަޢުވާ ސާބިތުވެ، ފާއިތުވި މަސްތަކުގެ ތެރޭގައި އީރާނުން އިތުރު ބަޔަކަށް މަރުގެ އަދަބު ދީފައިވެއެވެ.
އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުން ދަނީ މަރުގެ އަދަބާ ދެކޮޅަށް އަޑު އުފުލަމުންނެވެ. އަދި، އީރާނުގައި މަރުގެ އަދަބު ތަންފީޒު ކުރަމުންދާތީ އެ ކަން ކުށްވެރި ކުރަމުންނެވެ. އީރާން ހިޔުމަން ރައިޓްސްގެ ނަން ދީފައިވާ ޖަމުޢިއްޔާއަކުން ބުނީ، ޑިސެންބަރު 20ވަނަ ދުވަހު އީރާނުން މަރުގެ އަދަބު ދީފައި ވަނީ 27 އަހަރުގެ ފިރިހެނަކަށް ކަމުގައެވެ. އީރާނުގެ މަޞްދަރުތަކުން ބުނީ، ޔަހޫދީންނަށް ޖާސޫސް ކޮށްދިން ކަމުގެ ކުށަށް އެ މީހާ އިޢުތިރާފުވެފައިވާ ކަމުގައެވެ.
މުސްލިމުންގެ ބިންތަކަށް ވެރިވެގަނެ، މެދުއިރުމަތީގައި އޮތް އިސްލާމީ ޤައުމުތަކާ ދެކޮޅަށް ޔަހޫދީން ދަނީ ލާއިންސާނީ ޖަރީމާތައް ހިންގަމުންނެވެ. އަދި، ޕްރޮކްސީ ޖަމާޢަތްތައް ބޭނުން ކޮށްގެން އީރާނުން ޔަހޫދީންނާ ދެކޮޅަށް ހަނގުރާމައެއް ކުރަމުންދާ ކަމުގައި ޔަހޫދީންގެ މަދަދުގާރުން ކަމުގައިވާ ހުޅަނގުގެ ބާރުތަކުން ތުހުމަތު ކުރެއެވެ. ޖޫން މަހުގެ ތެރޭގައި ޔަހޫދީން ވަނީ އީރާނަށް ނިރުބަވެރި ޙަމަލާތަކެއްދީ، ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އެ ޙަމަލާތައް ދިނުމުގައި ޖާސޫސުންގެ ގޮތުގައި އީރާނުގެ ރައްޔިތުން އެހީތެރިކަން ފޯރުކޮށްދީ، ދައުލަތަށް ޚިޔާނަތްތެރިވެފައިވާ ކަމުގައި އީރާނުގެ ސަރުކާރުން ތުހުމަތު ކުރެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
