
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް މިޔަންމާގެ އަސްކަރީ ސަރުކާރުން ހިންގަމުންދާ ޤަތުލުޢާންމުގެ މައްސަލައިގެ އަޑުއެހުންތައް ޖަނަވަރީ މަހު ފެށުމަށް އިންސާފާ ބެހޭ ބައިނަލްއަޤްވާމީ ކޯޓު (އައިސީޖޭ)ން ތާވަލުކޮށްފިއެވެ. އެކުވެރި ދައުލަތްތައް (އދ)ގެ އެންމެ މަތީ ކޯޓު ކަމުގައިވާ އައިސީޖޭން ބުނީ، އެ މައްސަލައިގެ އަޑުއެހުންތައް ޖަނަވަރީ 12ން ފެށިގެން 29އާ ހަމައަށް ކުރިއަށް ގެންދިޔުމަށް ތާވާލު ކޮށްފައިވާ ކަމުގައެވެ. މިއީ، ފާއިތުވި ދަހަރެއްހާ ދުވަހުގެ ތެރޭގައި ޤަތުލުޢާންމެއްގެ މައްސަލައިގެ އަޑުއެހުންތައް އައިސީޖޭން ކުރިއަށް ގެންދާ ފުރަތަމަ ފަހަރެވެ. މިޔަންމާގައި ދިރިއުޅޭ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް އެ ޤައުމުގެ އަސްކަރީ ސަރުކާރުން ހިންގަމުންދާ ޤަތުލުޢާންމުގެ މައްސަލަ އައިސީޖޭއަށް ހުށަހެޅީ ގެމްބިޔާއިންނެވެ. އެފްރިކާ ބައްރުގެ ހުޅަނގުގައި އޮތް މުސްލިމުންގެ އާބާދީ ބޮޑު ގެމްބިޔާއިން އައިސީޖޭއަށް މައްސަލަ ހުށަހަޅާފައި ވަނީ އިސްލާމީ ޤައުމުތަކުގެ އިއްތިޙާދު (އޯއައިސީ)ގެ ފުރިހަމަ ތާޢީދާ އެކުގައެވެ. 2019ވަނަ އަހަރު ހުށަހަޅާފައިވާ މައްސަލައަށް ހުޅަނގުގެ ބާރުތައް ކަމުގައިވާ އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، ޖަރުމަނުވިލާތް އަދި ކެނެޑާއިން ވެސް ވަނީ ތާޢީދު ކޮށްފައެވެ.
އައިސީޖޭން ބުނީ، ގެމްބިޔާއިން ހުށަހަޅާފައިވާ މައްސަލައަށް ވަކާލާތު ކުރުމުގެ ފުރުޞަތު ޖަނަވަރީ 12ން 15ށް އެ ޤައުމަށް ލިބިގެންދާނެ ކަމުގައެވެ. އަދި، ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ޤަތުލުޢާންމެއް ހިންގަމުންދާ ކަމުގެ ތުހުމަތުތައް ދޮގު ކުރަމުންދާ މިޔަންމާއަށް، ޖަނަވަރީ 16ން 20ށް، އެ ޤައުމުގެ ދިފާޢު ހުށަހެޅުމުގެ ފުރުޞަތު ލިބިދެވޭނެ ކަމުގައެވެ. މީގެ އިތުރުން، ހެކިންގެ ހެކި ބަސް ނެގުމަށް ތިން ދުވަހުގެ މުއްދަތެއް ކަނޑައެޅުމަށް ވެސް އައިސީޖޭން ވަނީ ނިންމާފައެވެ. ނަމަވެސް، އެ އަޑުއެހުންތައް ކުރިއަށް ދާނީ ސިއްރު ކޮށްގެންނެވެ.
ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް މިޔަންމާގެ އަސްކަރީ ސަރުކާރުން ޤަތުލުޢާންމެއްގެ ކުށްތައް ހިންގާފައިވާ ކަމުގައި އދގެ މިޝަނަކުން ވެސް މީގެ ކުރިން އޮތީ ކަނޑައަޅާފައެވެ. އެއީ، 2017ވަނަ އަހަރު ރޮހިންޔާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ހިންގި ލާއިންސާނީ ޖަރީމާތަކުގެ ތެރެއިންނެވެ. އެ ޖަރީމާތަކުން ސަލާމަތްވުމަށް ރޮހިންޔާއިންގެ 730,000ށްވުރެ ގިނަ މީހުން އަވައްޓެރި ބަންގްލަދޭޝަށް ހިޖުރަކުރިއެވެ. އަދި، މިހާރު ވެސް ހިންގަމުންދާ ހަމަނުޖެހުންތަކުން ސަލާމަތްވުމަށް އިތުރު މީހުން ބަންގްލަދޭޝަށް ހިޖުރަ ކުރަމުންދާއިރު، އެ ޤައުމުގައި ތިބި ރޮހިންޔާ ރެފިއުޖީންގެ އަދަދު ވަނީ މިލިޔަނަކަށް ވުރެ މައްޗަށް އުފުލިފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
