
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މުޅި ރާއްޖެއަށް ކުޅިވަރުތައް ފުޅާކޮށް ބައިނަލްއަގްވާމީ މުބާރާތްތައް ރާއްޖެއަށް ގެނެސް ކުޅިވަރުގެ ދާއިރާއިން އިތުރު ހަރުފަތަކަށް އެތުލީޓުން ގެންގޮސް ދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވިސްނުފުޅުކަމަށާއި ކުޅިވަރު ވުޒާރާއާއި އެސޯސިއޭޝަންތައް ގުޅިގެން މަސައްކަތް ކުރަނީ އެމަގަށް ކަމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް ވިދާޅުވެއްޖެއެވެ. މިއަހަރު ރާއްޖޭގައި ބާއްވާ ބައިނަލްއަގްވާމީ ފަހު މުބާރާތް ކަމަށްވާ “ސެންޓަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަންގެ ވިމެންސް ކާވާކަޕް 2025 ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޠަލާލް ވިދާޅުވީ މިއީ ކުޅިވަރާއި ހަށިހެޔޮކަމާއިބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވަރަށް ބޮޑަށް އިސްކަން ދެއްވާ ކަމެއް ކަމަށެވެ. އަދި ބައިނަލްއަގްވާމީ މިފަދަ މުބާރާތްތައް ރާއްޖޭގައި ބޭއްވޭކަމީ ލިބޭ ޝަރަފަކާއި އުފަލެއް ކަމަށެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ރާއްޖޭގެ ގައުމީ ސީނިއާ އަންހެން ވޮލީ ޓީމަށް އިޝާރާތް ކުރައްވާ ޠަލާލް ވިދާޅުވީ މި މުބާރާތަކީ ރާއްޖެއަށް ރަން މެޑަލް ހޯދައިދޭނެ މުބާރާތްކަމަށް އުންމީދު ކުރައްވާ ކަމަށާއި، ދިވެހި ޓީމަށް ފުރިހަމަ ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ހުރިހާ ޓީމުތަކުންވެސް ކުޅިވަރުގެ އަހްލާގު ހިފަހައްޓާ ކުޅިވަރު ރޫހާއެކު ކުޅެ ކާމިޔާބު މުބާރާތްތަކަށް މި މުބާރާތް ހައްދަވައިދެއްވުމަށް އިލްތިމާސް ކުރެއްވިއެވެ. މީގެ އިތުރުން މި މުބާރާތަކީ ސެންޓަރަލް އޭޝިއާ ސަރަހައްދުގައި ރާއްޖެއާއި އެހެން ގައުމުތަކުގެ ގުޅުން ކުޅިވަރުގެ ދާއިރާއިންނާއި އެހެނިހެން ގޮތްގޮތުން ބަދަހިވެ އެކުވެރިކަން އާލާކުރުމަށް ލިބޭ ފުރުސަތެއްކަން ފާހަގަކުރެއްވިއެވެ.
ރާއްޖެއަކީ ކުޅިވަރަށް އަދި ވަކިން ހާއްސަކޮށް އަންހެނުން ބާރުވެރިކުރުމާއި ޒުވާނުންގެ ތަރައްޤީއަށް ސަރުކާރުން މުހިންމު އިސްކަމެއް ދެއްވާ ގައުމެއްކަން ކާވާ މުބާރާތުންވެސް ފާހަގަކުރެވިގެންދާނެ ކަމަށް ޠަލާލް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ސަރުކާރުގެ އަމާޒަކީ ކުރިޔަށް އޮތްތަނުގައިވެސް ބައިނަލްއަގްވާމީ ގިނަ މުބާރާތްތައް ރާއްޖެ ގެނެސް ރާއްޖޭގެ އެތުލީޓުން އެހެން ގައުމުތަކުގެ ފެންވަރު ރަނގަޅު އެތުލީޓުންނާއި ވާދަކުރުމުގެ ފުރުސަތު އިތުރުކޮށްދިނުން ކަމަށް ފާހަގަކުރެއްވިއެވެ. ކުޅިވަރަށް ސަރުކާރުން ދެއްވާ އަހަންމިއްޔަތު ސްޕޯޓްސް ކޮމިޝަނަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއިރު އަންނަ މަހުން ފެށިގެން ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް އިންޝިއުރެންސް ހަމަޖެހިގެންދާނެއެވެ. އަދި މީގެ ކުރިން ގައުމީ އަންހެން ޓީމުތަކަށް މުސާރަ ނުދޭ ގޮތަށް އޮތް އޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ ބަދަލުކުރައްވާ ހުރިހާ ކުޅިވަރެއް އެއްހަމަ ކުރައްވާފައެވެ. އަދި ދެ ޖިންސުގެ ކުޅުންތެރިންގެ އިނާޔަތްތައްވެސް އެއް ހަމަ ކުރައްވާފައެވެ. އެގޮތުން ނިމިގެން މިދާ 2025 ވަނަ އަހަރުގެ މެދެއްހާ ހިސާބުން ފެށިގެން ގައުމީ ޓީމުތަކުގެ މެދުގައި ތަފާތުކުރުމެއް ނެތި ހުރިހާ އެތުލީޓުންނާއި އޮފިޝަލުންގެ މުސާރަތައް ވަނީ 7000 ރުފިޔާއަށް ބޮޑު ކޮށްދެއްވާފައެވެ.
އަދި ވޮލީއަށް ހާއްސަކޮށް އެކި ސަރަހައްދުތަކުގައި އައުޓްޑޯ ކޯޓުތައް ޤާއިމު ކުރުމާއި، ވޮލީ ކުޅުންތެރިންގެ ކުރިއެރުމަށް ބައިނަލްއަގްވާމީ ތަމްރީނާއި ތަޖުރިބާގެ ފުރުސަތުތައް ފަހިކޮށްދީފައިވެއެވެ. އެގޮތުން މިއަހަރު ވަނީ ޗައިނާއަށް ފޮނުވައިގެން ވޮލީގެ ޓެކްނިކަލް ސްޓާފުން ތަމްރީނުކުރުމަށް ހާއްސަ ޕްރޮގްރާމެއްވެސް ކުރިޔަށް ގެންދަވާފައެވެ. ޠަލާލްގެ ވާހަކަފުޅު ނިންމަވާލެއްވީ ކާވާ މުބާރާތުން ރާއްޖެއަށް ރަންވަނަ ގެނެސްދިނުމުގެ ވަރުގަދަ އަޒުމުގައި ތިބި ގައުމީ އަންހެން ޓީމަށް ހިތްވަރު ދެއްވަމުންނެވެ. އަދި ވޮލީބޯޅަ އެސޯސިއޭޝަނުން މިފަދަ މުބާރާތެއް ރާއްޖޭގައި ބޭއްވުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވާތީ އެކަމަށް އެސޯސިއޭޝަނަށް ޝުކުރުދަންނަވަމުންނެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
