
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސްް)
ވުމެންސް ކާވާ ކަޕް 2025 ގައި ދިވެހި ރާއްޖެ ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށް ދިވެހި ޓީމުން ރަން މެޑަލްއަށް ކުރާ އުއްމީދު ދައްކާލައިފިއެވެ. ސޯޝަލް ސެންޓަރުގެ ތެރޭ ހޯލުގައި ރޭ ފެށި މުބާރާތުގައި ދިވެހިރާއްޖޭގެ އަންހެން ޤައުމީ ވޮލީ ޓީމު ފުރަތަމަ މެޗުގައި ނިކުތީ އަވައްޓެރި ބަންގްލަދޭޝް އާއި ދެކޮޅަށެވެ. މިމެޗުގައި ދިވެހި ޓީމުން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މެޗު ފަށައިގެން ފުރަތަމަ ސެޓުގެ ކުރީ ކޮޅު ބަންގްލަދޭޝް އިން ވަނީ ރާއްޖެ އާއި ވަރަށް ގާތުން ސްކޯކޮށް ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެހެންނަމަވެސް ސެޓުގެ މެދަކާ ހިސާބުން ދިވެހި ޓީމުން ވަނީ މަޑުމަޑުން ތަފާތު ދައްކާ ލީޑު ފުޅާކޮށްފައެވެ. ފުރަތަމަ ސެޓު ދިވެހި ޓީމުން ކާމިޔާބުކުރީ 25 – 18 އިންނެވެ.
ދެވަނަ ސެޓު ފަށައިގެން ބަންގްލަދޭޝްއިން ލީޑު ނެގިނަމަވެސް މާގިނަ އިރުތަކެއް ނުވެ ދިވެހި ޓީމުން ވަނީ މިސެޓުގެ ސްކޯވެސް އަނބުރާލާފައެވެ. ދެވަނަ ސެޓު ދިވެހި ޓީމުން ކާމިޔާބުކުރީ 25 – 12 އިންނެވެ. މިމެޗުގެ ދިވެހި ޓީމުން މޮޅު ކުޅުމެއް ދެއްކި އިރު މުޅި މެޗުގައިވެސް ދިވެހި ޓީމުގެ ކެޕްޓަން ހައްވާ ރާޝިދާގެ ކުޅުން ފާހަގަކޮށްލަން ޖެހެއެވެ. ތިން ވަނަ ސެޓު ފަށައިގެންވެސް ލީޑު ނެގީ ދިވެހި ޓީމުންނެވެ. އަދި މި ލީޑު މުޅި ސެޓުގައިވެސް ހިފަހައްޓާ ތިން ވަނަ ސެޓު ދިވެހި ޓީމުން ކާމިޔާބުކުރީ 25 – 16 އިންނެވެ.
ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކުރަންޖެހޭ ގޮތަށް ކުރިއަށްދާ މިމުބާރާތުގައި ރާއްޖެއިން މާދަމާ ނިކުންނާނީ އަފްޣާނިސްތާނާއި ދެކޮޅަށެވެ. މިމެޗު ފެށުމަށް ހަމަަޖެހިފައި ވަނީ ރޭގަނޑު 8:40 ގައެވެ. 22 ވަނަ ދުވަހުގެ ރޭ ދިވެހި ޓީމް ބައްދަލުކުރާނީ ކިރިގިސްތާނާއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
