
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދިވެހިރާއްޖެއިން ހޯސްކުރާ ވުމެންސް ކާވާ ކަޕް 2025 ކުދަގަދަ ރަސްމިއްޔާތަކަށް ފަހު ފަށައިފިއެވެ. މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސްޕޯޓްސް ކޮމިޝަނަރ މުޙައްމަދު ޠަލާލެވެ. މި މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ކާވާގެ ރައީސް އަދި ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަނުގެ ރައީސް މުޙައްމަދު ލަތީފާއި، ކާވާގެ ގައުމުތަކުގެ ވޮލީ އެސޯސިއޭޝަންތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ބައިވެރިންނާ މުހާތަބު ކުރެއްވުމަށްފަހު ސްޕޯޓްސް ކޮމިޝަނަރ ވަނީ މުބާރާތުގެ ޓްރޮފީ އިފުތިތާހުކޮށްދެއްވާފައެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ޒުވާނުންގެ މަރުކަޒުގައި މުބާރާތް ހުޅުވާ ރަސްމިއްޔާތު ބޭއްވުމަށްފަހު އެންމެ ފުރަތަމަ މެޗުގައި މިރޭ ނިކުތީ ދިވެހިރާއްޖެ އާއި ބަނގްލަދޭޝްއެވެ. ރާއްޖޭގެ ގައުމީ ޓީމަށް ސަޕޯޓުކުރުމަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ޒުވާނުންގެ މަރުކަޒަށް ޖަމާވެފައެވެ. އެންމެ ފަހުން ބޭއްވި ކާވާ އަންހެން މުބާރާތުން ރާއްޖެ ވަނީ ފައިނަލާ ހަމައަށް ދަތުރުކޮށް މުބާރާތުގެ ދެވަނަ ހޯދާފައެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މިއަހަރުގެ މުބާރާތުގައި ވާދަކުރާ ގައުމުތަކަކީ ދިވެހިރާއްޖެ، ބަނގްލަދޭޝް، އަފްޣާނިސްތާން، ކިރްގިސްތާނެވެ. މުބާރާތުގައި ވާދަކުރާ ޓީމުތަކަށް ހޫނު މަރުހަބާއެއް ކިޔާފައިވާއިރު، މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ސްޕޯޓްސް ކޮމިޝަނަރ ވަނީ ހުރިހާ ޓީމުތަކަށް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ. އަދި މި މުބާރާތް ރާއްޖޭގައި ބޭއްވުމަކީ ލިބޭ ޝަރަފަކާއި އުފަލެއްކަން ފާހަގަ ކުރައްވާ މިފަދަ ބައިނަލްއަގްވާމީ މުބާރާތްތައް ބޭއްވުމަށް ސަރުކާރާއި ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު ދެއްވާ ހާއްސަ އަހަނމިއްޔަތުކަންވެސް ވަނީ ފާހަގަކުރައްވާފައެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އަންހެނުން ބާރުވެރިކުރުވުމާއި ޒުވާނުންގެ ތަރައްޤީީއަށް މި ސަރުކާރުން ދެއްވާ އިސްކަން މި މުބާރާތުން ފެނިގެންދާ ކަމަށާއި، އުންމީދަކީ މި މުބާރާތުގެ ސަބަބުން ސަރަހައްދީ އެއްބާރުލުން އިތުރުވެގެންދާނެ މުބާރާތަކަށް މިމުބާރާތްވުން ކަމަށްވެސް ކޮމިޝަނަރ ވަނީ ފާހަގަކުރައްވާފައެވެ. އަދި މުބާރާތުގެ ހުރިހާ މެޗެއްގައިވެސް ކުޅިވަރުގެ އަހުލާގާއި ޕްރޮފެޝަނަލިޒަމް ދަމަހައްޓާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ޠަލާލް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
