
މާތް ﷲ ދުނިޔޭގައި މީސްތަކުންނަށް ނިޢުމަތްތައް ދެއްވަނީ އެކި މިންވަރަށެވެ. އެއީ އެކަލާނގެ ޙިކްމަތްތެރި ރޭއްވެވުމެވެ. މިކަން ޤަބޫލުކޮށް ހެޔޮގޮތުގައި ދިރިއުޅުމަށް މަސައްކަތްކުރާ މީހާއަށް ބަރަކާތް ލިބެއެވެ. ނަމަވެސް އެކަމާ ނުރުހި، އެހެން މީހުންނަށް ލިބިފައިވާ ނިޢުމަތްތައް ފިލައިދިއުމަށް އެދޭ މީހާއަކީ ނުރައްކާތެރި ބައްޔެއް ކަމަށްވާ ޙަސަދައިގެ ތެރެއަށް ވެއްޓިފައިވާ މީހެކެވެ. ޙަސަދައަކީ ހިތުގެ ބައްޔެކެވެ. މާތް ﷲ އަށް އުރެދުމުގެ ފުރަތަމަ ފާފަ އުޑުތަކުގައްޔާއި ބިމުގައިވެސް ފެށުނީ ޙަސަދައިގެ ސަބަބުންނެވެ. އެކަލާނގެ ރަސޫލާ މުޙައްމަދު ﷺ ވަނީ ޙަސަދައިގެ ނުބައިކަމުން އިންޒާރުދެއްވާފައެވެ.
ޙަސަދަވެރިކަމުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބެނީ ޚުދު ޙަސަދަވެރިޔާއަށެވެ. އެހެން މީހުންނަށް ލިބިފައިވާ ނިޢުމަތްތައް ފެނުމުން އޭނާގެ ހިތް ހަމަޖެހުމެއް ނުލިބެއެވެ. އެއްވެސް މީހަކަށް ﷲ ގެ ނިޢުމަތެއް ލިބިއްޖެނަމަ، އެ ނިޢުމަތަށް ޙަސަދަވެރިވާނެ މީހަކު ހުންނާނެ ކަމަށް ޢުމަރު ބިން އަލްޚައްޠާބު ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. ޙަސަދަވެރިޔާއަށް ނިޢުމަތް ފިލައިގެން ދިއުން މެނުވީ ރުހުމެއް ނުލިބޭނެއެވެ.
ޙަސަދައިގެ ޢަލާމާތްތަކުގެ ތެރޭގައި ތިބާގެ ކުރިމަތީގައި ތަޢުރީފުކޮށް ގާތްވެ، ނެތްތަނުގައި ޣީބަބުނެ، މުޞީބާތެއް ޖެހުމުން އުފާކުރުން ހިމެނެއެވެ. އަދި ކުލަވަރު ބަދަލުވުމާއި، ސަލާމްކުރުން ސިއްރުކުރުމާއި، ތިބާއަށް ފުރަގަސްދިނުން ފަދަ ކަންކަންވެސް ފެނިދާނެއެވެ. ދުނިޔެއަށް ލޯބިކުރުމާއި، މީހުންގެ ތެރޭގައި މަތީ މަޤާމު ހޯދަން ބޭނުންވުމާއި، ނަފްސުގެ ނުބައިކަމަކީ ޙަސަދަ އުފައްދާ ބައެއް ކަންކަމެވެ. ވީމާ، މިފަދަ ނުބައި ސިފަތަކުން ދުރުހެލިވެ، ޙަސަދައިގެ ނުރައްކާތެރި ބަލިން ސަލާމަތްވެ، އަޅުގަނޑުމެންގެ ހިތްތައް ޙަސަދައާއި ރުޅިވެރިކަމުން ޠާހިރުކުރުމަށް މަސައްކަތްކުރަމާ ހިނގާށެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
