
ޒިނޭއަކީ ދީންވެރިކަން ކުޑަވުމާއި، ވަރަޢަވެރިކަން ގެއްލިދިއުމާއި، މުރުއަތްތެރިކަން ފަސާދަވެ، ޣީރަތްތެރިކަން ނެތިދާ ނުބައިކަމެކެވެ. ޒިނޭކުރާ މީހެއްގެ ކިބައިގައި ވަފާތެރިކަމާއި، ތެދުވެރިކަމާއި، ރަޙުމަތްތެރިންނަށް ރައްކާތެރިވުމެއް އަދި ޢާއިލާއަށްޓަކައި އޮންނަންޖެހޭ ފުރިހަމަ ޣީރަތްތެރިކަމެއް ނުހުންނާނެއެވެ. އެކަމުގެ ސަބަބުން މަކަރުވެރިކަމާއި، ދޮގުހެދުމާއި، ޚިޔާނާތްތެރިކަމާއި، ލަދުކުޑަކަމާއި، ﷲ އަށް ބިރުވެތިނުވުން ލާޒިމުވެއެވެ. ޒިނޭގެ ސަބަބުން ކުރިމަތިވާ ގެއްލުންތައް ގިނަގުނައެވެ. އޭގެ ތެރޭގައި، ޒިނޭކުރާ މީހާގެ މޫނުމަތި އަނދިރިވެ، ހިތް އަނދިރިވެ، ހިތާއި މޫނުމަތީގެ ނޫރު ފޮހެވިގެން ދެއެވެ. ދާއިމީ ފަޤީރުކަމުގައި ޖެހި، މާތް ﷲގެ ޙަޟްރަތުގައްޔާއި މީސްތަކުންގެ ކުރިމަތީގައި އޭނާގެ އަގުވެއްޓި، ޙުރުމަތް ގެއްލެއެވެ. ޢިއްފަތްތެރިކަމާއި ހެޔޮލަފާކަން ފަދަ ރިވެތި ސިފަތައް އޭނާގެ ކިބައިން ނެތިގޮސް، ފާޖިރު، ފާސިޤު، ޒާނީ، ޚިޔާނާތްތެރިޔާ ފަދަ ނުބައި ނަންތައް ދެވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވާ ފަދައިން، ޒިނޭކުރާ މީހާ ޒިނޭކުރާ ހިނދު ފުރިހަމަ މުއުމިނެއް ކަމުގައި ނުވާނެތީ، އޭނާގެ ފުރިހަމަ އީމާންކަން ގެއްލެއެވެ.
ޒިނޭކުރާ މީހާ އާޚިރަތުގައި ނަރަކައިގެ ޢަޛާބު ލިބޭ މީހުންގެ ތެރޭގައި ހިމެނުމަށް އަމިއްލަ ނަފްސު ހުށަހެޅުމުގެ އިތުރުން، ޢަދްނު ޖަންނަތުގެ ރީތި ގަނޑުވަރުތަކުގައި ޙޫރުލްޢީނުންގެ އަރާމުން މަޙްރޫމުވެއެވެ. މާތް ﷲ ސިފަކުރައްވާފައިވާ ޢިއްފަތްތެރިންގެ ރިވެތި ސިފައާ ވަކިވެ، ނުބައި އަންހެނުން ނުބައި ފިރިހެނުންނަށް ލިބޭ ފަދައިން، ނުބައި ސިފައަކަށް ބަދަލުވެއެވެ. ޒިނޭގެ ސަބަބުން ހިތުގައި ބިރުވެރިކަމާއި ނުތަނަވަސްކަން އުފެދި، މޫނުމަތިންވެސް އެކަން ފެންނަށް ހުރެއެވެ. އާއިލާއާއި ރައްޓެހިންނާއި އެހެނިހެން މީހުންގެ ހިތްތަކުގައި އޭނާއަށް އޮންނަ ހައިބަތު ގެއްލި، މީހުން އޭނާއާމެދު ދެކޭނީ ޚިޔާނާތްތެރިއެއްގެ ގޮތުގައެވެ. އަދި އޭނާގެ ގަޔާއި އަނގައިން ހިތްދުއްވާ ނުބައި ވަހެއް ދުވާނެއެވެ.
ޒިނޭކުރާ މީހާއަކީ ހިތްދަތިވެފައިވާ މީހެކެވެ. އެހެނީ އޭނާއަށް ލިބެނީ އެދޭކަންތަކާ އިދިކޮޅެވެ. ޙަރާމް ގޮތުގައި އުފާ ހޯދަން މަސައްކަތްކުރާ މީހާއަށް ﷲ ތަޢާލާ ޢުޤޫބާތް ދެއްވަނީ އޭނާގެ މަޤްޞަދާ އިދިކޮޅަށެވެ. މިއީ ރަޙިމުގެ ގުޅުން ކެނޑުމާއި، މައިންބަފައިންނަށް ނުކިޔަމަންތެރިވުމާއި، ޙަރާމް ގޮތުގައި މުދާ ހޯދުމާއި، މީހުންނަށް އަނިޔާވެރިވުމާއި، އަނބިދަރިންނަށް އިހުމާލުވުމަށް މަގުފަހިކުރުވާ ކަމެކެވެ. ބައެއް ފަހަރު ނުޙައްޤުން މީހެއްގެ ލޭ އޮހޮރުވާލުމަށް ނުވަތަ ސިޙުރު ހެދުމާއި ޝިރުކު ކުރުން ފަދަ ބޮޑެތި ފާފަތަކަށްވެސް ޒިނޭގެ ސަބަބުން ލަސްވެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
