
ނަބިއްޔާ ﷺ އެކަލޭގެފާނުގެ އަޞްޙާބުންނާ ސުވާލުކުރެއްވީ ބަނގުރޫޓުވެފައިވާ މީހަކީ ކާކުތޯއެވެ. އެބޭކަލުން ދުނިޔަވީ ނަޒަރަކުން ޖަވާބު ދެއްވީ، މުދަލާއި ފައިސާ ނެތް މީހާ ކަމަށެވެ. ނަމަވެސް ނަބިއްޔާ ﷺ ޙަޤީޤީ ބަނގުރޫޓުވުން ބަޔާންކޮށްދެއްވީ، ޤިޔާމަތް ދުވަހުގައި ނަމާދާއި ރޯދަ އަދި ޒަކާތް ފަދަ ހެޔޮ ޢަމަލުތަކާއެކު އަންނަ މީހާ ކަމުގައެވެ. އެހެންނަމަވެސް، ދުނިޔޭގައި އުޅުނުއިރު އެމީހާ ވަނީ އެހެން މީހުންނަށް އެއްޗެހި ގޮވައި، ޒިނޭގެ ތުހުމަތު އަޅުވައި، މުދާ ކައި، ލޭ އޮހޮރުވައި، އަނިޔާކޮށްފައެވެ. މިގޮތުން، އޭނާގެ ހެޔޮކަންތައްތައް އޭނާ އަނިޔާކުރި މީހުންނަށް ދެވި، ހެޔޮކަންތައް ހުސްވެއްޖެނަމަ، އެމީހުންގެ ފާފަތައް އޭނާގެ ބޮލުގައި އެޅި، ނަރަކައަށް އެއްލައިލެވޭނެއެވެ.
މި ޙަޤީޤީ ބަނގުރޫޓަކީ، ހެޔޮ ޢަމަލުތަކުގެ ޘަވާބުން މަޙްރޫމުވެ، ސުވަރުގެ ނުލިބުމެވެ. އަނިޔާވެރިވުމުގެ ސަބަބުން މީހާގެ ބުރަ މަސައްކަތުން ހޯދި އަޅުކަންތަކުގެ ޘަވާބު ބޭކާރުވެ، ދުނިޔޭގައި އެންމެ ނަފްރަތުކުރި މީހުންނަށް ވެސް އެ ޘަވާބު ދޭންޖެހޭނެއެވެ. ޤިޔާމަތް ދުވަހުން، އެހެން މީހުންނަށް ކުރެވުނު ކުޑަވެސް އަނިޔާއަކަށް، ދީނާރަކުން ނުވަތަ ދިރުހަމަކުން ބަދަލު ނުދެވޭނެއެވެ. ބަދަލު ދެވޭނީ ހަމައެކަނި ހެޔޮކަންތަކުންނެވެ. ވުމާއެކު، ޙަޤީޤީ ބަނގުރޫޓަކީ އާޚިރަތުގައި އެހެން މީހުންގެ ޙައްޤުތަކަށް އަރައިގަނެ އަނިޔާވެރިވުމުގެ ސަބަބުން ހެޔޮކަންތައްތައް ގެއްލި، ފާފަތައް ބޮލުގައި އެޅި ނަރަކައަށް ދާންޖެހޭ މީހާއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
