
(ފޮޓޯ ކްރެޑިޓްސް: މިހާރު)
ސިވިލް ކޯޓުން ކިންގްސް ކެޕިޓަލް ކުންފުންޏާއި އޭގެ ހިއްސާދާރުން ކަމަށްވާ އަލްހާން ފަހުމީ އަދި އޭނާގެ ކޮއްކޮ ޝަހުބާން ފަހުމީގެ މައްޗަށް 587,466ރ. ދައްކަން ހުކުމް ކޮށްފި އެވެ. މި ހުކުމް ކޮށްފައިވަނީ، އެ ކުންފުނިން ހިންގި ސްކީމެއްގައި ބައިވެރިވެ، އިންވެސްޓްކުރި ފައިސާއާއި ލިބެންޖެހޭ ފައިދާ ނުލިބިގެން ދައުވާކުރި ފަރާތަކަށް ބަދަލު ދިނުމަށެވެ. އެ މީހުން ކޯޓަށް ހާޒިރުނުވުމުން ހުކުމް އިއްވީ ޣައިރު ހާޒިރުގަ އެވެ.
ކިންގްސް ކެޕިޓަލްއާ ގުޅިގެން މީގެ ކުރިން އަލްހާނާއި އެ ކުންފުނީގެ ޑިރެކްޓަރުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައި، ފައިސާ ލޯންޑާކުރުމާއި އޮޅުވައިލުމުގެ 13 ދައުވާއެއް ކްރިމިނަލް ކޯޓަށް ހުށަހެޅުނެވެ. ނަމަވެސް ގެއްލުން ލިބުނު ފަރާތްތަކަށް ބަދަލު ދައްކާ، އެ މީހުން ދައުވާ ކުރިއަށް ގެންދަން ބޭނުންނުވާ ކަމަށް ބުނުމުން، ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ވަނީ އެ ދައުވާތައް އަނބުރާ ގެންގޮސްފަ އެވެ.
ފުލުހުންގެ ތަހުގީގަށް އެނގުނު ގޮތުގައި، ކިންގްސް ކެޕިޓަލް ހޯލްޑިންގްސްއިން އޮންލައިން ޓްރޭޑިންގެ ނަމުގައި 1,864 މީހެއްގެ އަތުން 98 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނަގައިފައިވެ އެވެ. އޭގެ ތެރެއިން 65 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަދިވެސް ނުދެއްކި އެބަހުއްޓެވެ. މި ފައިސާގެ ތެރެއިން ބައެއް ކްރިޕްޓޯ ކަރަންސީ މުއާމަލާތްތަކަށް ބޭނުންކޮށްފައިވާއިރު، އަނެއް ބައި ކުންފުނީގެ ހިއްސާދާރުންގެ އަމިއްލަ އެކައުންޓްތަކަށް ޖަމާކޮށް އަމިއްލަ ކަންކަމަށް ބޭނުންކޮށްފައިވާކަން ވެސް ތަހުގީގަށް ވަނީ ހާމަވެފަ އެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީ ޗެއަރޕާސަން އިންތިޚާބު ރައީސް ނަޝީދު ކާމިޔާބުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އެމްޑީޕީ) އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބޭއްވި އިންތިޚާބު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކާމިޔާބު ކުރައްވައިފިއެވެ. ތިން ކެންޑިޑޭޓުން ވާދަކުރެއްވި މި...
އެމެރިކާއިން ވޯލްޑް ކަޕް ފެށީ ބޮޑު މޮޅަކުން
ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އެމެރިކާއިން 4-1 ގެ ނަތީޖާއަކުން ޕެރަގުއާއީ ބަލިކޮށް، މުބާރާތުގެ ފެށުން ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ލަނޑުތައް ކާމިޔާބުކުރީ ފްލޮރިއަން...
ޕޯޗުގަލް ތައްޓަށް ވާދަކުރާނެތަ؟ ރޮނާލްޑޯގެ ޖަވާބެއް ނެތް!
ޕޯޗުގަލް ޓީމުގައި މޮޅު ކުޅުންތެރިން ތިބި ނަމަވެސް، ވޯލްޑް ކަޕް ކާމިޔާބު ކުރެވޭނެ ކަމަށް ބުނަން އަދި އަވަސް ކަމަށް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ...
އަހަރެން އެދުނީ އަވަހަށް ފިލާވަޅު ދަސްކުރަން: ކެނެޑާ ކޯޗު
ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ކެނެޑާގެ ފަރާތުން ފެނުނު ކުޅުމާ މެދު ހިތްހަމަނުޖެހި، އެ ހާފުން ލިބުނު ފިލާވަޅުތަކުން ދަސްކޮށްގެން ދެވަނަ...
ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.05 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މީރާގެ ތަފާސްހިސާބުތަކުން...
