
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ ފްލެޓުތަކުގެ ކުއްޔާއި ޑިޕޮޒިޓަށް ބަދަލު ގެނެސްފިއެވެ. އެފްޑީސީގެ ފްލެޓުތަކުގެ ބޮޑު ކުއްޔާއި ޑިޕޮސިޓްގެ ސަބަބުން ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސްއާ ހިއްސާކުރެވުމުން، ރައީސް ވަނީ އަގުތައް ކުޑަކުރައްވާނެކަމަށް ވިދާޅުވެފައެވެ.
އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބު ހާމަކުރެއްވި ގޮތުގައި، އަމާން ދޯދި އަދި އަމާން އުދަރެސްގެ 3 ކޮޓަރީގެ ފްލެޓުތަކަށް ކުރިން މަހަކު 10,500 ރުފިޔާ ކުލި އަދި 25,000 ރުފިޔާ ޑިޕޮޒިޓް ދައްކަން ޖެހުނުއިރު، މިހާރު މަހު ކުލި 8,500 ރުފިޔާއާއި މެއިންޓަނަންސް ފީ 1,500 ރުފިޔާ ހިމެނޭހެން ޖުމްލަ 10,000 ރުފިޔާ ދައްކަން ޖެހެއެވެ. ސެކިއުރިޓީ ޑިޕޮޒިޓްގެ ގޮތުގައި ދައްކަން ޖެހޭނީ 8,500 ރުފިޔާއެވެ. އަދި 2 ކޮޓަރީގެ ފްލެޓުތަކަށް ކުރިން މަހަކު 8,000 ރުފިޔާ ކުލި އަދި 15,000 ރުފިޔާ ޑިޕޮޒިޓް ދައްކަން ޖެހުނުއިރު، މިހާރު މަހު ކުލި 6,000 ރުފިޔާއާއި މެއިންޓަނަންސް ފީ 1,000 ރުފިޔާ ހިމެނޭހެން ޖުމްލަ 7,000 ރުފިޔާ ދައްކަން ޖެހެއެވެ. ސެކިއުރިޓީ ޑިޕޮޒިޓްގެ ގޮތުގައި ދައްކަން ޖެހޭނީ 6,000 ރުފިޔާއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ހިޔާ ފްލެޓުތަކާއި ވިނަރެސް ފްލެޓުތަކާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކަށް ޖުމްލަ ހައްލެއް ހޯއްދަވައިދެއްވާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ އަދި ވިނަރެސް ފްލެޓުތަކުގެ ދިރިއުޅޭ ފަރާތްތަކަށް ލުއިގޮތްތަކެއް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރައްވަމުންދާކަމަށްވެސް އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
