
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ބައިވެރިވާ 15 ކުންފުންޏަކުން 2.05 ބިލިޔަން ރުފިޔާގެ ފައިދާއެއް ލިބިފައިވާކަމަށް އެ ކުންފުނިތަކުގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ. ފުރަތަމަ ކުއާޓަރުގައި ވަނީ ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ބައިވެރިވާ ކުންފުނިތަކަށް 13.29 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ. މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ ދައުލަތުގެ 12 ކުންފުންޏަކުށް 281 މިލިޔަންގެ ރުފިޔާގެ ގެއްލުން ރެކޯޑްކޮށްފައިވީނަމަވެސް، މުޅި އެސް.އޯ.އީ ސެކްޓަރުގެ ސާފު ފައިދާގެ ގޮތުގައި 1.76 ބިލިޔަން ރުފިޔާ ރިކޯޑު ކުރެވިފައިވާކަމަށެވެ. މި ކުއާޓަރުގައިވެސް، ގެއްލުން ރިކޯޑުކޮށްފައިވާ ގިނަ ކުންފުނިތަކަކީ ރައްޔިތުންނަށް ހެޔޮ އަގުގައި އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތައްކަން މާލީ ވުޒާރާއިން ވިދާޅުވެއެވެ.
ޕީސީބީން ޢާއްމުކުރާ މާލީ ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާއި އަޅާބަލާއިރު އާމްދަނީ %9 ދަށްވެފައިވީނަމަވެސް، ކުންފުނިތަކުގެ ސާފު ފައިދާވަނީ %10 އިތުރުވެފައެވެ. މިއީ ކުންފުނިތަކުގެ އާމްދަނީ ދަށްވިނަމަވެސް، ކުންފުނިތަކުގެ ޚަރަދުތައް ރަނގަޅަށް މެނޭޖްކުރެވި، ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށާއި، ޚަރަދު ކުޑަކުރުމަށް ކުރެވެމުންދާ މަސައްކަތްތައް ކާމިޔާބު ވަމުންދާކަމަށް އަންގައިދޭ ކަމެއްކަން ޕީސީބީން ހާމަކުރެއެވެ. ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ބައިވެރިވާ ކުންފުނިތަކުގެ ތެރެއިން 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެންމެ ރަނގަޅު އާމްދަނީއެއް ހޯދާފައިވަނީ، 4.02 ބިލިޔަންގެ އާމްދަނީއަކާއެކު، ސްޓޭޓް ޓްރޭޑިންގް އޯގައިޒޭޝަން (އެސް.ޓީ.އޯ) އިންނެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާއި އަޅާބަލާއިރު، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އާމްދަނީގެ އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވަނީ %42 ކުރިއެރުމަކާއެކު، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމް.އައި.ބީ) އިންނެވެ.
2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެންމެ ބޮޑު ފައިދާއެއް ހާސިލްކޮށްފައިވަނީ މޯލްޑިވްސް އެއަރޕޯޓސް ކޮންޕެނީ ލޓޑ (އެމް.އޭ.ސީ.އެލް) އިންނެވެ. މި ކުއާޓަރުގައި އެމް.އޭ.ސީ.އެލްއަށް ސާފު ފައިދާގެ ގޮތުގައި، 572 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. މި ކުއާޓަރުގައި އެންމެ ބޮޑު ގެއްލުމެއް ރިކޯޑް ކޮށްފައިވަނީ 113 މިލިޔަން ރުފިޔާގެ ގެއްލުމަކާއެކު ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރ.ޑީ.ސީ) އިންނެވެ.
މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާއި އަޅާބަލާއިރު، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ފައިދާގެ އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވަނީ %190 ގެ ކުރިއެރުމަކާއެކު ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަނުންނެވެ. އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެޗް.ޑީ.ސީއަށް 268.49 މިލިޔަން ރުފިޔާގެ ފައިދާއެއް ލިބިފައިވެއެވެ. ޕީ.ސީ.ބީގެ 2024 ވަނަ އަހަރުގެ ސެކްޓަރ ރިޕޯޓުގައި އެޗް.ޑީ.ސީއަށް ލިބިފައިވާ މާލީ ގެއްލުމުގެ އަދަދަކީ 2023 އަދި 2024 ވަނަ އަހަރުގެ އޮޑިޓް ނިމުމުގެ ކުރިން، ކުންފުނިން ފޯރުކޮށްދީފައިވާ ޕްރޮވިޝަނަލް އަދަދުތަކަށް ބިނާކޮށް ހިމެނިފައިވާ އަދަދެކެވެ. އެޗް.ޑީ.ސީގެ 2023 ގެ އޮޑިޓް ފައިނަލްވިއިރު، 2024 ގެ މާލީ އަދަދުތަކަށް އަސަރުކުރާ ބައެއްކަންކަން ހިނގާފައިވާތީ، އެ ކުންފުނީގެ 2024 ވަނަ އަހަރުގެ މާލީ ހިސާބުތައް ބަލާއިރު އެޗްޑީސީއަށް ފައިދާވާނެކަމަށް ލަފާކުރާކަމަށް ޕީސީބީން ހާމަކުރެއެވެ.
2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި، ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ބައިވެރިވާ ކުންފުނިތަކުގެ ޖުމްލަ ހަރު މުދަލުގެ އަގަކީ 205.24 ބިލިޔަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %10 އިތުރުވުމެކެވެ. އަދި ހަމަ މި މުއްދަތުގައި ކުންފުނިތަކުގެ ދަރަނި %7 އިތުރުވެފައިވެއެވެ. ކުންފުނިތަކުގެ ދަރަނި އިތުރުވެފައިވާ މިންވަރަށްވުރެން ބޮޑަށް، އެސެޓް ނުވަތަ ހަރުމުދާ އިތުރުވެފައިވުމުން، ކުންފުނިތައް ފުޅާވެ ކުރިއެރުމަށް، ދަރަންޏަށް ބަރޯސާވުން ދަށްވެފައިވާކަން ޕީސީބީއިން ހާމަކުރެއެވެ.
2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ކުންފުނިތަކުގެ ލިކިއުޑިޓީ ޕޮޒިޝަނަށްބަލާއިރު، މާލީ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތައް ނުހިމަނައި %60 ކުންފުނިތަކުގެ ކަރަންޓް ރޭޝިއޯ އެންމެ އެދެވޭ މިންގަނޑުގައި ހިފެހެއްޓިފައިވާކަން ޕީސީބީގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން ކުންފުނިތަކުގެ ލެވެރަޖްއަށް ބަލާއިރު، މާލީ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތައް ނުހިމަނައި، %60 ކުންފުނިތަކަކީ ދަރަންޏަށް ބަރޯސާނުވެ ނުވަތަ ދަރަނީގެ މިންވަރު އެދެވޭ މިންގަޑެއްގައި ދައްކޮށް ހިފަހައްޓައިގެން ކުންފުނީގެ މުއާމަލާތްތަކަށް ފައިސާ ހޯދައި މެނޭޖްކުރަމުންދާ ކުންފުނިތަކެކެވެ. އަދި ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން %25 ކުންފުންޏަކީ އެއްވެސް ވަރަކަށް ދަރަނި ނަގާފައިނުވާ ކުންފުނިތަކެއްކަންވެސް ޕީސީބީއިން ފާހަގަކޮށްފައިވެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
