
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އަމިއްލަ ފަރުދުން ގެންނަ މުދަލަށް އަމިއްލައަށް ޑެކްލަރޭޝަން ހުށަހެޅޭ ގޮތަށް ކަސްޓަމްސްގެ ޚިދުމަތްތައް ބަދަލުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ވިދާޅުވެއްޖެއެވެ. ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުން ހިންގަމުންދާ ތަންފީޒީ އިދާރާތަކުން ކުރަމުން އަންނަ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް އެ ވުޒާރާގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ ވަނީ ކަސްޓަމްސް ޚިދުމަތް ލުއިފަސޭހަކޮށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ގެންނަ ބަދަލުތައް ހިއްސާކުރައްވާފައެވެ. އޭނާ ވިދާޅުވީ މިވަގުތު ގެންނަން ނިންމަވާފައިވާ އެއް ބަދަލަކީ، އަމިއްލަ ފަރުދުން ގެންނަ މުދަލުގެ ތެރެއިން ޑިއުޓީ ދައްކަން ޖެހޭ މުދަލަށް ޑެކްލަރޭޝަން އަމިއްލައަށް ހުށަހެޅޭ ގޮތަށް ހެދުން ކަމަށެވެ.
މިހާރު އަމިއްލަ ފަރުދުންގެ މުދަލަށް އަމިއްލައަށް ޑެކްލަރޭޝަން ހުށަހެޅޭނެ ގޮތެއް ނޯންނަ ކަމަށާއި، މިކަމުގެ ސަބުން ޚިދުމަތް ދިނުމަށް ގިނަ ވަގުތު ހޭދަވާ ކަމަށް ދިޔާނާ ވިދާޅުވިއެވެ. ނަމަވެސް މިގެނެވޭ ބަދަލާއެކު ކަސްޓަމްސް ޕޯޓަލް މެދުވެރިކޮށް ޑެކްލަރޭޝަން ހުށަހެޅޭނެ ގޮތަށް އިންތިޒާމުތައް ހަމަޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިޚިދުމަތް ފަށާނީ ދެ މަރުހަލާއަކަށް ބަހާލައިގެން ކަމަށާއި އަންނަ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހު ޚިދުމަތް ބޭނުން ކުރަން ފެށުމަށް މިހާރު ތައްޔާރު ވަމުން އަންނަ ކަމަށްވެސް ދިޔާނާ ވިދާޅުވިއެވެ. “މިޚިދުމަތް ތަޢާރަފު ކުރުމަށް ނިންމާފައިވަނީ 2 މަރުހަލާ އަކަށް ބަހާލައިގެން. ފުރަތަމަ މިތަޢާރަފް ކުރެވޭނީ ރާއްޖެ އަންނަ ފަތުރުވެރިންނަށް، އަމިއްލަ ފަރުދުން އޯޑަރު ކޮށްގެން ގެންނަ ތަކެތީގެ ތެރެއިން ޑިއުޓީ ދައްކަންޖެހޭ ކްލިޔަރ ކުރުމަށް 2026 ގެ ފުރަތަމަ ކުއަޓާގައި މިޑެކްލަރޭޝަން ބޭނުންކުރަން ފެށޭނެ. މިޚިދުމަތާ ގުޅޭ އިތުރު މަޢުލޫމާތު ކަސްޓަމްސް އިން އާންމު ކުރާނެ ” ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ ވިދާޅުވިއެވެ.
ކަސްޓަމްސްއިން ވިދާޅުވީ މި ޚިދުމަތަކީ ކަސްޓަމްސްއިން ދެމުން އަންނަ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް މޯލްޑިވްސް 2.0 ސިޔާސަތުގެ ދަށުން އެއިދާރާގެ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް ލުއިފަސޭހަ ކޮށްދިނުމަށް ގެންނަ ބަދަލެއް ކަމަށެވެ. ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތުގެ ދަށުން، ރާއްޖެއަށް މުދާ އިމްޕޯޓްކޮށް އެކްސްޕޯޓްކުރާ ފަރާތްތަކަށް ފަސޭހަކަމާއެކު އެއް ޕްލެޓްފޯމަކުން ޚިދުމަތް ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ ނެޝަނަލް ސިންގަލް ވިންޑޯ “ޓްރޭޑިއަން” ރަސްމީކޮށް ބޭނުންކުރަން ފަށާފައިވަނީ މިއަހަރުގެ އެޕްރީލްމަހުގެ 20ވަނަ ދުވަހުއެވެ. ޓްރޭޑިއަން ޕޯޓަލް ބޭނުން ކުރަން ފެށުމާއެކު ކަސްޓަމްސްއިން ދެމުން އަންނަ އިމްޕޯޓް އެކްސްޕޯޓާއި ގުޅުންހުރި ޚިދުމަތްތައް މިހާރު އެޕޯޓަލްއަށް ބަދަލުކޮށް އެ ޕޯޓަލް މެދުވެރިކޮށް ދަނީ ފޯރުކޮށްދެމުންނެވެ.
ސަރުކާރުން ވަނީ ރާއްޖެއަށް މުދާ އެތެރެކޮށް ބޭރުކުރުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯއްދަވައި ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ވައިގެ މަގުން ގެންނަ މުދާ 24 ގަޑިއިރު ކްލިއަރ ކުރެވޭނެ ގޮތަށް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
