
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ސަލާމަތީ ފިޔަވަޅުތައް އަނެއްކާވެސް ވަރުގަދަކޮށް، ސިފައިންނާއި ފުލުހުން މަގުތަކަށް ނެރެފިއެވެ. ޑާކާގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައި މި ވަނީ، އެ ޤައުމުގެ ޒުވާނުން ތަމްސީލުކުރާ އިސް މީހަކަށް ޙަމަލާދީ، މަރައިލި ހާދިސާއާ ގުޅިގެން، ޑާކާގެ އިތުރު ބޮޑެތި އެހެން ރަށްތަކުގައި ހަމަނުޖެހުން ހިންގަން ފަށާފައިވާ ދަނޑިވަޅެއްގައެވެ. ބަޑީގެ ޙަމަލާއެއްދީ މަރައިލާފައިވާ ޝަރީފް އުޘްމާން ހާދީއަކީ، ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާގެ ސަރުކާރު ވެއްޓުމުގައި މެދުވެރިވި ޒުވާނުންގެ މުޒާހަރާގައި އިސް ދައުރެއް އަދާކޮށްފައިވާ މީހެކެވެ.
ޙަސީނާގެ ސަރުކާރު ވެއްޓިފައި ވަނީ 2024ވަނަ އަހަރުގެ އޮގަސްޓު މަހުއެވެ. ސަބަބަކަށްވީ، އޭނާގެ ސަރުކާރާ ދެކޮޅަށް ޒުވާނުން އިސްވެ، ބިޔަ މުޒާހަރާތަކެއް ކުރުމެވެ. އަދި، މުޒާހަރާތައް ކޮންޓުރޯލު ކުރުމުގެ ނަމުގައި ފުލުހުން ނެރެ، މުޒާހަރާގެ ބައިވެރިންނަށް ޙަމަލާ ދިނުމެވެ. އެ ހަމަނުޖެހުންގަނޑުގެ ތެރެއިން 1,400ށްވުރެ ގިނަ މީހުންގެ ފުރާނަ ގެއްލުނެވެ. އެ މުޒާހަރާތައް އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި އެކަކު ކަމުގައިވާ 32 އަހަރުގެ ހާދީ މަރައިލާފައި ވަނީ، ކުރިއަށް އޮތް ޢާންމު އިންތިޚާބުގައި ވާދަކުރުމަށް އޭނާގެ ކެމްޕޭން އިޢުލާނު ކުރުމަށް ބޭއްވި ހަފުލާގައެވެ. އޭނާ މަރުވީ، ސިންގަޕޫރަށް ގެންގޮސް އިތުރު ފަރުވާ ދެމުން ދަނިކޮށެވެ. ބަންގްލަދޭޝްގައި ޢާންމު އިންތިޚާބު ބޭއްވުމަށް ތާވަލު ކޮށްފައި ވަނީ ފެބުރުވަރީ މަހުުގެ 12ވަނަ ދުވަހުއެވެ. އެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު ޙަސީނާގެ އަވާމީ ލީގު ޕާޓީއަކަށް ނޯންނާނެއެވެ.
ބަންގްލަދޭޝަކީ 175 މިލިޔަން މީހުންގެ އާބާދީއެއް އޮތް ޤައުމެކެވެ. ޙަސީނާގެ ވެރިކަން ވެއްޓުނު ފަހުން އެ ޤައުމުގައި މި ވަގުތު ވެރިކަން ކުރަމުން ދަނީ ވަގުތީ ސަރުކާރަކުންނެވެ. އެ ސަރުކާރުގެ އިސް މުޝީރަކީ ނޮބެލް އިނާމު ހާސިލު ކުރައްވާފައިވާ މުޙައްމަދު ޔޫނުސެވެ. ހާދީ މަރައިލުމާ ގުޅިގެން ޑާކާގައި އަލުން ހަމަނުޖެހުން ހިންގަން ފެށުމާއެކު ޔޫނުސްގެ ސަރުކާރުން ވަނީ ހަމަޖެހުން އިސްކުރުމަށް ޢާންމު ރައްޔިތުންނަށް ގޮވައިލާފައެވެ. އަދި، އެކި ސަރަޙައްދުތަކުގައި ހިންގަމުންދާ ހަމަނުޖެހުންތައް ހުއްޓުވުމަށް ފިޔަވަޅުތައް އަޅަން ފަށާފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
