
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޣައްޒާގައި ހަނގުރާމަ ހުއްޓައިލުމާ ގުޅޭ އެއްބަސްވުމާ ޚިލާފަށް ޔަހޫދީން ތަކުރާރުކޮށް ޢަމަލުކުރުމަކީ ޞުލްޙަ ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތަށް ހުރަސްއެޅޭ ކަމެއް ކަމަށް ޤަޠަރުގެ ބޮޑުވަޒީރު ޝައިޚް މުަޙައްމަދު ބިން އަބްދުއްރަޙްމާން އައްޘާނީ ވިދާޅުވެއްޖެއެވެ. ޤަޠަރުގެ ބޮޑުވަޒީރު އެހެން ވިދާޅުވީ އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯއާ ބައްދަލުކުރައްވައި، ޞުލްޙައިގެ އެއްބަސްވުމުގެ ދެވަނަ މަރުހަލާ ތަންފީޒު ކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަ ދެއްކެވުމަށް ފަހުގައެވެ. އެއްބަސްވުމުގެ ދެވަނަ މަރުހަލާ ތަންފީޒުކުރުން ލަސްވާ ވަރަކަށް، އަދި އެއްބަސްވުމާ ޚިލާފަށް ޣައްޒާއަށް އަދިވެސް ޙަމަލާ ދެމުންދާ ނަމަ ޞުލްޙަ ޤައިމުކުރުމުގެ މަރުހަލާ އިތުރަށް އުނދަގޫވެ ދާއިމީ ގޮތެއްގައި ޞުލްޙަ ޤާއިމްކުރުމަށް ހުރަސްއެޅޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ 10ވަނަ ދުވަހު ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުމަށް ޢަމަލުކުރަން ފެށި ފަހުން އެތައް ސަތޭކަ ފަހަރެއްގެ މަތިން ޔަހޫދީން އެއްބަސްވުމާ ޚިލާފަށް ޣައްޒާއަށް ޙަމަލާ ދީފައިވެއެވެ. ގާތްގަނޑަކަށް 730 ފަހަރު މަތިން ދިން ދީފައިވާ ޙަމަލާތަކުގައި ޣައްޒާގެ 394 ރައްޔިތުން ޝަހީދުވެ 1،075 މީހުންނަށް ޒަޚަމްވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. ޤަޠަރުގެ ބޮޑުވަޒީރު ވިދާޅުވީ ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް އެއްވެސް ޝަރުތަކާ ނުލައި ވަގުތުންވަގުތަށް ފުރުޞަތު ދޭން ޖެހޭ ކަމަށެވެ. އަދި ޣައްޒާގެ ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ސާމާނު ފޯރުކޮޮށްދިނުމަށް ޔަހޫދީން ހުރަސްއެޅުން އެމެރިކާއިން ހުއްޓުވަން ޖެހޭ ކަމަށް ވެސް ޤަޠަރުގެ ބޮޑުވަޒީރު ވިދާޅުވެފައިވެއެވެ.
ރޫބިޔޯއާ ބައްދަލުކުރައްވައި ޣައްޒާގެ ކަންކަން ބެލެހެއްޓުމަށް ބައިނަލްއަޤްވާމީ ފައުޖެއް އެކުލަވާލުމާ ގުޅޭ ގޮތުންވެސް މަޝްވަރާ ކުރެއްވިކަމަށް އައްޘާނީ ވިދާޅުވެފައިވެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
