
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔޫކްރެއިންގެ 2026 އަދި 2027ވަނަ އަހަރުގެ ދިފާޢީ އަދި ބަޖެޓުގެ ބޭނުންތަކަށް 90 ބިލިޔަން ޔޫރޯ ލޯނުގެ ގޮތުގައި އެ ޤައުމަށް ދިނުމަށް ވިލާތުގެ އިއްތިޙާދުން ނިންމައިފިއެވެ. ވިލާތުގެ އިއްތިޙާދުން އެ ނިންމުން ނިންމާފައި ވަނީ މެންބަރު ޤައުމުތަކުގެ މެދުގައި ގިނަ ވަގުތުތަކަކަށް ދެމިގެންދިޔަ މަޝްވަރާއެއް ކުރުމަށް ފަހުގައެވެ. މީގެ ކުރިން ރާވާފައި އޮތީ ވިލާތުގެ އިއްތިޙާދުގައި ހިފަހައްޓާފައިވާ ރަޝިޔާގެ މުދަލުން ޔޫކްރެއިނަށް އެ ފައިސާ ފޯރުކޮށްދިނުމަށް ނަމަވެސް، އެ އިއްތިޙާދުން މިހާރު އެއްބަސްވެފައި ވަނީ ރަޝިޔާގެ މުދަލުގައި ނުޖެހި، އޭގެ ބަދަލުގައި އެ އިއްތިޙާދުން ލޯނެއް ނަގައި، އެ ފައިސާ ޔޫކްރެއިނަށް ފޯރުކޮށްދިނުމަށެވެ.
ރަޝިޔާގެ މުދަލުން ޔޫކްރެއިންއަށް ފައިސާ ފޯރުކޮށްދިނުމާ އެންމެ ބޮޑަށް ދެކޮޅު ހެދީ ބެލްޖިއަމުންނެވެ. ރަޝިޔާގެ އެންމެ ގިނަ ޢަދަދަކަށް ރަޝިޔާގެ މުދާ ހިފަހައްޓާފައި ހުރީ އެ ޤައުމުގައެވެ. ނަމަވެސް ރަޝިޔާގެ މުދާ ބޭނުންކުރުމުން ނިކުމެދާނެ ޤާނޫނީ އަދި މާލީ މައްސަލަތަކާ މެދު އެ ޤައުމުން ކަންބޮޑުވެއެވެ. ވިލާތުގެ އިއްތިޙާދުގެ ވެރިން ވަނީ ޔޫކްރެއިންއަށް މާލީ އެހީތެރިކަން ފޯރުުކޮށްދިނުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް ބުނެފައެވެ. ޔޫކްރެއިންގެ ފައިސާ ހުސްވެ ދިފާޢީ މަސައްކަތްތަކަށް އެދެވޭ ގޮތަކަށް ޚަރަދު ނުކުރެވޭ ނަމަ އެ ޤައުމުގެ މައްޗަށް ރަޝިޔާއިން ކުރި ހޯދާނެ ކަމަށް ޤައުމުތަކުން ޤަބޫލުކުރެއެވެ.
ލޯނެއް ނަގައި ޔޫކްރެއިންއަށް ފައިސާ ފޯރުކޮށްދޭން ނިންމާފައިވާ ނަމަވެސް ހިފަހައްޓާފައިވާ ރަޝިޔާގެ މުދަލާމެދު ގޮތެއް ނިންމައި އެ ފައިސާ ބޭނުންކޮށްގެން ލޯން ދޫކުރުމާ ގުޅޭ ގޮތުން އަދިވެސް މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ޤައުމުތަކުގެ ލީޑަރުން އެއްބަސްވެފައިވެއެވެ. ރަޝިޔާއާއި ޔޫކްރެއިންއާ ދެމެދު ކުރަމުންދާ ހަނގުރާމައިގައި ޔޫކްރެއިންއަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ރަޝިޔާއިން ނުދޭހާ ހިނދަކު ވިލާތުގެ އިއްތިޙާދުގައި ހިފަހައްޓާފައިވާ ރަޝިޔާގެ 210 ބިލިޔަން ޔޫރޯ ދޫ ނުކުރާނެ ކަމަށް އެ އިއްތިޙާދުން ބުނެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
