
ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ކޮންޓްރެކްޓް އާ ކުރާނީ ދެ ކަމަކަށް ބަލާފައި ކަމަށް ބުނެފި އެވެ. ޖަރުމަނުގެ ކޯޗު މި ގޮތަށް ނިންމީ އޭނާގެ ކޮންޓްރެކްޓް 2028 ވަނަ އަހަރާ ހަމައަށް އިތުރު ކުރަން ބާސެލޯނާއިން ހުށަހެޅުމުންނެވެ. ކުލަބުގެ ރައީސް ޖޯން ލަޕޯޓާ އާއި ފުޓްބޯޅަ ޑައިރެކްޓަރު ޑެކޯ ވަނީ ހުސްވި ހަފުތާގައި ކޯޗާ ބައްދަލުކޮށް ކޮންޓްރެކްޓާ ގުޅޭ ގޮތުން މަޝްވަރާކޮށްފަ އެވެ. ހުސްވި ސީޒަނުގައި ބާސެލޯނާއާ ގުޅުނު ކޯޗު ކުލަބާއެކު ހަދާފައިވާ ކޮންޓްރެކްޓް އަންނަ ސީޒަނުގެ ނިޔަލަށް ހަމަވާނެ އެވެ.
ސްޕޭނުގެ ނޫސްތަކުން ބުނާ ގޮތުގައި ފްލިކް ކޮންޓްރެކްޓް އާ ކުރަން ބަލާނެ ފުރަތަމަ ކަމަކީ މި ސީޒަނުގެ ނަތީޖާތަކެވެ. ދެ ވަނަ ކަމަކީ އަންނަ ސީޒަނަށް ތައްޔާރުވާން ބާސެލޯނާގެ ތައްޔާރީތަކެވެ. މިހެންވެ އޭނާ ކޮންޓްރެކްޓާމެދު ގޮތެއް ނިންމާނީ މި ސީޒަން ނިމުމުންނެވެ. ޖަރުމަނުގެ ބަޔާން މިއުނިކާއި އެ ގައުމުގެ ގައުމީ ޓީމަށް ވެސް ކުރިން ކޯޗުކޮށްދިން ފްލިކް ވަނީ އޭނާގެ ފުރަތަމަ ސީޒަނުގައި ބާސެލލޯނާގައި ތިން ތަށި ކާމިޔާބުކޮށްފަ އެވެ. އެއީ ސްޕެނިޝް ލީގާއި ސްޕެނިޝް ކަޕާއި ކޮޕާ ޑެލްރޭ އެވެ. އަދި ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ކުޅުނެވެ.
މި ސީޒަނުގައި ސްޕެނިޝް ލީގުގެ އެއްވަނާގައި ބާސެލޯނާ މިވަގުތު އޮތްއިރު އެ ޓީމަށް ހަތަރު ތަށި ވެސް ކާމިޔާބު ކުރުމުގެ ފުރުސަތު އެބައޮތެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
