
އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގަޑިއޯލާ އެ ކްލަބު ދޫކޮށްލަން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް އޭނާ ދޮގުކޮށްފި އެވެ. ޕްރިމިއާ ލީގުގައި މިއަދު ވެސްޓްހޭމް ޔުނައިޓެޑް އާއި ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ގަޑިއޯލާ ބުނެފައިވަނީ އެ ކްލަބާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރު ކުރުމުގެ މަޝްވަރާތަކެއް ކުރިއަށް ނުދާ ކަމަށެވެ. “މިއީ އަބަދުވެސް ދެކެވޭ ވާހަކަތަކެއް. އަހަރެން މި ކްލަބުގައި އަބަދަކު ނުހުންނާނެ. އަދި ވަގުތު ޖެހުމުން އެކަން އެނގިގެންދާނެ. އަހަރެންނާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތުގައި މި ކްލަބަށް އެހޭވުމުގެ މަސައްކަތް މި ކުރަނީ.” ގަޑިއޯލާ ބުންޏެވެ.
“އަހަރެންނާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރު ކުރުމާއި ގުޅޭ މަޝްވަރާތަކެއް ކުރިއަކަށް ނުދޭ. އަދި އެ ކަމާއިމެދު ގޮތެއް ނިންމުމުގެ ވަގުތެއްވެސް ނޫން އަދި މިއީ.” ގަޑިއޯލާ އިތުރަށް ބުންޏެވެ. މެންޗެސްޓަރ ސިޓީ އާއިއެކު ގަޑިއޯލާ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މި ސީޒަނުގެ ނިޔަލަށް ހަމަވާއިރު އެ މަގާމާއި ހަވާލުވުން އެންމެ ގާތީ ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ކަމަށް އިނގިރޭސި މީޑިޔާ ތަކުން ބުނި ނަމަވެސް މަރެސްކާ ވެސް ވަނީ އެކަން ދޮގުކޮށްފަ އެވެ. ގަޑިއޯލާ އިތުރަށް ބުނެފައިވަނީ ކްލަބާއިއެކު ކިތަންމެ ދިގު މުއްދަތެއްގެ އެއްބަސްވުމެއް އޮތް ނަމަވެސް ފުޓްބޯޅަ މިހާރު ބަދަލުވަމުންދާ ގޮތުން ކުރިއަށް ވާނެ ގޮތެއް ބުނަން ނޭނގޭ ކަމަށެވެ. އަދި އޭނާ އެންމެ ބޮޑަށް މަސައްކަތް ކުރަމުންދަނީ މެޗުތަކުން ރަގަޅު ނަތީޖާތަކެއް ނެރެވޭތޯ ކަމަށްވެސް ގަޑިއޯލާ ވަނީ ބުނެފަ އެވެ.
މެންޗެސްޓަރ ސިޓީ އާއި ހަވާލުވުމަށްފަހު ގަޑިއޯލާ ވަނީ އެ ކްލަބަށް ގިނަ ކާމިޔާބީތަކެއް ހޯދަދީފަ އެވެ. އޭގެ ތެރޭގައި ހަތަރު ފަހަރު މަތިން އިނގިރޭސި ޕްރިމިއާ ލީގު ވަނީ ކާމިޔާބުކޮށްދީފަ އެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
