
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އެފްއޭއެމް ވިމެންސް ލީގު 2025 ގެ ލީގު ޓައިޓްލް ހޯދުމަށް ނުވަތަށް ތަށި ހޯދަން ނިކުންނަ މެޗު ފަސޭހަ ނުވާނެ ކަމަށް މާޒިޔާގެ އަންހެން ޓީމުގެ ކޯޗު އަހުމަދު އަހުސަން ބުނެފިއެވެ. ލީގުގެ ފަހު މެޗުގައި އޮޑި ސްޕޯޓްސް ކުލަބާ ދެކޮޅަށް ނިކުތުމުގެ ކުރިން ކުރިޔަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި އަހުސަން ބުނީ ތައްޓަށް ނިކުންނަ ފަހު މެޗަށް ބާކީ މިއޮތް ދުވަސްކޮޅު ވަރަށް ރަނގަޅަށް އެ ޓީމުން ތައްޔާރުވާނެ ކަމަށެވެ. “އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި މެޗުގައި ހަމަ އަޅުގަނޑުމެން މުބާރާތުގައި މިދިން އެފަޓަށްތުރެ ބޮޑު އެފަޓެއް، އިތުރު ހިތްވަރެއް ކޮށްގެން ނޫން ގޮތަކަށް ތަށި ހޯދަން އުނދަގޫވާނެ. އެހެންވީމަ އަޅުގަނޑުމެން ހަމަ މެޗަށް ނިކުންނާނީ ވަރަށް ބޮޑަށް ޕްރިޕެއަރ ވެގެން” ކޯޗު އަހުސަން ބުންޏެވެ.
އަހުސަން ބުނީ ކުޅުންތެރިން މިހިސާބަށް ގެނެސްދިނުމަށް މާޒިޔާގެ މެނޭޖްމެންޓާއި، އޮފިޝަލުން ކުރި ބުރަ މަސައްކަތް ފާހަގަަކުރާކަމަށާއި، ލީގުގައި މިހިސާބަށް މި އާދެވުނީ ޖުމަލްކޮށް ބަލާއިރު މުޅި ޓީމުން ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްގެން ކަމަށެވެ. އޮޑިއަކީ ވަރުގަދަ ޓީމެއް ކަމަށާއި، އެ މެޗުު ފަސޭހަ ނުވާނެކަން ފާހަގަކުރަމުން އަހުސަން ބުނީ މާޒިޔާއިން ނިކުންނާނީ ތަށި ހޯދަން ކަމަށެވެ. ކުޅުންތެރިންގެ ފެންވަރަށް އިޝާރަތް ކުރަމުން ކޯޗު ބުނީ ރަށްރަށުން އައިސްތިބި ކުޅުންތެރިންގެ ހުނަރުވެސް ފާހަގަކޮށްލަން ޖެހޭ ކަމަށެވެ. “ބައެއް ކުޅުންތެރިން އެބަތިބި ހަމަ މުބާރާތަށް ކުޅެން ބޭނުންވެގެން ކުޅޭ ހިތުން އައިސްތިބި ކުޅުންތެރިން. އޭގެތެރެއިން ތިން ހަތަރު ކުޅުންތެރިއެއް މާޒިޔާގެ ފުރަތަމަ 11 ގައި ހިމެނިގެން ކުޅެމުން ދަނީ. އެހެންވީމަ އަޅުގަނޑު ގަބޫލުކުރާގޮތުގައި އަންހެން ފުޓްބޯޅަ މިހެން ބާއްވާހާ ހިނދަކު މި ކުޅުންތެރިންނަށް ފުރުސަތު ހުޅުވާލާނަމަ ކުރިއަރައިގެން ދިއުމުގެ ފުރުސަތު ވަރަށް ބޮޑު” ކަމަށް ކޯޗު ބުންޏެވެ.
ގައުމީ ޓީމެއް އެކުލަވާލާއިރުވެސް މި ކުޅުންތެރިންނަށް ގައުމީ ޓީމުން ޖާގަ ލިބުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް މާޒިޔާގެ ކޯޗު ފާހަގަކުރިއެވެ. މާޒިޔާއިން މުޅިން އަލަށް އަންހެން ޓީމެއް އެކުލަވާލައިގެން ވިމެންސް ލީގުގައި ވާދަކުރާއިރު ޕޮއިންޓް ޓޭބަލްގެ އެއްމެ ކުރީގައި އޮތީ އޮޑިއާއި މާޒިޔާއެވެ. ލީގު ހޯދަން އެ ޓީމަށް ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ. ލީގުގެ ފަހު ތިން މެޗުގެ ކުޅުން ގަލޮޅު ދަނޑަށް ބަދަލުކޮށްފައިވާއިރު ހުރިހާ ޓީމަކުންވެސް ވަނީ ތައްޔާރުވާން ލިބުނު ކުޑަ ދުވަސްކޮޅުގެތެރޭގައި ކުޅުންތެރިން ހަމަކޮށް ވެވުނު އެންމެ ރަނގަޅަކަށް ލީގަށް ތައްޔާރުވެފައެވެ. އެގޮތުން ބައެއް ބިދޭސީ ކުޅުންތެރިން ގެނެސް ސްކޮޑް ވަރުގަދަކޮށްގެން ނިކުތް ކުލަބުތަކުން އެއް މެޗަށްވުރެ އަނެއް މެޗުގެ ކުޅުން ރަނގަޅު ކުރަމުން އައި ކަން ފާހަގަ ކުރެވެއެވެ.
މާޒިޔާ އާއި އޮޑިން ލީގު ތަށި ހޯދުމަށް ނިކުންނަ މެޗު އޮންނާނީ 23 ޑިސެމްބަރުގައި ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
