
(ފޮޓޯ ކްރެޑިޓްސް: އެފްއޭއެމް)
ހެންވޭރު ފުޓުބޯޅަ ދަނޑުގައި ކުޅެމުން އަންނަ އަންހެން ފުޓްބޯޅަ ލީގު ‘އެފްއޭއެމް ވިމެންސް ލީގު 2025’ ގެ ފަހު 3 މެޗު ގަލޮޅު ދަނޑުގައި ކުޅޭ ގޮތަށް ހަމަޖައްސައިފިއެވެ. އެފްއޭއެމުން މިގޮތަށް ނިންމާފައިވާއިރު ލީގުގެ ޓައިޓަލް ހޯދާނެ ޓީމެއް ކަނޑައެޅުމަށް ކުޅޭ ފަހު މެޗު އޮންނާނީ ޑިސެމްބަރު 23 ގައި ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައެވެ. މި މެޗުގައި ބައްދަލުކުރާނީ އެންމެ ގިނަ ޕޮއިންޓް ހޯދާފައިވާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބާއި އޮޑި ސްޕޯޓްސް ކުލަބެވެ. ގަލޮޅު ދަނޑުގައި ކުޅޭ ފަހު މެޗުތަކުގެ ތެރެއިން އެންމެ އަވަހަށް އޮންނާނީ 21 ޑިސެމްބަރުގައި ޓީސީ ސްޕޯޓްސް ކުލަބާއި ނިއުރޭޑިއަންޓް ބައްދަލުކުރާ މެޗެވެ. އަދި ބިސްބުރު ސްޕޯޓްސް ކުލަބާއި ވިކްޓްރީ ސްޕޯޓްސް ކުލަބު ބައްދަލުކުރާ މެޗު އޮންނާނީ 22 ޑިސެމްބަރުގައެވެ.
ޑިސެމްބަރު 1 ގައި އަންހެން ފުޓުބޯޅަ ލީގު ފަށައިގެން ހެންވޭރު ދަނޑުގައި ކުޅުނު މެޗުތަކުން ސަޕޯޓަރުންގެ މާ ބޮޑު ފޯރިއާއި ޖޯޝެއް ފެނިގެންނުދިޔަނަމަވެސް ލީގުގައި ވާދަކުރި ކުޅުންތެރިންގެ ފަރާތުން އެއް މެޗަށްފަހު އަނެއް މެޗުން ކުރިއެރުންތައް ފާހަގަކުރެވުނެވެ. މާޒިޔާ އާއި އޮޑިން ލީގަށް ވާދަކުރާ މެޗު ގަލޮޅު ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާއިރު އެ ދެ ކުލަބުންވެސް އެދެނީ ވީހާވެސް ގިނަ ސަޕޯޓަރުން އައިސް ދަނޑުގައި ތިބެގެން މެޗު ބެލުމަށާއި، އެ ކުޅުންތެރިންނަށް އިތުރަށް ހިތްވަރު ދިނުމަށެވެ. ތައްޓަށް ކުރާ އުންމީދު ދެ ޓީމުގެވެސް ބޮޑުއިރު ލީގު ޓައިޓްލް އާއި ތަށި އުފުލާލުމަށް މާޒިޔާއަށް ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ.
އޮޑި ކަހަލަ ވަރުގަދަ ޓީމަކާއި ދެކޮޅަށް ފަހު މެޗަށް ނިކުންނައިރު މިއީ ފަސޭހަ މެޗަކަށް ނުވާނެ ކަމަށާއި، މި މެޗުގައި މުބާރާތުގެ ކުރީގެ މެޗުތަކުގައި ކުރި ހިއްވަރަށްވުރެ އިތުރު ހިއްވަރެއް ކޮށްގެން ނޫނީ ތަށި ހޯދަން އުނދަގޫވާނެ ކަމަށް މާޒިޔާގެ ކޯޗު އަހުސަން ވަނީ ބުނެފައެވެ. އެހެންކަމުން ފަހު މެޗަށް މާޒިޔާ ނިކުންނާނީ ވަރަށް ބޮޑަށް ތައްޔާރުވެގެން ކަމަށް ކޯޗު ވަނީ ބުނެފައެވެ. އޮޑިންވެސް އޮތީ ރަނގަޅު ފައިޓެއް ދީގެން ލީގު ޓައިޓްލް ހޯދުމުގެ އަޒުމުގައެވެ. މި ދެ ޓީމަށް ބަލާއިރު މާޒިޔާއަކީ ކުރިން ގައުމީ ޓީމަށް ކުޅެފައިވާ ތަޖުރިބާހުރި ކުޅުންތެރިންނާއި މިހާރުވެސް ގައުމީ ސްކޮޑުގައި ހިމެނޭ ގިނަ ކުޅުންތެރިންތަކެއް ފުރަތަމަ 11 ގައި ހިމެނޭ ކުލަބެކެވެ. އަދި މިއީ އަތޮޅު ތެރެއިން އައިސްތިބި ހުނަރުވެރި ކުޅުންތެރިންނާއި ނޭޕާލުގެ ދެ ކުޅުންތެރިން ހިމެނޭ ވަރުގަދަ ޒުވާން ސްކޮޑެއް އޮތް ކުލަބެކެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އޮޑީގެ ސްކޮޑަށް ބަލާއިރު މިއީވެސް ވަރުގަދަ ކުޅުންތެރިންތަކެއް ތިބި ލީގުގައި ފެނުނު އެންމެ ހުނަރުވެރި ކުޅުންތެރިން ގިނަ އެއްޓީމެވެ. މިގޮތުން ރާއްޖޭގައި އުފެދުނު އެންމެ ހުނަރުވެރި އެއްކުޅުންތެރިއާ ކަމުގައިވާ ފާތުމަތު ޝާލިއާގެ ލީޑާޝިޕް އާއި ތަފާތުކުޅުން އޮޑިން ވަރަށް ބޮޑަށް ފާހަގަކުރެވެއެވެ. މި ދެޓީމު ބައްދަލުކުރާ ފަހު މެޗު ގަލޮޅު ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާއިރު މިއީ ފުރަތަމަ ފަހަރަށް ބާއްވާ އަންހެން ފުޓްބޯޅަ ލީގުގައި ވަރަށް ތާރީހީ މެޗަކަށް ވެގެންދާނެ މެޗެކެވެ. ނިއުރޭޑިއަންޓާއި ވިކްޓްރީ އާއި ޓީސީ އާއި ބިސްބުރު ވައްޓާލުމަށްފަހު ޕޮއިންޓް ތާވަލުގެ އެންމެ ކުރީގައި އޮތް މި ދެޓީމުގެ ކުރިމަތިލުން ވާނީ ވަރަށް ވާދަވެރި މެޗަކަށް ކަމަށް މާޒިޔާއިން ބުނެއެވެ.
ހުއްޓިފައި އޮތް އަންހެން ފުޓްބޯޅަ 10 އަހަރަށް ފަހު ފަށައިގަނެ މުޅިން އަލަށް ބާއްވާ އަންހެން ފުޓްބޯޅަ ޓީމަށް އަންހެން ޓީމުތައް އެކުލަވާލައިގެން ކުލަބުތަކުން ނިކުތީ ވަރަށް ވަގުތު ކުޑަތަންވެފައިވަނިކޮށް އެންމެ އެކަށީގެންވާ މިންވަރަށް ތައްޔާރުވެސް ނުވެވިއެވެ. އެހެންނަމަވެސް އަންނަ އަހަުން ފެށިގެން މިއަހަރަށް ވުރެ ރަނގަޅަށް ލީގުގެ އިންތިޒާމުތައް ހަމަޖައްސާ ކޮންމެ އަހަރަކުވެސް ލީގު ބޭއްވުމަށް އެމްއޭއެމުން މަސައްކަތް ކުރާނެ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
About Post Author
މާދަމާ ނިއުސް
ހަރުދަނާ ސިޔާސަތުތަކެއްގެ ތެރެއިން ދަރަނިތައް ދެއްކުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ދަރަނިތައް ދެއްކުމަށެވެ. އެގޮތުން، ރާއްޖެ ބަނގުރޫޓުވެދާނެ ކަމަށް...
ހަމަލާ ދިނީ ސަރުކާރުންނޭ މޭޔަރު ވިދާޅުވި ވާހަކައަކީ ވަރަށް ދަށުދަރަޖައިގެ އިތުރުފުޅެއް: މުންދު
މާލޭގެ މޭޔަރު އާދަމް އާޒިމަށް މުޒާހަރާއެއްގެ ތެރެއިން ބަޔަކު ހަމަލާދިނީ ސަރުކާރުން ރާވައިގެން ކަމަށް އޭނާ ކުރެއްވި ތުހުމަތުތައް ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު...
މީހަކު އާޒިމް ކޮށްޕާލުން: ތަހުގީގަކާ ނުލައި އާޒިމް ނިންމީ އެއީ ސަރުކާރުން ރާވައިގެން ދިން ހަމަލާއެއް ކަމަށް!
މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ބައިވެރިވެވަޑައިގެންނެވި މުޒާހަރާއެއްގެ ތެރެއިން މީހަކު އޭނާއަށް ދިން ހަމަލާއަކީ ސަރުކާރުން ރާވައިގެން ކުރި ކަމެއް ކަމަށް އާޒިމް...
ފުރަތަމަ ކުއާޓަރުގައި ބީއެމްއެލްއިން ބޭރަށް 1.04 ބިލިޔަން ޑޮލަރު ފޮނުވި
މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ރާއްޖެއިން ބޭރަށް 1.04 ބިލިޔަން ޑޮލަރު ފޮނުވާފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ވަނީ ހާމަކޮށްފައެވެ. މި މުއްދަތުގައި ރާއްޖެއަށް...
ބަންކަރިން ޚިދުމަތާއެކު އެސްޓީއޯގެ ވިޔަފާރިއަށްވެސް ކުރިއެރުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އެސްޓީއޯގެ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓުން ދައްކާގޮތުގައި، އެކުންފުނީގެ އާމްދަނީއަށް ލިބުނު ބޮޑު ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ތެލުގެ...
ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީގެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ޕީއެންސީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން...
