
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދިރާގު ދިވެހި ޕްރިމިއަރ ލީގު 26/2025 ގައި ފަހަތުން އަރައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު ބަލިކޮށް ވިކްޓްރީ ސްޕޯޓްސް ކުލަބުން މުހިންމު މޮޅެއް ހޯދައިފިއެވެ. ވިކްޓްރީ މެޗު ކާމިޔާބު ކުރީ 3-1 ލަނޑުންނެވެ. ނިއު އަތުން ހޯދި ތިން ޕޮއިންޓާ އެކު ވިކްޓްރީ ވަނީ ތާވަލުގެ ފަސް ވަނައަށް ކުރިއަށް ޖެހިލާފައެވެ. ވިކްޓްރީ ވަނީ 11 މެޗުން 16 ޕޮއިންޓް ހޯދާފައެވެ. ރަސްމީ ބޯޅަދަނޑުގައި ކުޅުނު މެޗު ފަށައިގެން އުފެއްދި ފުރަތަމަ ހަމަލާގައި ނިއުއިން ވަނީ ލަނޑުޖަހާފައެވެ. އެއީ އަލީ ފާސީރު އޭރިއާ ތެރޭގައި ހުސްކޮށް އޮތް ބްރެޒިލްގެ އެޓޭކިން މިޑްފީލްޑަރ ގޯމޭސް ޑެ ސިލްވާރއަށް ޖައްސާލި ބޯޅަ ކޮންޓްރޯލް ކޮށްލާފައި ކީޕަރުގެ ބޯމަތިން ގޯލަށް ވައްދާލައިގެން ކާމިޔާބުކުރި ލަނޑެކެވެ. މި ލަނޑު ޑި ސިލްވަރ ކާމިޔާބުކޮއްދިނީ މެޗުގެ 4 ވަނަ މިނިޓުގައެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މި ލަނޑަށްފަހުން ވިކްޓްރީން ވަނީ ހަމަލާތައް އުފައްދަން މަސައްކަތް ކޮއްފައެވެ. މެޗުގެ 29 ވަނަ މިނިޓުގައި އީގަލްސް އިން ލޯނު އެއްބަސްވުމެއްގެ ދަށުން ވިކްޓްރީއާ ގުޅުނު އަހުމަދު ރިޒްވާން ދިން ބޯޅެއް ހިފައިގެން އޭރިއާ ތެރެއަށް ވަދެ ސްލޮވާކިޔާގެ ފޯވާޑް މިލޯސް ލަޗްނީ ވަނީ ވިކްޓްރީ އަށް ނަތީޖާ ހަމަހަމަ ކޮއްދީފައެވެ. މެޗުގެ 38 ވަނަ މިނުޓުގައި ޑެ ސިލްވާ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ވިކްޓްރީގެ ކީޕަރު ނޭޕާލުގެ ގައުމީ ކީޕަރު ކިރަން ލަމްބޫ ވަނީ ދިފާއުކޮއްފައެވެ. ވިކްޓްރީ ލީޑް ނެގީ މެޗުގެ 57 ވަނަ މިނިޓުގައި އަލީ ޝާމިސް އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ލަޗްނީ ބޮލުން ގޯލަށް ވައްދާލައިގެންނެވެ. މިއީ މިދިޔަ މެޗުގައި ޓީމާ ގުޅުނު ލަޗްނީ އެޓީމަށް ޖަހައިދިން 3 ވަނަ ލަނޑެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މެޗުގެ 72 ވަނަ މިނިޓުގައި މުހައްމަދު ފާސިރު އޭރިއާ ތެރެއަށް ވަދެ ހުރަސްކޮއްލި ބޯޅަ ކީޕަރުވަނީ ވެއްޓިގެންފަ ދިފާއުކޮއްފައެވެ. ވިކްޓްރީ ޖެހި ތިންވަނަ ލަނޑަކީ 87 ވަނަ މިނިޓުގައި ލިބުނު ކޯނަރަކުން ލަޗްނީ ބޮލުން ފޮނުވާލުމުން ކީޕަރު ދިފާއުކޮށް ފޮނުވާލި ބޯޅަ އޭރިއާ ތެރޭގައި ހުރެ ޖޯހިރް އަޒަމޯވް ގޯލުގެ ތެރެއަށް ވައްދާލި ބޯޅައެކެވެ. މި ދެޓީމު ފުރަތަމަ ބުރުގަ ވާދަކުރި މެޗު ނިމުނީ 4-0 ނިއު މޮޅުވެގެންނެވެ. މިއީ މި ލީގުގައި ނިއު ބަލިވި ތިންވަނަ މެޗެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
