
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދިރާގު ދިވެހި ޕްރިމިއަރ ލީގު 26/2025 ގައި އޮޑި ސްޕޯޓްސް ކުލަބު މޮޅުވެ ލީގު އެއްވަނައިގަ އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެމެދުގަވާ ފަރަގު ކުޑަކޮއްފިއެވެ. ލީގުގެ ދެވަނަ ބުރުގައި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ގެ މައްޗަށް އޮޑި ކުރި ހޯދީ 5-1 ލަނޑުންނެވެ. މި ނަތީޖާ އެކު އެންމެ ފަހުން މާޒިޔާ ކުޅުނު މެޗު އެއްވަރުވުމުގެ ފައިދާ ނަގާ އޮޑި ފަރަގު ކުޑަ ކުރީ ކުޅުނު 11 މެޗުން ހޯދި 28 ޕޮއިންޓު ހޯދައިގެންނެވެ. ލީގުގެ އެއްވަނާގަވާ މާޒިޔާއާ ތިން ޕޮއިންޓަށް ގާތަށް އޮޑިން ޖެހިލި އިރު މާޒިޔާ އެއްވަނައިގަ އޮތީ 31 ޕޮއިންޓާއެކުވެ.
ވިއްސާރައިގަ ކުޅުނު މެޗުގައި އޮޑިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އޮޑިން ވަނީ މެޗު ފަށައިގެން އެޓޭކްތަށް ވަރުގަދަކޮށް ޔުޥިގެ ގޯލަށް ނުރައްކާ ކޮއްފައެވެ. މިމެޗުގައި އޮޑިން ޖެހި ފުރަތަމަ ލަނޑަކީ 27 ވަނަ މިނިޓުގައި އޮޑީގެ މުޒްދާން ހަސަން ފޮނުވާލި ހަމަލާ އެއް ޔޫވީގެ ކީޕަރު މުސްތަފާ އަދެލް އަތުގައި ޖެހިފަ ނުކުތުމުން އެޓީމުގެ ޑިފެންޑަރ މުހައްމަދު ސަމްހާން ފައިގަ ޖެހިފަ ބައިކޮޅަށް ވަތް ލަނޑެކެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އޮޑީގެ ދެވަނަ ލަނޑަކީ މެޗުގެ 34 ވަނަ މިނިޓުގައި ލބުނު ޕެނެލްޓީއަކުން ލިތުއޭނިއާ ގެ ފޯވާޑް ކަރޮލިސް ލަކުއެޒެމިސް ކާމިޔާބު ކުރި ލަނޑެކެވެ. މިއީ އޮޑީގެ އަބްދުﷲ ލޫތު އިބްރާހިމް އޭރިއާ ތެރެއިން ކީޕަރު ކައިރިން ނައްޓާލަފަ ދާން އުޅުމުން ކީޕަރު ކުރި ފައުލަކަށް ދިން ޕެނެލްޓީއެކެވެ. އޮޑިން އިތުރަށް ލީޑު ފުޅާކުރީ ދެވަނަ ހާފު ފަށައިގެން ތިންވަނަ މިނިޓުގެ ތެރޭގައި މުޒްދާން ނަގައިދިން ބޯޅައަކުން ކަރޮލިސް އެވެ. މި ލަނޑު ޖެހިތާ މާ ގިނައިރެއް ނުވެ އޮޑީގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކުރީ 57 ވަނަ މިނިޓުގައި އަހުޒަމް ރަޝީދު ދިން ބޯޅައެއް އޭރިއާ ތެރެއަށް ހިފައިގެން ވަދެ މުޒްދާން އެވެ.
މެޗުގެ 62 ވަނަ މިނިޓުގައި އޮޑީގެ އަހުމަދު އައިހަމް ފޮނުވާލި ބޯޅައެއް ވަނީ ގޯލަށް ވަދެވެފައެވެ. ޔޫވީން މެޗުގައި ޖެހި ހަމައެކަނި ލަނޑަކީ 73 ވަނަ މިނިޓުގައި މިސްރުގެ ފޯވާޑް މުސްތަފާ މަހްމޫދް އެލްޝާޒްލީ ކާމިޔާބުކޮއްދިން ލަނޑެކެވެ. މިއީ އެޓީމާ އަލަށް ގުޅުނު ބިދޭސީ ފޯވާޑް މުހައްމަދު ސާމިރު ދިންބޯޅަ އަކުން މުސްތަފާ ބޮލުން ކާމިޔާބު ކުރި ލަނޑެކެވެ. މި ދެޓީމު ފުރަތަމަ ބުރުގައި ބައްދަލު ކުރި މެޗު އޮޑި ކާމިޔާބުކުރީ 4-0 ލަނޑުންނެވެ. ލީގުގައި މިހާތަނަށް ކުޅުނު 11 މެޗުން ލިބުނު 7 ޕޮއިންޓާ އެކު ޔުވީ އޮތީ 8 ވަނައިގައެވެ. މިއީ އޮޑިން މި ލީގުގަ ހޯދި 9 ވަނަ މޮޅެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
