
(ފޮޓޯ ކްރެޑިޓްސް: ރަައީސް އޮފީސް)
ބާނި ސެންޓަރ ފޮރ އިންޓަނޭޝަނަލް ޕޮލިސީން ހެދި ސާވޭއަކުން ދައްކާ ގޮތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މަސައްކަތްޕުޅާ މެދު 62 ޕަސެންޓް މީހުން ހިތްހަމަޖެހެ އެވެ. މިދިޔަ މަހުގެ 23 އިން މި މަހުގެ އެކެއްގެ ނިޔަލަށް ކުރި މި ސާވޭގައި، ވޯޓުލާ އުމުރުގެ 391 މީހުންނާ ފޯނުން ސުވާލުކޮށްފައި ވެއެވެ. ނަތީޖާއިން އެނގޭ ގޮތުގައި 21 ޕަސެންޓް މީހުން ރައީސްގެ މަސައްކަތާ މެދު “ވަރަށް ބޮޑަށް ހިތްހަމަޖެހޭ” ކަމަށް ބުނެފައިވާއިރު، 41 ޕަސެންޓް މީހުން ވަނީ “ހިތްހަމަޖެހޭ” ކަމަށް ބުނެފަ އެވެ. ރައީސްގެ މަސައްކަތްޕުޅާ މެދު ހިތްހަމަނުޖެހޭ ކަމަށް 38 ޕަސެންޓް މީހުން ބުނެފައިވާއިރު، އެ މަނިކުފާނަށް ލިބިފައިވަނީ 24+ ނެޓް އެޕްރޫވަލް ރޭޓިންއެކެވެ.
Baani’s latest poll finds strong support for President Muizzu, with 62% of Maldivian voters approving of his performance midway through his first term, giving him a net approval rating of +24 points. pic.twitter.com/Ii9GDp2vJ5
— Baani (@Baani_Centre) December 18, 2025
ސާވޭގެ ނަތީޖާތަކުން ފާހަގަވާ ގޮތުގައި، ފިރިހެނުންނަށް ވުރެ އަންހެނުންގެ ތެރޭގައި ރައީސް މުއިއްޒަށް އޮތް ތާއީދު ބޮޑެވެ. އަންހެނުންގެ 64 ޕަސެންޓް މީހުން ހިތްހަމަޖެހޭ ކަމަށް ބުނެފައިވާއިރު، ފިރިހެނުންގެ ތާއީދު ވަނީ 60 ޕަސެންޓުގަ އެވެ. އުމުރުފުރާ އަށް ބަލާއިރު، 55 އަހަރަށް ވުރެ ދޮށީ މީހުންގެ 67 ޕަސެންޓް ތާއީދު ރައީސަށް ލިބިފައިވާއިރު، 18-24 އަހަރާ ދެމެދުގެ ޒުވާނުންގެ ތާއީދު ހުރީ 50 ޕަސެންޓުގަ އެވެ. މި ސާވޭގެ މާޖިން އޮފް އެރާ އަކީ ފަސް ޕަސެންޓު އަދި ކޮންފިޑެންސް ލެވެލްއަކީ 95 ޕަސެންޓެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
