
ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދާއެކު، ދަންވަރު މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވައި ޤާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. މި މަސައްކަތް ފެށިފައިވަނީ ބިދޭސީން ދަންވަރުގެ ވަގުތުތަކުގައި ޤަވާއިދާ ޚިލާފު ކަންކަން ކުރާ ކަމުގެ ކަންބޮޑުވުން ރައްޔިތުން ފާޅުކުރުމާ ގުޅިގެންނެވެ. މިގޮތުން، ރޭގަނޑު 12 އިން ހެނދުނު 6 ޖެހުމާ ހަމައަށް އާންމު ތަންތަނާއި މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވައި ސުވާލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ފުލުހުންނަށް އަންގަވާފައެވެ. ފުލުހުން ވަނީ މާލެ، ހުޅުމާލެއާއި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މި ހަރަކާތް ފަށާފައެވެ. ރޭ އެކަނިވެސް މާލެއިން 23 ބިދޭސީއަކު ހުއްޓުވައި ސުވާލުކުރެވުނުއިރު، ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ ބިދޭސީއަކު އިމިގްރޭޝަނާ ހަވާލުކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.
ފުލުހުން ވިދާޅުވީ، މެންދަމުގެ ވަގުތުގައި އާންމު އިޖްތިމާޢީ މިންގަނޑާއި ޚިލާފަށް މަގުމަތީގައި އުޅޭ ބިދޭސީންނާ ސުވާލުކުރުމުން ފާހަގަކުރެވޭ ކަންކަމާ ގުޅޭގޮތުން ފިޔަވަޅު އަޅައި، ގަވާއިދާ ޚިލާފަށް ދިރިއުޅޭ ފަރާތްތައް އިމިގްރޭޝަނާ ހަވާލުކުރާނެ ކަމަށެވެ. އަދި ޚާއްސަކޮށް މާލެއާއި ހުޅުމާލޭގެ އާންމު ތަންތަނުގައި ނިދާ ބިދޭސީންގެ ހާލަތު ބަލައި، އެފަރާތްތައް ގަވާއިދާ އެއްގޮތަށް ދިރިއުޅޭތޯ ބެލުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.
ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމެއްގައި ގިނަ ރައްޔިތުން ވަނީ ދަންވަރު ބިދޭސީން އެއްވެ އުޅޭތަން ފެންނަކަމަށާއި، އިޖުތިމާޢީ މިންގަނޑާ ޚިލާފު ކަންކަން ހިނގާކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. ސަރުކާރުން ވިދާޅުވަނީ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޚިޔާލުތަކަކީ ޤައުމު ހިންގުމުގައި ރައްޔިތުންގެ ބައިވެރިވުން ކަށަވަރުކޮށްދޭ އަދި އިޖާބަދެއްވާނެ ކަމެއް ކަމަށެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
