
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، އަންނަ އަހަރުގެ ތެރޭގައި ޑިޖިޓަލް އައިޑީއާއެކު ސްމާޓް އައިޑީކާޑު ދޫކުރާނެ ކަމަށެވެ. މިއީ ރާއްޖެ ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތުގެ މުހިއްމު ބައެކެވެ. މި މަސައްކަތުގެ ދަށުން، ވަކިވަކި އިދާރާތަކުން ދެމުން އަންނަ ޚިދުމަތްތައް އެއް ޕްލެޓްފޯމްއަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިހާތަނަށް އުމުރުން 10 އަހަރުން މަތީގެ ދެލައްކަ ހަތްދިހަ ދެހާސް ދިވެހިން (އެ އާބާދީގެ 80 އިންސައްތަ) ޑިޖިޓަލް އައިޑީ ނިޒާމުގެ ތެރެއަށް ވަދެފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މި ނިޒާމް ބޭނުންކޮށްގެން ސަރުކާރުގެ އެކި ޚިދުމަތްތައް ފަސޭހައިން ލިބޭނެއެވެ. އަދި މިދިޔަ ދެ އަހަރުގެ ތެރޭގައި 17 އިދާރާއަކުން ވަންގަވްގެ ތެރެއިން މެނުއަލްކޮށް ދެމުން ދިޔަ ޚިދުމަތްތައް ފޯރުކޮށްދެމުންދާކަންވެސް ވަޒީރު ހާމަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، 2030 ވަނަ އަހަރު އަންނައިރު ރާއްޖޭގެ އުފެއްދުންތެރިކަމުގެ 15 އިންސައްތަ ޑިޖިޓަލް އިގްތިޞާދުން ހިއްސާކުރާނެ ކަމަށް ވިދާޅުވެފައެވެ. ސަރުކާރުގެ އަމާޒަކީ، ދައުލަތުން ފޯރުކޯށްދޭ ހުރިހާ ޚިދުމަތަކީވެސް، ކޮންމެ ރަށެއްގެ ކޮންމެ ތަނެއްގައި ހުރެގެންވެސް ހޯދޭހާ ފަސޭހަ ޚިދުމަތަކަށް ހެދުމެވެ. މި އަމާޒަށް ވާސިލުވުމަށް، ޒަމާނީ ފެންވަރުގެ ރައްކާތެރި ޑިޖިޓަލް އައިޑީއެއް ތައްޔާރުކުރުމާއި، އިދާރާތަކުގެ މެދުގައި މައުލޫމާތު ބަދަލުކުރެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމްކުރުމުގެ އިތުރުން، ސައިބަރ ހަމަލާތަކުން ރައްކާތެރިވެވޭނެ ނިޒާމެއް ޤާއިމްކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، މިހާރު ބޭނުންކުރަމުންދާ އީ-ފާސް ޑިޖިޓަލް އައިޑީއަށް ޒަމާނީ ބަދަލުތަކެއް އައިސް، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
