
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ކުށްކުރާ މާހައުލުތަކުން ކުޑަކުދިން ފެންނަ ނިސްބަތް އިތުރުވަމުންދާކަމަށާއި، ބެލެނިވެރިން އެކަމަށް ސަމާލުވުމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވެއްޖެއެވެ. ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާގެ ދަށުން މަސައްކަތްކުރާ އިދާރާތަކުގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންކުރައްވާ މަސައްކަތްތަކާ ގުޅޭގޮތުން ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވީ ކުށުގެ މާހަލުތަކުން ކުޑަކުދިން ފެންނަ މިންވަރު އިތުރުވަމުންދާކަން ފާހގަަކުރެވޭކަމަށެވެ. ސީޕީ ވިދާޅުވީ އެފަދަ މާހައުލުތަކުން ކުރިން ފެންނަ މޫނުތައް މަދުވެފައިވާކަމަށާ މިހާރު ފެންނަނީ އައު މޫނުތަކެއް ކަމަށާއި ގިނައީ ކުޑަކުދިންކަމަށެވެ. އެހެންކަމުން މިއީ މިހާރު އިންތިހާ ދަރަޖައަށް ކަންބޮޑުވުން އޮތް ކަމެއްގެ ގޮޮތުގައި ސީޕީ ނަވީން ވަނީ ފާހަގަކުރެއްވިއެވެ.
“އެންމެ ފަހުން އޯލެވެލް ހެދި ކުދިން ނުވަތަ ކިރިޔާ 18 އަހަރުވެފައި ތިބޭ ކުރިން އަދި 17 އަހަރުގެ ކުދިން މިހާރު އެތަންތަނުން އެފެންނަނީ. ހޮސްޓް ސްޕްޓްސްއޭ މިކިޔާ ތަންތަނުންވެސް މި ފެންނަނީ 17 އަހަރުގެ ކުދިން” ސީޕީ ނަވީން ވިދާޅުވިއެވެ. މިކަމުގެ ކަނބޮޑުވުން ފާހަގަކުރައްވަމުން ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ އެފަދަ ތަންތަނުން ކުޑަކުދިން ފެނުމުން، ކުށުގެ ރެކޯޑް ނެތުމުން މިހާރު ނަސޭހަތްދީ ފޮނުވާލަނީ ކަމަށެވެ. އެހެންކަމުން މިކަމުގައި މައިން ބފައިންނާއި އެފަދަކުދިންގެ ބެލެނިވެރިން ސަމާލުވެ، ދަރިން ގޮސްއުޅޭ ތަންތަން ދެނެގަނެ ގާތުން އެކުދިންގެ ކަންކަން ބެލުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.
ކުށްކުރާ ކުޑަކުދިން ނުވަތަ ކުށްތަކަށް ހުށަހެޅިފައިވާ ކުދިން އެކަމުން ސަލާމަތްކޮށް އިސްލާހުކުރުމަށާއި، ކުޑަކުދިން ކުށަށް އަރައިގަތުން ހުއްޓުވުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކުރެވޭ މަސައްކަތްތަކުގެ ދައުލަތުން ހިންގާ އެކި ޕްރޮގްރާމްތަކުގައި 160 އަށްވުރެ ގިނަ ކުދިން މިހާރުވެސް ދަނީ ބަލަހައްޓަމުންނެވެ. މިނޫސްވެރިންގެ ބައްދަލުވުމުގައި ދާޚީލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު ވަނީ ކުށުގެ މާޙައުލަށް ހުށައެޅޭ ކުދިން ރީހެބިލިޓޭޓްކުރުމަށް ހަދާ “ހޯޕް އައިލެންޑް” މަޝްރޫގެ ކުރިއަށް ގެންދިއުމަށް ކްރޮސް ސަބްސިޓީގެ އުސޫލުން އެމަސައްކަތަށް އިންވެސްޓްކުރާނެ ފަރާތެއް ހޯދިފައިވާކަމަށާއި، އެއާއެކު ހޯޕް އައިލެންޑްއެގެ އަމަލީ މަސައްކަތް އަންނަ ޖެނުއަރީ މަހު ފެށިގެންދާނެކަމަށެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
