
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެފައިވަނީ މިދިޔަ ނޮވެމްބަރު 15 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 509 ބިދޭސީން ޑީޕޯޓްކޮށްފައިވާ ކަމަށެވެ. އެނޫންގޮތަކަށް ބަލާއިރު މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ޖުމްލަ 9697 ބިދޭސީން ޑީޕޯޓްކޮށްފައިވެއެވެ. ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް “އޮޕަރޭޝަން ކުރަނގި” އެކި ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށްގެންދާކަމަށް ވަޒީރު ވިދާޅުވިއެވެ. ފުރަތަމަ ފިޔަވަހީގައި މާލެ ސަރަހައްދުގައި ދިރިއުޅޭ ބިދޭސީންގެ މަޢުލޫމާތު އެއްކުރިއިރު، ދެވަނަ ފިޔަވަހީގައި ރާއްޖޭގެ ހުރިހާ ރަށަކާއި ސިނާއީ ރަށްރަށާއި ރިސޯޓުތަކުގައި މަސައްކަތްކުރާ ބިދޭސީންގެ މަޢުލޫމާތު އެއްކުރެވުނެވެ. މިހާތަނަށް 202,000 ބިދޭސީންގެ 10 އިނގިލީގެ ނިޝާނާއި ފޭސް ރިކޮގްނިޝަން ނަގައި މަޢުލޫމާތު އެއްކޮށްފައިވެއެވެ.
މި މަސައްކަތުގެ ތިންވަނަ ފިޔަވަހި އަންނަ ޖެނުއަރީ މަހު ފަށާނެއެވެ. އެގޮތުން ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އޭޕްރީލް މަހާ ހަމައަށް، މިހާރު ފިންގަ ޕްރިންޓް ނަގާފައި ތިބި ނަމަވެސް ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ގަވާއިދުގެ ތެރެއަށް ވެއްދުމުގެ ބޮޑު މަސައްކަތެއް ކުރާނެއެވެ. މި މަރުހަލާގައި ރަސްމީ އެމްޕްލޯޔަރެއް ނެތް މީހުންނާއި ފިލައިގެން އުޅޭ ބިދޭސީންނަށް ސައްހަ ވޯކް ޕާމިޓް ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
އަންނަ އަހަރުގެ އޭޕްރީލް މަހުގެ 2 ވަނަ ދުވަހުން ފެށިގެން 2027 ވަނަ އަހަރުގެ މެއި މަހުގެ 1 ވަނަ ދުވަހާ ހަމައަށް، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހިފައި ހައްޔަރުކޮށް ޑީޕޯޓްކުރުމުގެ ޚާއްސަ މަސައްކަތެއް ފަށާނެއެވެ. މި މަސައްކަތް ނިމޭއިރު ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންނަކީ ކާކުކަން އެނގޭ، އެމީހަކަށް ޒިންމާވާނެ އެމްޕްލޯޔަރެއް ހުރެ، އެމީހަކު އެކަމަށް ޒިންމާކުރެވޭނެ ހުރިހާ މަޢުލޫމާތެއް ވަގުތުން ސިސްޓަމުން ބެލޭނެ ނިޒާމެއްގެ ތެރެއަށް ގެނެސް، ޖަވާބުދާރީވެވޭނެ ގޮތަކަށް ބިދޭސީންގެ ކަންކަން ބެހެއްޓުމަކީ މި މަސައްކަތުގެ މައިގަނޑު މަގުސަދެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
