
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިއަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި އެ ޕާޓީގެ ޓިކެޓުގައި ވާދަކުރާނެ ކެނޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީއަށް، %97 ދާއިރާއިން ކެނޑިޑޭޓުން ކުރިމަތިލާފައިވާ ކަމަށް ބުނެފިއެވެ. ޕީއެންސީން މި ފުރުޞަތު ހުޅުވާލީ މިމަހުގެ 1 ވަނަ ދުވަހުއެވެ.
ޕީއެންސީން ލަފާކުރާ ގޮތުގައި މިއީ ލޯކަލް ކައުންސިލް އިންތިޚާބެއްގައި އެއް ޕާޓީއަކުން އެންމެ ގިނަ ކެނޑިޑޭޓުން ވާދަކުރާ ފަހަރެވެ. ޕީއެންސީގެ ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން މެނޭޖަރު އަދި ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ ޕީޖީ ގްރޫޕް ލީޑަރު އިބްރާހީމް ފަލާޙް ވިދާޅުވީ، 2008 ވަނަ އަހަރުން ފެށިގެން މިހާތަނަށް މިހާ ގިނަ ކެނޑިޑޭޓުން ލޯކަލް ކައުންސިލް އިންތިޚާބަކަށް ކުރިމަތިލާފައި ނުވާ ކަމަށެވެ. ޕްރައިމަރީއަށް ހުޅުވާލި ދެ ހަފްތާގެ މުއްދަތުގައި ބޮޑު ތަރުހީބެއް ލިބިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ޕީއެންސީގެ ޕްރައިމަރީ މިމަހުގެ 27 ވަނަ ދުވަހު ހެނދުނު 9:00 އިން ހަވީރު 4:00 އަށް ބޭއްވުމަށް ވަނީ ތައްޔާރުވެފައެވެ. މިވަގުތު ކެނޑިޑޭޓުންގެ ޝަރުތުތައް ހަމަވޭތޯ ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އަވަހަށް އެކަން އިއުލާންކުރާނެ ކަމަށް ޕާޓީން ބުނެއެވެ. ޕާޓީގެ މެންބަރުންގެ އަދަދު މިހާރު 70,000 އަށް އަރާފައިވާއިރު، މި ޕްރައިމަރީއާ ގުޅިގެން މެންބަރުންގެ އަދަދު 75,000 އަށް އަރާނެ ކަމަށް ޕީއެންސީން ލަފާކުރެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
