
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރައްވާނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހިމެނޭގޮތަށް ހުރިހާ ފަންތިއެއްގެ ވިޔަފާރިއެއްވެސް ކުރިއެރުވުމަށް ކަމަށެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގެ މަޤްޞަދަކީ ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކާއި ޚިޔާލު ހޯއްދެވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ސަރުކާރުން ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ފަށާފައެވެ. މިގޮތުން، ދިވެހިންނަށް އެކަނި ވިޔަފާރި ކުރެވޭ ދާއިރާތަކުގެ ޢަދަދު 34 އަށް އިތުރުކޮށް، އެ ދާއިރާތަކުގައި ބިދޭސީން ހަރަކާތްތެރިވުން ހުއްޓުވުމަށް އިޤްތިޞާދީ އަދި ދާޚިލީ ވުޒާރާއިން ދަނީ މަސައްކަތް ކުރަމުންނެވެ. މިހާތަނަށް 30 އަށް ވުރެ ގިނަ ވިޔަފާރި ވަނީ ބަންދުކޮށްފައެވެ.
މީގެ އިތުރުން ވިޔަފާރިތަކުގެ އުފެއްދުންތައް ހިމާޔަތްކުރުމަށް ދެ ޤާނޫނަކަށް ޢަމަލުކުރަން ފަށާފައިވާއިރު، މީގެ ސަބަބުން ދިވެހިރާއްޖޭގެ ވިޔަފާރީގެ އުފެއްދުންތަކަށް ބައިނަލްއަޤްވާމީ ގޮތުންވެސް ހިމާޔަތް ލިބޭނެއެވެ. ބޭރުފައިސާގެ ދަތިކަން ހައްލުކުރުމަށް ބޭރުފައިސާގެ ޤާނޫނަށް ވަނީ އިސްލާހު ގެނެސްފައެވެ. މި ބަދަލާއެކު، ފަތުރުވެރިކަމުގެ ސިނާޢަތަށް ވަންނަ ބޭރުފައިސާގެ 20 އިންސައްތަ ބޭންކުތަކުން މާރުކުރާނެއެވެ. އަދި ވިޔަފާރިތަކަށް ބޭންކުތަކުން ދޫކުރާ ބޭރުފައިސާގެ ނިސްބަތް 50 އިންސައްތައަށް ވަނީ އިތުރުކޮށްފައެވެ.
ފަންނުވެރި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދެކެވެ. ޤައުމުގެ ޖީޑީޕީގެ 15 އިންސައްތަ ފަންނުވެރިކަމުގެ އިޤްތިޞާދުން ޙިއްސާކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި މަޤްޞަދުގައި މިހާތަނަށް ބޭއްވުނު އެންމެ ބޮޑު މަޢުރަޒު ކަމަށްވާ ޤައުމީ އުފެއްދުތެރިކަމުގެ މަޢުރަޒު ވަނީ މިއަހަރު ބާއްވާފައެވެ. މި މަސައްކަތްތަކާއެކު، 2040 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާގެ އަމާޒެކެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
