
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔޫކްރެއިންއާއި ރަޝިޔާއާ ދެމެދު ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާގެ އެހީތެރިކަމާއެކު ކުރަމުންދާ ޞުލްޙައިގެ މަޝްވަރާތަކަށް ޔޫކްރެއިންއާއި ވިލާތުގެ ޤައުމުތަކުން އެއްބާރުލުން ނުދޭނަމަ ރަޝިޔާއިން ޔޫކްރެއިންގެ އިތުރު ބިންތައް ހިފާނެ ކަމުގެ އިންޒާރު، ރަޝިޔާގެ ރައީސް ވްލަޑްމީރު ޕުޓިން ދެއްވައިފިއެވެ. އެމެރިކާއިން ވަނީ ރަޝިޔާއާއި ޔޫކްރެއިންއާއި ވިލާތުގެ ޤައުމުތަކުގެ އިސްވެރިންނާއެކު ހަނގުރާމައާ ގުޅޭގޮތުން ވަކިވަކިން މަޝްވަރާތައް ބާއްވައިފައެވެ. ނަމަވެސް މިހާތަނަށް އެއްބަސްވުމަކާ ހަމައަށް އާދެވިފައެއް ނުވެއެވެ. އެއްބަސްވުމަކާ ހަމައަށް ނާދެވޭ މައިގަނޑު ސަބަބުތަކަކީ ޔޫކްރެއިނުން ރަޝިޔާއަށް ބިން ދިނުމާއި ހުޅަނގުގެ ޤައުމުތަކުން ޔޫކްރެއިންއަށް ސަލާމަތީ ގެރެންޓީ ދިނުމާ ގުޅޭ ގޮތުން ޚިޔާލު ތަފާތުވުމެެވެ.
ޕުޓިން ވިދާޅުވީ ޔޫކްރެއިންގެ ހުރިހާ ދިމާލެއްގައި ވެސް ރަޝިޔާގެ ސިފައިން ޙަރަކާތްތެރިވެ ކުރިއަށް ދަމުންދާ ކަމަށާއި، ރަޝިޔާއިން ބޭނުންވާ ކަންކަން މަޝްވަރާގެ މަގުން ހާޞިލް ނުކުރެވޭ ނަމަ އަސްކަރީ ޙަރަކާތުގެ ތެރެއިން އެ ކަންކަން ހާޞިލް ކުރާނެ ކަމަށެވެ. ކްރައިމިއާއާއި ޔޫކްރެއިންގެ ދެކުނާއި އިރުމަތީގެ ބޮޑު ބައެއް ޔޫކްރެއިންގެ ގާތްގަނޑަކަށް 19 އިންސައްތަ މިހާރު އޮތީ ރަޝިޔާގެ ބާރުގެ ދަށުގައި ކަމަށް އެ ޤައުމުން ބުނެއެވެ. ނަަމަވެސް ޔޫކްރެއިންއާއި ބައިނަލްއަޤްވާމީ ދުނިޔެއިން އެއީ ރަޝިޔާގެ ބައެއް ކަަމަށް ޤަބޫލެއް ނުކުރެއެވެ. ރަޝިޔާގެ އުފެއްދުންތެރި ކަމުގެ ނިސްބަތުގެ 5.1 އިންސައްތަ މިހާރު ވެސް ހަނގުރާމައަށް ދަނީ ޚަރަދު ކުރަމުންނެވެ. ރަޝިޔާގެ ދިފާޢީ ވަޒީރު އަންދްރޭ ބެލޫސަވް ވިދާޅުވީ 2026ވަނަ އަހަރު އެ ޤައުމުން ޔޫކްރެއިންއަށް ދޭ ޙަމަލާތައް ފުޅާކޮށް އިތުރު ބިންތައް ހިފުމަށް ރާވާފައިވާ ކަމަށެވެ.
ވިލާތުގެ ޤައުމުތަކުގެ ވެރިން ބުނަމުން ދަނީ އެ ޤައުމުތަކުން ތިބީ ޔޫކްރެއިންއާ އެކުގައި ކަމަށެވެ. އަދި ޔޫކްރެއިންއަށް ޙަމަލާ ދިނުމަކީ އެ ކަމަކަށްޓަކައި ރަޝިޔާއަށް ހިތްވަރުދޭން ޖެހޭ ކަމެއް ނޫން ކަމަށް އެ ޤައުމުތަކުން ބުނެއެވެ. ޕުޓިން ވިދާޅުވީ އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑެންގެ ސަރުކާރުން ރަޝިޔާ ނައްތާލުމަށް މަސައްކަތް ކުރި ކަމަށެވެ. ހަމަ އެ ގޮތަށް، ހުޅަނގުގެ ސިޔާސީ ވެރިން ވެސް މަސައްކަތް ކުރަމުން ދަނީ ރަޝިޔާ ބަލިކަށިކޮށް ނައްތައިލުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ރަޝިޔާއިން ހުޅަނގުގެ ދިފާޢީ އިއްތިޙާދު، ނޭޓޯގެ މެންބަރު ޤައުމުތަކަށް ޙަމަލާ ދިނުން އެކަށީގެންވާ ކަމަށް ހުޅަނގުން ބުނަމުންދާ ބުނުމަކީ ހަޤީޤަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. އެ ފަދަ ވާހަކަތައް ދެެއްކުމުގެ ބޭނުމަކީ މީހުންގެ ހިތުގައި ބިރުވެރިކަން އުފެއްދުން ކަމަށް އޭނާ ވިދާޅުވިއެވެ.
ރަޝިޔާއިން ވަނީ ޞުލްޙަ ޤާއިމްކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއަޅަނީ ވިލާތުގެ ބާރުތަކުން ކަމަށް މީގެ ކުރިން ވެސް ތުހުމަތުކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
