
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި ވެރިކަން ކުރާ ޕަލަސްޓީނިޔަން އޮތޯރިޓީ (ޕީއޭ)ގެ އިތުރުން ސޫރިޔާގެ ސަރުކާރުން ދޫކޮށްފައިވާ ޕާސްޕޯޓު އޮތް މީހުން އެމެރިކާއަށް އެތެރެވުން މަނާކޮށްފިއެވެ. ފަލަސްޠީނާއި ސޫރިޔާގެ ރައްޔިތުން އެމެރިކާއަށް އެތެރެވުން މަނާ ކޮށްފައި ވަނީ ރައީސް ޑޮނަލްޑް ޓްރަމްޕް ސޮއިކުރެއްވި ރިޔާސީ ޤަރާރެއްގެ ދަށުންނެވެ. އެ ދެ ޤައުމުގެ އިތުރުން ޖުމުލަ ހަތް ޤައުމެއްގެ ރައްޔިތުން އެމެރިކާއަށް އެތެރެވުން މަނާ ކުރުމަށް ޓްރަމްޕް ވަނީ ނިންމަވާފައެވެ.
މި ނިންމުމަށް އަމަލު ކުރަން ފަށާނީ ޖަނަވަރީ މަހުގެ 1ވަނަ ދުވަހުއެވެ. ޓްރަމްޕްގެ ނިންމެވުމާ ގުޅޭ ގޮތުން ވައިޓް ހައުސުން ބުނީ، އެމެރިކާއަށް އެތެރެވުން މަނާކޮށްފައި ވަނީ، ޕާސްޕޯޓު ދޫކުރުމުގެ މިންގަނޑުތައް އެމެރިކާއިން ޤަބޫލު ކުރާ ފެންވަރަށް ނުފެތޭ ޤައުމުތަކުގެ ރައްޔިތުންނަށް ކަމުގައެވެ. މިއީ، އެމެރިކާގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެއްވުމުގެ ގޮތުން ޓްރަމްޕް އަޅުއްވާފައިވާ ފިޔަވަޅެއް ކަމުގައި ވެސް ވައިޓް ހައުސުން ބުންޏެވެ. ފަލަސްޠީނާއި ސޫރިޔާގެ އިތުރުން، އެމެރިކާއަށް އެތެރެވުން މަނާކޮށްފައިވާ ޤައުމުތަކުގެ ލިސްޓަށް ޓްރަމްޕް އިތުރު ކުރައްވާފައިވާ އިތުރު ޤައުމުތަކަކީ ބުރްކިނާ ފާސޯ، މާލީ، ނީޜިޔޭ އަދި ދެކުނު ސޫދާނެވެ. މީގެ އިތުރުން، ލާއޯސް އަދި ސިއެރެ ލިޔޯން ވެސް ޓްރަމްޕް ވަނީ އެ ލިސްޓަށް އިތުރު ކުރައްވާފައެވެ. މީގެ ކުރިން ވެސް، އެ ދެ ޤައުމުގެ ރައްޔިތުންނަށް އެމެރިކާއަށް ދަތުރު ކުރުމުގައި ހުރަސްތަކެއް އޮތީ ކުރިމަތި ކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
