
(ފޮޓޯ ކްރެޑިޓްސް: ކުޅިވަރާއިބެހޭ ވުޒާރާ)
މޮޅެތި ކުޅުންތެރިން އުފެއްދުމަކީ ސަރުކާރުގެ ކުޅިވަރު ދާއިރާގެ އެންމެ އިސްކަންދޭ އެއް ކަންތައް ކަމަށާއި، ވަސީލަތްތައް ގާއިމުކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ މުހިންމު ވައުދުފުޅެއް ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ކުޅިވަރު ވުޒާރާއާއި ޅ. އޮޅުވެލިފުށީ ކައުންސިލު ގުޅިގެން އޮޅުވެލިފުށީ ގައި ގާއިމުކުރި ޒަމާނީ ފެންވަރުގެ އައުޓްޑޯ ވޮލީ ކޯޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ. ވަޒީރު ވިދާޅުވީ މިފަދަ ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރެއްވުމަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ވައުދުފުޅެއް ކަމަށާއި، އެކި ގޮތްގޮތުން އެކި ކުޅިވަރުތަކަށް އެކި ރަށްރަށުގައި މިދަނީ ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރައްވަމުން ކަމަށެވެ. މީގެ ބޭނުމަކީ ރާއްޖޭގައި މޮޅެތި ކުޅުންތެރިން އުފެއްދުމާއި ދުޅަހެޔޮ ސިއްހަތެއްގައި ކުދިބޮޑު އެންމެހާ ރައްޔިތުން ބޭތިއްބުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
“މޮޅެތި ކުޅުންތެރިން އުފެއްދުމަކީ އަޅުގަނޑުމެންގެ އެންމެ މުހިންމު މެންޑޭޓު. އޮޅުވެލިފުއްޓަކީ ވޮލީގައި އަޅުގަނޑުމެންގެ ނޭޝަނަލް ޓީމުގައި ފާހަގަކުރެވޭ ކުޅުންތެރިން އުފައްދާފައި އަދި އުފެދިފައިވާ ރަށެއް. އެހެންވީމަ މިކަހަލަ ވަސީލަތްތަކެއް ނުވަތަ ހާއްސަކޮށް އެ ރަށަކަށް އެންމެ މުހިންމު ވަސީލަތްތައް ގާއިމުކުރުމަކީ ވަރަށް މުހިންމު ކަމެއް” ކަމަށް ވަޒީރު ވިދާޅުވިއެވެ. ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ޒަމާނީ ފެންވަރުގެ އައު ވޮލީ ކޯޓެއް އޮޅުވެލިފުށީގައި ގާއިމުކުރެވިގެން ދިޔައީ، މިދިޔަ އަހަރު ބަޖެޓު ކުރެވިފައިނެތަސް މިނިސްޓްރީގެ ސްޕޯޓްސް ބަޖެޓުގެ ތެރެއިން ފައިސާ ހަރަދުކުރާގޮތަށް ހަމަޖެހި ކައުންސިލުގެ އެއްބާރުލުމާއެކުގައި ކަމަށް ވަޒީރު ވިދާޅުވިއެވެ. ކުޅިވަރު ވަޒީރު ރާފިޢު ވިދާޅުވީ މިއީ އޮޅުވެލިފުށީ ކައުންސިލާއި ކުޅިވަރު ވުޒާރާ ގުޅިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރެވުނު ކޯޓެއް ކަމަށެވެ. އަދި ކުރު މުއްދަތެއްގެ ތެރޭގައި މި މަސައްކަތް މިހާ ފުރިހަމަކޮށް ނިންމަވާދެއްވީތީ އޮޅުވެލިފުށީ ކައުންސިލާއި ކުރެންދޫ ދާއިރާގެ މެންބަރަށް ޝުކުރު އަދާ ކުރައްވާކަމަށެވެ.
ވަޒީރު ވަނީ މި ވޮލީ ކޯޓު ރަސްމީކޮށް ހުޅުއްވާދެއްވުމުގެ ގޮތުން ފުރަތަމަ ސާވިސް ކޮށްދެއްވާފައެވެ. އަދި ރޭ ބޭއްވި ހާއްސަ ވޮލީ މެޗު ޝަރަފުވެރިކޮށްދެއްވާ އެ މެޗު ބައްލަވާލައްވާފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
