
(ފޮޓޯ ކްރެޑިޓްސް: ކުޅިވަރާއިބެހޭ ވުޒާރާ)
ޅ. އޮޅުވެލިފުށީގައި އަލަށް ތަރައްޤީކުރި ޒަމާނީ ފެންވަރުގެ އައުޓްޑޯ ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފިއެވެ. އޮޅުވެލިފުށީ ވޮލީ ކޯޓު ހުޅުއްވާދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާއިބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއާއި ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާމިން ހަބީބާއި އޮޅުވެލިފުށީ ކައުންސިލުގެ މެންބަރުންނެވެ. މި ވޮލީ ކޯޓަކީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާއިން ރައްޔިތުންގެ މަޖިލީހުގެ ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާމިން ހަބީބު އަދި އޮޅުވެލިފުށީ ކައުންސިލުގެ އެހީތެރިކަމާއެކު ނިންމާފައިވާ ކޯޓެއް ކަމަށް ކުޅިވަރާއި ބެހޭ ވުޒާރާއިން މައުލޫމާތުދެއްވައެވެ.
ޒަމާނީ ފެންވަރަށް ޓާފު އަޅައިގެން ތަރައްޤީކުރި މި ވޮލީ ކޯޓަކީ ދުވާލާއި ރޭގަނޑުވެސް ބޭނުން ކުރެވޭގޮތަށް ލައިޓްހަރުކޮށް، ފެންސް ޖަހާ ވަށާފާރު ރާނާ ނިންމާ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ހުރިހާ ކަމެއް ފުރިހަމަކޮށްފައިވާ ކޯޓެކެވެ. އޮޅުވެލިފުށީ ކައުންސިލުން ވިދާޅުވީ މިއީ އެރަށުގައި ގާއިމުކުރި ފުރަތަމަ ރަސްމީ ވޮލީކޯޓު ކަމަށެވެ. އަދި މި ވޮލީ ކޯޓުގެ މަސައްކަތް ފުރިހަމަކޮށްދެއްވުމުގައި ކައުންސިލާއި ކުޅިވަރު ވުޒާރާއާއި އެދާއިރާގެ މަޖިލީސް މެންބަރު ކޮށްދެއްވި މަސައްކަތް ފާހަގަކޮށް ކައުންސިލުން ވަނީ ޝުކުރު އަދާކުރައްވާފައެވެ.
އޮޅުވެލިފުށީ ކައުންސިލުން ވިދާޅުވީ އުންމީދަކީ އެރަށުގައި ވޮލީ ކުރިއަރާ މޮޅެތި ކުޅުންތެރިން އުފެދިގެން އައުން ކަމަށެވެ. އޮޅުވެލިފުށީ ވޮލީކޯޓު ހުޅުވުމަށްފަހު ރޭ ވަނީ ހާއްސަ މެޗެއް ކުޅެފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
