
އަންނަ އަހަރު އެމެރިކާގައި ބާއްވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރާ ގައުމަކަށް އިނާމެއްގެ ގޮތުގައި 50 މިލިއަން ޑޮލަރު ދެން ފީފާއިން ނިންމައިފި އެވެ. ގަރަތުގެ ވެރިރަށް ދޯހާގައި ބޭއްވި ފީފާ އެކްސްކޯ ބައްދަލުވުމުގައި މި ގޮތަށް ނިންމީ މުބާރާތުގައި ވާދަކުރާ ޓީމުތަކަށް 727 މިލިއަން ޑޮލަރު ދޭން ނިންމުމަށްފަހު އެވެ. މި ފައިސާގެ ތެރެއިން 655 މިލިއަން ޑޮލަރު ދޭނީ ޓީމުތަކުން މުބާރާތުގައި ދައްކާ ކުޅުމަށް ބަލާފަ އެވެ. މި ގޮތުން ގްރޫޕް ސްޓޭޖުން ކަޓާ ކޮންމެ ޓީމަކަށް ވެސް ނުވަ މިލިއަން ޑޮލަރު ދޭނެ އެވެ. އަދި ކުއާޓާ ފައިނަލާ ހިސާބުން މުބާރާތުން ވަކިވެންދާ ޓީމުތަކަށް 33 މިލިއަން ޑޮލަރު ވަނީ ކަނޑައަޅާފަ އެވެ. އެންމެ ފަހުން 2022 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރި އާޖެންޓީނާގެ ޓީމަށް އިނާމެއްގެ ގޮތުން ލިބުނީ 42 މިލިއަން ޑޮލަރެވެ. އޭގެ ކުރިން 2018 ވަނަ އަހަރު ބޭއްވި މުބާރާތް ކާމިޔާބު ކުރި ފްރާންސަށް އިނާމެއްގެ ގޮތުގައި ލިބުނީ 38 މިލިއަން ޑޮލަރެވެ.
ފީފާއިން މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމަށް އިނާމް ދޭކަން ރަސްމީކޮށް އިއުލާނުކުރީ 1982 ވަނަ އަހަރު އެވެ، އެ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރި އިޓަލީގެ ޓީމަށް ދީފައިވަނީ 2.2 މިލިއަން ޑޮލަރެވެ. އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާ ގުޅިގެން އަންނަ އަހަރު ބާއްވާ މުބާރާތް ހުޅުވައިދޭނީ ޖޫން 11 ވަނަ ދުވަހު މެކްސިކޯ އާއި ދެކުނު ކޮރެޔާ ބައްދަލުކުރާ މެޗުންނެވެ. ވޯލްޑް ކަޕުގެ އިނާމް ފައިސާ ކަނޑައަޅާފައިވާއިރު މުބާރާތުގެ ޓިކެޓް އަގުބޮޑުވުމުގެ މައްސަލަ ވަނީ ވަރަށް ބޮޑުވެފަ އެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
