
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ވިމެންސް ކާވާ ކަޕްގައި ވާދަކުރާ ރާއްޖޭގެ ސީނިއަރ އަންހެން ޓީމުގެ ކުޅުންތެރިން ތިބީ މިދިޔަ އަހަރުގެ މުބާރާތުގައި ފައިނަލްގައި ކުޅެ ގޯލްޑް މެޑަލް ނުލިބުމުން މި އަހަރު އެކަން ބަދަލުކުރަން އަޒުމު ކަނޑައަޅައިގެން ކަމަށް ގައުމީ އަންހެން ވޮލީ ޓީމުގެ ކޯޗު މުޙައްމަދު ނަދީމު ބުނެފިއެވެ. ދެމަހެއްހާ ދުވަހުގެ ފަރިތަކުރުންތަކަށްފަހު ޕޫލުގެ ކުޅުންތެރިންގެ ތެރެއިން 14 ކުޅުންތެރިން ނަގައިގެން ކާވާ ކަޕް 2025 އަށް ތައްޔާރުވި ޓީމުން ފެނުނީ އާދަޔާ ހިލާފު ހިތްވަރަކާއި މަސައްކަތުގެ ރޫހެއް ކަމަށް ކޯޗު ފާހަގަކުރިއެވެ. އެހެންކަމުން މިއަހަރު އުންމީދަކީ ރާއްޖޭގެ ރައްޔިތުން މި ބޭނުންވާ ގޯލްޑް މެޑަލްކަމަށާއި، އެވަރަށް ކުޅުންތެރިން މަސައްކަތް ކުރާނެ ކަމަށް ނަދީމު ބުންޏެވެ. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން 7 ދުވަހުގެ ޓްރޭނިން ކޭމްޕެއް ތައިލޭންޑްގައި ބޭއްވިކަން ފާހަގަކޮށް ކޯޗު ބުނީ އެ ކޭމްޕުން ވަރަށް ބޮޑެތި ފައިދާތަކެއް ކޮށްފި ކަމަށެވެ. އެގޮތުން މެޗު އެކްސްޕީރިއަންސާއި މޮޅެތި ޓީމުތަކާއެކު ދިމާވާ ކަންތައްތައް ރަނގަޅު ކުރަން ދަސްކޮށްފައިވާ ކަމަށެވެ.
މުބާރާތުގައި ރާއްޖެ ވާދަކުރަނީ ވަރަށް ވަރުގަދަ ގައުމުތަކާއި ކަމަށާއި، އެހެންނަމަވެސް މޮޅުވުމުގެ ރޫހާއި އެ އަޒުމު ޓީމުގެ ހުރިހާ ކުޅުންތެރިންގެ ހުރިކަން ފާހަގަކޯށް ކޯޗު ބުނީ ކޮންމެ ޓީމަކާއިވެސް ވާދަކުރެވޭވަރަށް ކުޅުންތެރިން ތިބީ ތައްޔާރުވެފައި ކަމަށެވެ. ސަޕޯޓަރުންނަކީ ކުޅިވަރުގައި އެންމެ މުހިންމު ބައި ކަމަށާއި، މިދިޔަ އަހަރުތަކުގައި ވޮލީގައި ސަޕޯޓަރުންގެ މުހިންމުކަން ސަޕޯޓަރުން ވަނީ ސާބިތުކޮށްދީފައި ކަމަށްވެސް ކޯޗު ފާހަގަކުރިއެވެ. ސަޕޯޓަރުންގެ ސަބަބުން ކުޅުންތެރިންނަށް ކުރިއެރުން ލިބުނުކަމަށާއި، އެހެންކަމުން މިދިޔަ އަހަރުތަކަށްވުރެވެސް އިތުރަށް މިއަހަރު ސަޕޯޓަރުން މެޗުތަކަށް އައިސް ސަޕޯޓު ކޮށްދިނުމަށް ގައުމީ ޓީމުގެ ކޯޗު ވަނީ އެދިފައެވެ.
ރާއްޖޭގެ ގައުމީ ސީނިއަރ އަންހެން ވޮލީ ޓީމުގެ އެސިސްޓެންޓް ކޯޗަކީ އައިމިނަތު ޒީނާ އަދި ފަތުހުالله ވަހީދެވެ. ޓީމުގެ މެނޭޖަރަކީ އިބްރާހިމް ނާފިއު މޫސާއެވެ. ޓީމުގެ ކެޕްޓަނަކީ ހައްވާ ރާޝިދާއެވެ. ވައިސް ކެޕްޓަނަކީ ފާތިމަތު ޖޫޒާން ޒަރީރުއެވެ. ވިމެންސް ކާވާ ކަޕް 2025 ގައި ރާއްޖޭގެ ގައުމީ ޓީމު އެންމެ ފުރަތަމަ ނިކުންނާނީ ބަނގްލަދޭޝްއާއި ދެކޮޅަށެވެ. މިދިޔަ އަހަރު ރާއްޖެ ވަނީ ފައިނަލާ ހަމައަށް ދަތުރުކޮށް މުބާރާތުގެ ދެވަނަ ހޯދާފައެވެ. މިއަހަރުގެ މުބާރާތުގައި ވާދަކުރާ ގައުމުތަކަކީ ދިވެހިރާއްޖެ، ބަނގްލަދޭޝް، އަފްޣާނިސްތާން، ކިރްގިސްތާނު، އަދި ތުރުކުމެނިސްތާނެވެ. މުބާރާތުގެ މެޗުތައް އޮންނާނީ ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
