
(ފޮޓޯ ކްރެޑިޓްސް:ޕީއެސްއެމް ނިއުސް)
މިމަހުގެ 20-25 އަށް މާލޭގައި ބާއްވާ ވިމެންސް ކާވާ ކަޕް 2025 ގައި ރާއްޖޭގެ ގައުމީ އަންހެން ޓީމަށް މިފަހަރު ތަށި ހޯދޭނެ ކަމުގެ ޔަގީންކަން މިއަދު އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. ކާވާ ކަޕްގައި ވާދަކުރާ ރާއްޖޭގެ ސީނިއަރ އަންހެން ޓީމަށް ޖޯޒީ ހަވާލުކުރުމަށް ސޯޝަލް ސެންޓަރުގެ ހަރުގޭގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ކުޅުންތެރިންނާ ޖޯޒީ ހަވާލުކޮށްދެއްވުމަށްފަހު ނައިބު ރައީސް ވިދާޅުވީ މިދިޔަ އަހަރުގެ މުބާރާތުގެ ގިނަ މެޗުތަކެއް ބެއްލެވުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ކަމަށާއި، އޭރު ދިވެހި ޓީމުން ދެއްކި ހިތްވަރު ގަދަ ކުޅުމުން އުންމީދެއް ފެނިގެން ދިޔަކަމަށެވެ.
އެގޮތުން މިއަހަރު ގައުމީ އަންހެން ޓީމުން ތަށި ހޯދާނެކަމުގެ ޔަގީންކަން ލިބިވަޑައިގެންނެވި ކަމަށާއި، އެކަމަށް ހުރިހާ ކުޅުންތެރިންވެސް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. “ގައުމީ ޓީމުގެ ފަރާތުން އަޅުގަނޑުމެން ދެކެން ބޭނުންވަނީ އުންމީދުތަކެއް ނޫނޭ. ކާމިޔާބު ތައްޓެއް އަޅުގަނޑުމެންނާ ހަމައަށް ފޯރުކޮށްދިނުން. މިއީ މިއަދު ދިވެހިން އެދޭ އެދުމަކީ ތިޔަ ކުޅުންތެރިންގެ ފަރާތުން. އަޅުގަނޑަށް ހަމަ ޔަގީންކަން އެބައޮތް މި ކުޅިވަރު ކުރިއެރުވުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތަކަށް ރައީސުލްޖުމްހޫރިއްޔާ އެ ގެންދަވަނީ ވިއޭއެމަށް ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދެއްވަމުން” ނައިބު ރައީސް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް؛ ޕީއެސްއެމް ނިއުސް)
ނައިބު ރައީސް ވިދާޅުވީ ރާއްޖޭގައި ވޮލީބޯޅަ ކުރިއެރުވުމަށާއި، އިތުރު ކުޅުންތެރިން ޝައުގުވެރިކުރުވާ، ހުނަރުވެރި ކުޅުންތެރިން ހޯދުމަށްޓަކައި އެކި ކަންކޮޅުތަކުގައި މީގެ ކުރިން ދުވަހަކުވެސް ވޮލީ ކޯޓުތައް ނޭޅޭ ފެންވަރަށް ކޯޓުތައް އެޅެމުގެ މަސައްކަތް ކުރައްވާކަމަށާއި ކުޅުންތެރިން އުފެއްދުމަށްޓަކައި ކުޅިވަރާއި ބެހޭ ވުޒާރާއިން މަސައްކަތް ކުރައްވަމުން ގެންދަވާކަން ވަނީ ފާހަގަކުރައްވާފައެވެ. “މީގެ ނަތީޖާ އިރާދުކުރެއްވިއްޔާ ފޮނިވާނެ. އެކަން ދަމަހައްޓާ ނަމޫނާ ބަޔަކަށްވާން ތިބީ ގައުމީ ޓީމުގެ ކުޅުންތެރިން” ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
އެހެންކަމުން ކާވާ މުބާރާތަކީ ގައުމީ ޓީމަށް ވަރަށް މުހިންމު ފުރުސަތެއް ކަމަށާއި، ކޮންމެ ކުޅުންތެރިއެއްގެ ފަރާތުންވެސް ދިވެހި ފަސްގަނޑުގައި ދިވެހިން ސަޕޯޓަރުންގެ ކުރިމަތީގައި ފެނިގެންދާނެ ކަމަށް އުންމީދު ކުރައްވާކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. ރައްޔިތުންނަށްވެސް ދެއްވަން ބޭނުންވާ މެސެޖަކީ ދިވެހި ޓީމަށް ސަޕޯޓުކޮށްދެއްވުމަށް ވަޑައިގެންދެއްވުން ކަމަށާއި، ޓީމަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. ވިމެންސް ކާވާ ކަޕް 2025 ގައި ރާއްޖޭގެ ގައުމީ ޓީމު އެންމެ ފުރަތަމަ ނިކުންނާނީ ބަނގްލަދޭޝްއާއި ދެކޮޅަށެވެ. މިދިޔަ އަހަރު ރާއްޖެ ވަނީ ފައިނަލާ ހަމައަށް ދަތުރުކޮށް މުބާރާތުގެ ދެވަނަ ހޯދާފައެވެ. މިއަހަރުގެ މުބާރާތުގައި ވާދަކުރާ ގައުމުތަކަކީ ދިވެހިރާއްޖެ، ބަނގްލަދޭޝް، އަފްޣާނިސްތާން، ކިރްގިސްތާނު، އަދި ތުރުކުމެނިސްތާނެވެ. މުބާރާތުގެ މެޗުތައް އޮންނާނީ ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
