
އެމެރިކާގެ މޭޖަރ ލީގުގެ ކްލަބް އިންޓަރ މަޔާމީގެ ފޯވަޑް ލުއިސް ސުއަރޭޒް އެ ކްލަބާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފި އެވެ.އުމުރުން 38 އަހަރުގެ އުރުގުއޭއަށް އުފަން ލުއިސް ސުއަރޭޒް މަޔާމީ އާއިއެކު ހަދާފައިވާ އެއްބަސްވުން އައު ކޮށްފައިވަނީ ކުރިއަށް އޮތް ސީޒަނުގެ ނިޔަލަށެވެ. އެހެންކަމުން މިއީ 2023 ވަނަ އަހަރު ސްޕެއިންގެ ބާސެލޯނާ އިން ލުއިސް ސުއަރޭޒް އިންޓަރ މަޔާމީ އާއި ގުޅުނު ފަހުން އޭނާގެ ކޮންޓްރެކްޓް އައު ކުރާ ތިންވަނަ ފަހަރެވެ. ސުއަރޭޒް އާއިއެކު ބާސެލޯނާގައި ގިނަ އަހަރުތަކެއް ހޭދަކުރި އާޖެންޓީނާގެ ލިއޮނެލް މެސީވެސް ކުޅެމުންދާ އިންޓަރ މަޔާމީ އާއިއެކު ސުއަރޭޒް ވަނީ ނިމިގެންދިޔަ ސީޒަނުގައި އެމްއެލްއެސް ކަޕްގެ އިތުރުން އީސްޓަރން ކޮންފަރެންސްގެ ޗެމްޕިއަންކަން ހޯދާފަ އެވެ.
ސުއަރޭޒް ވަނީ 2025 ވަނަ އަހަރު އިންޓަރ މަޔާމީ އަށް ކުޅެދިން 50 މެޗުގައި 17 ލަނޑު ޖަހާ 17 ލަނޑު ޖަހަން ފުރުސަތު ތަނަވަސް ކޮށްދީފަ އެވެ. ފާއިތުވެދިޔަ ދެ ސީޒަނުގައި ސުއަރޭޒް ވަނީ އިންޓަރ މަޔާމީ އަށް ޖުމްލަ 42 ލަނޑު ޖަހާ އެ ކްލަބަށް އެންމެ ގިނައިން ލަނޑު ޖަހައިދިން ދެވަނަ ކުޅުންތެރިޔާގެ މަގާމް ހޯދާފަ އެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
