
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ދާއިމީ ބައްޔަށް ފަރުވާކުރާ ފަރާތްތަކަށް ޕެންޝަން ފައިސާ އެއްކޮށް ނެގޭ ގޮތް ހައްދަވައި ދެއްވާނެ ކަަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މާލޭ، ގަލޮޅުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޕެންޝަންގެ ފައިސާ ބޭނުން ކުރުމަށް އިތުރު ފުރުސަތުތައް ބޭނުން ކުރޭވެނެ ގޮތް ހަމަޖައްސަވައި ދެއްވާނެ ކަމަށެވެ. އޭގެ ތެރެއިން މިހާރު ވެސް ހައުސިންގެ ބައެއްް ކަންކަމަށް ބޭނުން ކުރަން ފެށިގައިވާ ކަމަށް ރައީސް ވިދާޅުވިއެެވެ.
ރައީސް ވިދާޅުވީ، އިތުރު ބައެއް ކަންކަން ހިމަނައިގެން ޕެންޝަންގެ ގާނޫނު އަނެއްކާ ވެސް އިސްލާހުކުރަން ފޮނުވަން އުޅޭ ކަމަށެވެ. “ޓާމިނަލް އިލްނެސް އެއްގައި އުޅޭ ފަރާތަކަށް ވިއްޔާ އެ ބޭފުޅެއްގެ ޕެންޝަން އެއްކޮށް ނެގޭ ކަހަލަ ގޮތަކަށް ހެދުމާއި މިކަހަލަ ބައެއް ކަންކަން އަދި ހައުސިންގައި ދެވޭ ފުރުސަތުގެ އިތުރަށް ހައުސިން އާއި ގުޅޭ އިތުރު ކަންކަން ހިމެނޭހެން މިކަހަލަ އެތައް ކަމެއް އިތުރު ފުރުސަތު ހިމެނޭހެން ޕެންޝަން ގާނޫނު އިސްލާހު ކުރަން ދާދި އަވަހަށް އެބަ ފޮނުވަން މަޖިލީހަށް،” ރައީސް ވިދާޅުވިއެވެ.
އެގޮތުން ގިނަ ފަރާތްތަކަށް މިހާރަށް ވުރެއް ގިނަ ފުރުސަތު ޕެންޝަންގެ ތެރެއިން ފުރުސަތު ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
