
(ފޮޓޯ ކްރެޑިޓްްސް: ވަގުތު)
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ ސަރުކާރުން އެކި ކުންފުނިތަކާ ތަރައްގީގެ މަޝްރޫއުތައް ހަވާލުކޮށްފައިވަނީ ގާނޫނާއި ގަވައިދާ އެއްގޮތަށް ކަމަށެވެ. މާލިއްޔަތު ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިންތޯ ގަލޮޅު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، މަސައްކަތް ހަވާލުކުރިއިރު ގެރެންޓީއަކާ ނުލައި އެޑްވާންސް ޕޭމަންޓް ނުދޭނެ ކަމަށާއި، ޕްރޮގްރެސް ޕޭމަންޓް ދެވޭނީ ވެސް މަސައްކަތް ކުރީމާ ކަމަށެވެ.
އެގޮތުން، ގާނޫނާއި ގަވައިދާ ހިލާފަށް އެއްވެސް ފަރާތަކާ ކަމެއް ހަވާލުނުކުރާނެ ކަމަށް ރައީސް ޔަގީންކަން ދެއްވިއެވެ. މިދިޔަ ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހު ނުވަ ދާއިރާއަކުން 206 ތަރައްގީގެ މަޝްރޫއު (2.7 ބިލިއަން ރުފިޔާގެ) ދިވެހި އަމިއްލަ ކުންފުނިތަކާ ހަވާލުކުރިއިރު، އެ މަޝްރޫއުތައް ހިންގަނީ 123 ރަށެއްގައެވެ. މި މަޝްރޫއުތަކުގެ ތެރޭގައި ބޯހިޔާވަހިކަމާއި، ތައުލީމީ، ސިއްހީ، ކުނި މެނޭޖްކުރުން، ކުޅިވަރު، ފުލުހުންގެ އިންފްރާސްޓްރަކްޗާ، މިސްކިތްތައް އަދި އެހެނިހެން މުޖުތަމައުގެ ވަސީލަތްތައް ހިމެނެއެވެ. ބީއެމްއެލްއިން ވެސް ވިދާޅުވެފައިވަނީ މި މަޝްރޫއުތަކަށް ލޯނު ދޫކުރުމުގައި ގަވައިދާ ހިލާފަށް އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
