
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
އދ. މާމިގިލީ، ބުރުމާ ކުޑަ މޫސަގެ މުހައްމަދު މޫސާ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި މާލެ ސަރަހައްދުން ބޯހިޔާވަހިކަމެއް ދެއްވުމަށް ވަރަށް އާދޭހާއެކު އެދިވަޑައިގެންފިއެވެ. ގަލޮޅު ރައްޔިތުންނާ ރައީސް ބައްދަލުކުރެއްވި ޖަލްސާގައި މުހައްމަދު މޫސާ ކަރުނައަޅުއްވައި ހާލު ބަޔާންކުރެއްވިއިރު، އޭނާ މާލޭގައި ދިރިއުޅޭތާ 40 އަހަރުވެއްޖެ ކަމަށް ވިދާޅުވިއެވެ.
އޭނާގެ ފުރަތަމަ ދަރިފުޅު ނުކުޅެދޭ ކުއްޖަކަށްވުމުން، ބޭސްފަރުވާއަށް ލަންކާއަށް ދިޔުމަށް މުދާ ވިއްކައި، ސަލާންޖަހައިގެން ފައިސާ ހޯދަން ޖެހުނު ކަމަށް ވިދާޅުވިއެވެ. މި ދަތުރުތަކުގެ ސަބަބުން، ހުޅުމާލެއިން ލިބުނު ގޯއްޗަކަށް ފައިސާ ނުދެއްކި، އެޗްޑީސީން އެއްބާރުލުން ނުދިނުމުގެ ސަބަބުން ގޯތި ގެއްލިގެން ދިޔަ ކަމަށް މުހައްމަދު މޫސާ ހިތާމަފާޅުކުރެއްވިއެވެ. މިހާރު ހަތް ދަރިންނާއި ކާފަ ދަރިންނާ އެކު ޖުމްލަ 11 މީހުންނާއެކު މަގުމަތީގައި ދުވަން ޖެހިފައިވާ ކަމަށް ވިދާޅުވަމުން، އޭނާއަށް ނުވަތަ އޭނާގެ ދަރިންނަށް މާލެ ސަރަހައްދުން މިހާތަނަށް އެއްވެސް ބޯހިޔާވަހިކަމެއް ލިބިފައިނުވާ ކަން ފާހަގަކުރެއްވިއެވެ. ސަރުކާރަށް 16 އަހަރު ހިދުމަތްކޮށްފައިވާއިރު، ސަރުކާރުގެ ދަފްތަރުގައި 40 އަހަރުވެފައިވާ މީހަކަށް ވެސް އުޅޭނެ ތަނެއް ނެތްކަން މުހައްމަދު މޫސާ ފާހަގަކުރެއްވިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
