
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ސިނަމާލެއާއި މާލެ ހިޔާ ފްލެޓްތަކުގެ ކުލީގެ ޖޫރިމަނާ، އެމަނިކުފާނު މާލެ ސިޓީގެ މޭޔަރަކަށް ހުންނެވިއިރު މައާފްކޮށްދެއްވާފައިވާނެ ކަމަށެވެ. ގަލޮޅުގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައީސް މިހެން ވިދާޅުވީ، ސިޓީ ކައުންސިލުން ޖޫރިމަނާ ދެއްކުމަށް އަންގާފައިވާތީ ރައްޔިތުން ކަންބޮޑުވުން ފާޅުކުރުމުންނެވެ.
އެމަނިކުފާނު ވިދާޅުވީ އެ ޖޫރިމަނާތައް ކެންސަލްކޮށްފައިވާނެ ކަމަށާއި، އެގޮތަށް އެކަން ސިޓީ ކައުންސިލުން ކޮށްގެން ނުވާނެ ކަމަށެވެ. އަދި ޑެޕިއުޓީ މޭޔަރު އަރިހުން ކައުންސިލްގެ ފްލޯއަށް މިކަން ގެންގޮސް، އޭރު ނިންމި ނިންމުން ތަންފީޒުކުރުމަށް އެދިލެއްވިއެވެ. ސިނަމާލެ ފްލެޓްތަކުގެ މައްސަލަތައް ފާހަގަކުރުމުން ރައީސް ވިދާޅުވީ، ކައުންސިލުން އެތަންތަން ބަލަހައްޓަން ޖެހޭނެ ކަމަށާއި، ސަރުކާރުން މިކަމުގެ ތެރެއަށް ވަދެ، އެންމެ ރަނގަޅު ގޮތް ހޯއްދަވާނެ ކަމަށެވެ. އަދި މި މައްސަލައަށް ޖުމްލަ ގޮތެއްގައި ހައްލެއް ގެނެސްދެއްވައި، ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާކުރެއްވުމަށްފަހު ރަނގަޅު ޖަވާބެއް ދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“ޢާއްމު ޞިއްޙަތުގެ ރައްކާތެރިކަމަށް ލޭ ހަދިޔާ ކުރުން މުހިއްމު”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، އަމިއްލައަށް އިސްނަގައިގެން...
އަތޮޅުތަކުގެ ސިއްޙީ ޚިދުމަތް ހަރުދަނާކުރުމުގެ ނަތީޖާ: ތިނަދޫގައި ފުރަތަމަ ފަހަރަށް ރަހިމުގެ ބޮޑު އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ނިންމާލައިފި
(ފޮޓޯ ކްރެޑިޓްސް: ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލް) ގދ. ތިނަދޫ ސިޓީގެ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ކާމިޔާބު ލެޕަރޮސްކޯޕިކް...
ކަނޑުމަގުން މުދާ ފޮނުވަން ކްލިއަރެންސަށް 10 ދުވަސް
ކަނޑުމަގުން ރާއްޖެއިން ބޭރަށް މުދާ ފޮނުވުމުގެ ކްލިއަރެންސް މަރުހަލާތަކަށް އެވްރެޖްކޮށް 10 ދުވަހަށްވުރެ ގިނަ ވަގުތު ހޭދަވާކަން މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ "ޓައިމް ރިލީޒް...
އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗަރ ޓެކްސް %21 އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހު އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އާއި ޑިޕާޗާ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ، މިދިޔަ...
ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަކަށް އީލޯން މަސްކް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ސްޕޭސްއެކްސް ކުންފުނީގެ ޙިއްޞާގެ އަގު ބޮޑުތަނުން އުފުލުމާ ގުޅިގެން، ދުނިޔޭގެ އެންމެ ފުރަތަމަ ޓްރިލިއަނަރުގެ މަޤާމު އެ ކުންފުނީގެ ބާނީ...
ކެނެޑާއިން އިތުރު 100 މިލިޔަން ޑޮލަރު ފަލަސްޠީނަށް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ޔަހޫދީންގެ އިސްތިޢުމާރުގެ ދަށުގައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށް ކެނެޑާއިން އިތުރު 100 މިލިޔަން އެމެރިކާ ޑޮލަރު...
