
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މިސަރުކާރުން ބޯހިޔާވަހިކަމުގެ ފްލެޓްތަކުގެ ޕޮއިންޓް ބަދަލުނުކުރާނެ ކަމަށެވެ. މާލޭ، ގަލޮޅު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ބޯހިޔާވަހިކަމަކީ ވަރަށް މުހިންމު އަދި ގިނަ ބަޔަކު ހާލުގައި އުޅެމުންދާތީ، އިމޯޝަނަލްވާނެ ކަމެއް ކަމަށެވެ.
ފްލެޓްތަކުގެ ޕޮއިންޓް ބަދަލުކުރި ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވައި ރައީސް ވިދާޅުވީ، ފަހުން އެފްޑީސީ ފްލެޓް ދިން އިރުވެސް، ކުރީ ސަރުކާރުގެ އުސޫލުތަކާ އެއްގޮތަށް 76 އިން މަތި ނުވަތަ 75 އިން މަތީގެ ޕޮއިންޓްތަކަށް އެއްވެސް ބަދަލެއް ނުގެނެސް ފްލެޓް ދީފައިވާ ކަމަށެވެ. މީގެ އިތުރުން ރައީސް ވިދާޅުވީ، މައިމުޅަވެފައިވާ ފަރާތްތަކަކީ މީގެ ކުރިން އެއްވެސް ސަރުކާރެއްގެ ހައުސިންގ ސްކީމެއްގައި ރިކޮގްނައިޒްކޮށްފައި ނުވާ ފަރާތްތައް ކަމަށާއި، ނަމަވެސް އެމަނިކުފާނު ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި މި ފަރާތްތަކަށް ހާއްސަ ކެޓެގަރީއެއް ކަނޑައަޅައި ފްލެޓް ނުވަތަ ގޯތި ހަމަޖައްސަވައި ދެއްވާނެ ކަމަށް ވައުދުވެފައިވާ ކަމަށާއި، މިއީ އެމަނިކުފާނު ކަނޑައެޅި ކަމެއް ކަމުގައި ވެސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“ޢާއްމު ޞިއްޙަތުގެ ރައްކާތެރިކަމަށް ލޭ ހަދިޔާ ކުރުން މުހިއްމު”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، އަމިއްލައަށް އިސްނަގައިގެން...
އަތޮޅުތަކުގެ ސިއްޙީ ޚިދުމަތް ހަރުދަނާކުރުމުގެ ނަތީޖާ: ތިނަދޫގައި ފުރަތަމަ ފަހަރަށް ރަހިމުގެ ބޮޑު އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ނިންމާލައިފި
(ފޮޓޯ ކްރެޑިޓްސް: ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލް) ގދ. ތިނަދޫ ސިޓީގެ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ކާމިޔާބު ލެޕަރޮސްކޯޕިކް...
ކަނޑުމަގުން މުދާ ފޮނުވަން ކްލިއަރެންސަށް 10 ދުވަސް
ކަނޑުމަގުން ރާއްޖެއިން ބޭރަށް މުދާ ފޮނުވުމުގެ ކްލިއަރެންސް މަރުހަލާތަކަށް އެވްރެޖްކޮށް 10 ދުވަހަށްވުރެ ގިނަ ވަގުތު ހޭދަވާކަން މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ "ޓައިމް ރިލީޒް...
އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗަރ ޓެކްސް %21 އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހު އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އާއި ޑިޕާޗާ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ، މިދިޔަ...
ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަކަށް އީލޯން މަސްކް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ސްޕޭސްއެކްސް ކުންފުނީގެ ޙިއްޞާގެ އަގު ބޮޑުތަނުން އުފުލުމާ ގުޅިގެން، ދުނިޔޭގެ އެންމެ ފުރަތަމަ ޓްރިލިއަނަރުގެ މަޤާމު އެ ކުންފުނީގެ ބާނީ...
ކެނެޑާއިން އިތުރު 100 މިލިޔަން ޑޮލަރު ފަލަސްޠީނަށް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ޔަހޫދީންގެ އިސްތިޢުމާރުގެ ދަށުގައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށް ކެނެޑާއިން އިތުރު 100 މިލިޔަން އެމެރިކާ ޑޮލަރު...
