
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ހުޅުމާލެ 2 ވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 4000 ފްލެޓްގެ ޑައުންޕޭމަންޓަށްވާ ފައިސާ ދެއްކުމުގައި ލުއި ގޮތްތަކެއް ހަމަޖައްސައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވަނީ ބޯހިޔާވަހިކަމުގެ މައްސަލަތަކަށް އަލިއަޅުވާލައްވާފައެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 4000 ފްލެޓްގެ މަސައްކަތްތަކަށް އަލިއަޅުވާލައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ 4000 ފްލެޓް ދިނުމުގައި ސަރުކާރުން އެއްވެސް މީހަކަށް ލިބިފައިވާ ޕޮއިންޓެއް ބަދަލުކޮށްފައި ނުވާނެކަމަށެވެ. ފްލެޓް ދީފައިވަނީ މިދިިޔަ ސަރުކާރުން ފްލެޓް ދިނުމަށް ނިންމި މީހުންނަށް އެއްވެސް ބަދަލެއް ނުގެނެސް ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.
4000 ފްލެޓްގެ މަސައްކަތްތައް ނިމުމާގާތްވެފައިވާކަމަށާއި އެގޮތުން ފްލެޓްތަކަށް ފެނާއި ކަރަންޓު ގުޅުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އަންނަ ހަފްތާގެ ތެރޭގައި ފްލެޓްތައް ހަވާލުކޮށް ނިންމުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. އަދި މިމަހުގެ ތެރޭގައި އެތަންތަނަށް ވަދެވޭވަރުވާނެކަމަށް ރައީސް ވިދާޅުވިއެވެ. ފްލެޓްގެ ކުއްޔާ ގުޅޭގޮތުންނާއި ބޯހިޔާވަހިކަމުގެ އެކި މައްސަލަތަކުގެ ކަންބޮޑުވުންތައް ގަލޮޅުގެ ރައްޔިތުންވެސް ވަނީ ފާލުކޮށްފައެވެ. ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ މިހާރު ޑައުންޕޭމަންޓްގެ ގޮތުގައި ދައްކަންޖެހޭ 25000 ރުފިޔާއާއި ދައްކަންޖެހޭ މަހު ކުއްޔަށް ގެނެވޭނެ އެންމެ ރަނގަޅު ހައްލެއް ގެނެސްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
“ތި ކަންބޮޑުވުންތަކަށް އެޑްރެސްކުރުމަށްޓަކައި އެންމެ ރަނގަޅު ހައްލެއް ގެނެސްދޭނަން. ހުޅުމާލެ ތިނެއް ހިއްކާ ނިމެނޭ. ލޭންޑް ޔޫސް ޕްލޭންގެ ވެސް މަސައްކަތް ދަނީ ކުރަމުން.” ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ. ސަރުކާރުން މިހާރު ކަނޑައަޅާފައި އޮތީ 2 ކޮޓަރީގެ އެޕާޓްމަންޓްތަކަށް 15،000 ރުފިޔާގެ ޑިޕޮސިޓް އަދި 3 ކޮޓަރީގެ އެޕާޓްމަންޓްތަކަށް 25،000 ރުފިޔާގެ ޑިޕޮސިޓް ދެއްކުމަށެވެ. އަދި ގަވާއިދުން ކުލި ދައްކާ ފަރާތްތަކަށް ބޮޑު ސަބްސިޑީއެއް ދޭން ސަރުކާރުން ވަނީ ނިންމަވާފައެވެ. އެގޮތުން ގަވާއިދުން ކުލި ދައްކާނަމަ 3 ކޮޓަރީގެ އެޕާޓްމަންޓަށް މަހަކު 9000 ރުފިޔާ އަދި 2 ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ކުލި 7000 ރުފިޔާއަށް ކުޑަކޮށްދިނުމަށް ވަނީ ނިންމާފައެވެ.
ބޯހިޔާވަހިކަމުގެ މައްސަަލައަށް ހައްލެއް ހޯދައްވައިދިނުމަކީ އެންމެ އިސްކަންދޭކަންކަމުގައި ރައީސް ތަކުރާރުކުރެއްވިއެވެ. ރައީސް ވިދާޅުވީ މީގެ ކުރީ އެއްވެސް ސަރުކާރަކުން ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް މައިމުޅަވެފައި ތިބި މީހުންނަށް ޚާއްސަކޮށްފައި ނުވާކަމަށެވެ. ނަމަވެސް ރިޔާސީ އިންތިޚާބުގައި ވަޢުދުވިފަދައިން މި ސަރުކާރުން ފުރަތަމަވެސް ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގައި މައިމުޅަވެފައި ތިބި މީހުންނަށް ޚައްސަ ކެޓަގަރިއެއް ހިމެނޭކަން އެމަނިކުފާނު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
